އިންޑިއާގައި ވެކްސިނާ ގުޅޭ ގޮތުން ދެކެވިފައިވާ ވާހަކަތަކުގެ ސަބަބުން ވެކްސިން ޖެހުމަށް އެތައް ބަޔަކު ދަނީ އިންކާރު ކުރަމުންނެވެ. ނަމަވެސް އެންމެންނަށް ވެކްސިން ދިނުމަށްޓަކައި އިންޑިއާގެ އެކި އަވަށްތަކުގައި އެކި ކަންތައްތައް ދަނީ ކުރަމުންނެވެ.

މިގޮތުން އިންޑިއާގެ އަވަށެއް ކަމުގައިވާ އަރުނާޗަލް ޕްރަދޭޝްގައި ވެކްސިން ޖަހާ ކޮންމެ މީހަކަށް 20 ކިލޯ ހަނޑޫ ހިލޭ ދޭނެ ކަމަށް ބުނުމާއެކު އެ އަވަށުގެ މީހުން އަމިއްލައަށް އިސްނަގައިގެން އައިސް ވެކްސިން ޖަހަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ވަނީ ބުނަން ފަށައިފައެވެ.

މި ޚަބަރާއެކު ހެނދުނުން ފެށިގެން މެންދުރު ފަހާ ހަމައަށް އެ އަވަށުގެ 80 މީހުން ވަނީ ވެކްސިން ޖަހާ ސަރަހައްދުތަކަށް އަމިއްލައަށް އައިސް ވެކްސިން ޖަހާފައެވެ.

މި ފުރުސަތު ހުޅުވާލައިފައިވަނީ އުމުރުން 45 އަހަރުން މަތީގެ މީހުންނަށް ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހާއި ހަމައަށެވެ.

އޭޕީސީއެސް އޮފިސަރު ބުނެފައިވާ ގޮތުގައި މި އަވަށުގައި އުމުރުން 45 އަހަރުން މަތީގެ 1399 މީހުން ދިރިއުޅެއެވެ. އަދި މި ފުރުސަތު ހުޅުވާލުމާއި އެކު މީގެ ތެރެއިން ގިނަ ބަޔަކު ވެކްސިން ޖަހާފައިވާ ކަމަށް ވެސް އޮފިސަރު ބުނެފައިވެއެވެ.

އިންޑިއާގެ އެކި ސަރަހައްދުގައި ވެކްސިޖެހުމަށް ދަނީ އެކި އުކުޅުތައް ބޭނުން ކުރަމުންނެވެ. މިގޮތުން އުއްތަ ޕްރަދޭޝްގައި ވެކްސިން ނުޖަހާނަމަ ސަރުކާރު މުވައްޒަފުންނަށް މުސާރަ ނުލިބޭ ގޮތް ހެދިއެވެ.

މަދްޔަ ޕްރަދޭޝްއާއި ކަރްނާަޓާ ފަދަ އަވަށްތަކުގައި ވެސް ވެކްސިން ނުޖަހާނަމަ ކާޑުގެ ބާވަތްތައް ނުލިބޭ ގޮތަށް ވަނީ ހަދާފައެވެ. އެއާއި އެކު 85 އިންސައްތަ މީހުން ވެކްސިން ޖަހާފައިވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދް

    ރިޝްވަތުދީގެން ވެކްސިން ޖަހުވަނީ!!؟؟

  2. އަޙްމަދް

    މަޖުބޫރު ކުރުވައިގެން ވެކްސިން ދިނުމުގެ މުޑުދާރު ލާއިންސާނީ ޢަމަލުތަށް!!

    2
    2