އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަމުން ދުރުކޮށް އަލަށް އެކުލަވާލި ސަރުކާރަށް އިސްރާއީލްގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފިއެވެ.

ބޮޑުވަޒީރަކު އިންތިހާބު ކުރަން ދެންމެ އިސްރާއީލްގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓް ބެނެޓް އާއި ލެޕިޑްގެ ކޯލިޝަނުން ވަނީ ކާމިޔާބުކޮށްފައެވެ. އާސަރުކާރުގައި ބޮޑުވަޒީރަކަށް ހުންނާނީ ނަފްޓާލީ ބެނެޓް އެވެ.

ބެނެޓްގެ ސަރުކާރަށް ގާނޫނު ހަދާ މަޖިލީހުން ރުހުން ދިނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ބެނެޓްގެ ސަރުކާރަށް ރުހުން އޮތް ކަމަށް ވޯޓް ދިނީ 60 މެންބަރުންނެވެ. އޭނާގެ ސަރުކާރަށް ރުހުން ނެތް ކަމަށް 59 މެންބަރުން ވޯޓް ދިނެވެ.

އިސްރާއީލްގެ ގާނޫނު ހަދާ މަޖިލީހުންގެ އާސަރުކާރަށް ރުހުން މިދިނީ ސަރުކާރެއް އެކުލަވާނުލެވި ޖެހިޖެހިގެން ހަތަރު އިންތިހާބެއް ބާއްވާ، އަދި ފަސްވަނަ އިންތިހާބެއް ބާއްވަން ޖެހިދާނެކަމުގެ ބިރު ހީވެފައި އޮއްވައެވެ. ނަތަންޔާހޫ ވެރިކަމުން ދުރުކުރެވޭ ވަރަށް އިދިކޮޅު ފަރާތްތަކުން ވޯޓް ހަމަކުރީ އަށް ސިޔާސީ ޕާޓީއެއް އެކުވެގެން ކޯލިޝަނެއް ހަދައިގެންނެވެ.

އިސްރާއީލްގެ ވެރިކަމާއި އަލަށް ހަވާލުވާ ސަރުކާރަކީ ހަރުކަށި ކަނާތުފިޔައިގެ ވިސްނުން ހުންނަ ޕާޓީތަކާއި އަދި މެދުމިނުގެ ވިސްނުންތައް ގެންގުޅޭ ޕާޓީތައް ވެސް ހިމެނޭ ކޯލިޝަނަކެވެ. ސިޔާސަތުތަކުގައި ވަރަށް ބޮޑެތި ތަފާތުތައް ހުރި ޕާޓީތަކުން ކޯލިޝަނެއް ހަދައިގެން ވެރިކަމާއި ހަވާލުވުމަކީ އިސްރާއީލްގެ މުސްތަގުބަލަށް އޮތް ނުރައްކަލެއް ކަމަށް ނަތަންޔާހޫ އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އިސްރާއީލުން އާބޮޑުވަޒީރަކު އިންތިހާބު ކުރުމާއިއެކު ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަމަށް ނިމުން އައީއެވެ. ނަތަންޔާހޫ އަކީ އިސްރާއީލްގެ ބޮޑުވަޒީރު ކަން އެންމެ ގިނަ ދުވަހު ކުރި މީހާއެވެ. މިއަދުން ފެށިގެން ދެން އޭނާ ވެގެން ދާނީ އިދިކޮޅު ލީޑަރަށެވެ.

އިސްރާއީލްގެ ވެރިކަން ބަދަލުވި ނަމަވެސް އިސްރާއީލްގެ އަނިޔާވެރި ސިޔާސަތުތަކަށް މާބޮޑު ބަދަލެއް އަތުވެދާނެ ކަމަކަށް ތަޖުރިބާކާރުން ގަބޫލެއް ނުކުރެއެވެ. ހާއްސަކޮށް ބޮޑުވަޒީރު ބެނެޓް އަކީ ފަލަސްތީންގެ ރައްޔިތުންނާއި މެެދު އާދަޔާއި ހިލާފު އަނިޔާވެރި ސިޔާސަތެއް ގެންގުޅެން ތާއިދުކުރާ މީހަކަށް ވުމުން ފަލަސްތީންގެ މައްސަލައަށް ހައްލެއް އަތުވެދާނެ އެއްވެސް ކަމެއް އޭނާގެ ވެރިކަމުގައި ކުރިއަށް ހިނގައިދާނެ ކަމަކަށް ތަޖުރިބާކާރުން ގަބޫލެއް ނުކުރެއެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ކަމާއި ބެނެޓް ރަސްމީކޮށް ހަވާލުވުމުގެ މަސައްކަތް މާދަމާ ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. اکف

    އޭނެެ ޔަށް ފަހުވެސް ހަމަ އެކަހާލަ މީހެށް އަނާނީ

    31
    2
  2. ރެފްރީ

    ނަތަންޔާހޫއަށް އޮންނާނީރަތް ކާޑެއްދައް ކާފަ! ދެންއެއްވެސްމެޗަ ކަށްނޭރޭނެ!!

    20
    2
  3. އުގުރި

    ތީގަ މުސްލިމުންނަށް ލިބޭނީ ވަކި ކޮން މޮޅެއް ބާއޭ ހިތަށްއަރާ

    31
    2
  4. ޗޮސް_ޗޮަސް

    ދެން. އޭނާ ވެރިކަމުން ބާލަން މަސައްކަތް ކުރަނީކީ "އަނިޔާވެރި" ކަމެކުން ނޫން. އެކަން ކުރަނީ އޭނާގެ ވެރިކަމުގައި މިދިޔަ ހަނގުރާމާގައި "އިސްރާއީލް" ގެ ވަރުދެރަކަން ފާޅުވުމުން. އެ ކޯލިޝަނުން އިޙްތިޔާރުކޮށްފައިވާ ލީޑައު "ނަފްތަލީ ބެނެޓް" އަކީ އަދި މާ ނުލަފާ މީހެހް. އެއްވެސް ބޭފުޅަކު މިކަމުން ފަލަސްތީނުގެ ރައްޔިތުންނަށަ ލުޔެއް ލިބޭކަމަށް ހީފުޅުކުރަށްވާފައިވާނަމަ ތިއީ ރަގަޅު ހީފުޅުކުރެއްވުމެއް ނޫން.

    39
    1
  5. އަލީ އާދަމް

    ނަޔަންޔާހޫ އަށަވުރެ މާ ނުލަފާ މީހެއް ތި ނަފްތަލީ ބެނެޓް އަކީ. އޭނާއޭ ލުބުނާނުގެ ޔޫއެން ކޮމްޕައުންޑަށް އާރޓިލަރީ ހަމަލާދީ 106 މީހުން މަރާލީ އައި.ޑީ.އެފް އޮފިސަރު.

    15
    1
  6. އަދްލީ

    ދެން ވެރިކަމައް އަރާނެކަމައް ވާހަކަދެކެވޭ މީހާއަކީ ނަތަންޔާހޫއަށްވުރެ ހަރުކަށި މީހެއްކަމައް ރިޕޯޓުތައް ކުރެވޭ.

    15
  7. ޢ.ރަޝީދު

    މުސްލިމުންނަން އޯގާތެރި ވަ ކިރަނގަޅުމީހަ ކު އިޒުރޭލުގެ ވެރި ކަމަ ކަން ނާނަނާނެ

    17
    2
  8. ރަބަރޭ

    ތިޔައީ އަހަރުމެން އުފާވާން ޖެހޭ ވަރުގެ ކަމެއްނޫން، އެތަނުން ވެރި ކަމަށް އަންނާނީ ހައްތާވެސް ސައިތޯނުން

    13
    1
  9. Anonymous

    ތިކަމުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް އުފަލެއް ނެތް.
    ޔަހޫދީން ވާނީ ޔަހޫދީންނަށް
    މުސްލިމުންނާއި މެދު ދުވަހަކު ވެސް މިމީހުން ހެޔޮކޮން ނުހިތާނެ.
    އެއޮތީ އެމީހުންގެ ނުބައިކަން އަންގަވާފައި

    15
    1
  10. ހައްގު

    ޔަހޫދީން ވާނީ ހަމަ ޔަހޫދީންނަށް ،މުސްލިމުންނަކަށް ދުވަހަކު ހެވެއް ނޭދޭނެ.

  11. އަލީ ރަމީޒް

    އަލްހަމުދްﷲ އިޒްރައީލް މީހުންނަށް ހެޔޮޖަޒާދެއްވާށި. އާމީން

    3
    1
  12. Anonymous

    އެޭނަ ބެޭލިީފަލަސްތިީންމިީހުމެރިވަރު މަދުވެގެން