އިންޑިއާގެ ޗެންނާއީގައި 28 އެތެއް ކޮވިޑް-19 އަށް ޓެސްޓް ކޮށްފިއެވެ.

ތަމިލްނާޑޫގައި އެއްތަކެއް ކޮވިޑަށް ޓެސްޓް ކޮށްފައވަނީ އަރިނާ އައްނާ ޒޯލޮޖިކަލް ޕާކުގައި ބަލަހައްޓަމުން އައި ސިންގާއެއް މި ބަލީގައި މަރުވުމާއި ގުޅިގެން ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފައިވެއެވެ.

އެ އެއްތަކުގެ ސުންކުތައް ނަގައި ޓެސްޓް ކުރުމަށް އިންޑިއާގެ ވެޓެރިނަރީ ރިސާޗް އިންސްޓިޓިއުޓްއަށް ފޮނުވާފައިވާ ކަމަށާއި ކުރިއަށް 2-3 ދުވަހެއްގެ ތެރޭގައި ނަތީޖާތައް ލިބޭނެ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އެގައުމުގައި ކޮވިޑް ޖެހިގެން ސިންގާއެއް މަރުވުމާއި ގުޅިގެން މުޑުމަލައި ޓައިގާ ރިޒާވްގައި ތިބި ހުރިހާ އެއްތަކެއް ކޮވިޑަށް ޓެސްޓް ކުރުމަށް އަމުރު ކޮށްފައިވަނީ ސްޓޭޓް ފޮރެސްޓް މިނިސްޓަރު ރަމަޗަންދްރަންއެވެ.

"އެގޮތުން އެއްތަކުގެ ނޭފަތުންނާއި ސްވެބް ސުންކު ވަނީ ނަގާފައި. ޓެސްޓް ކޮށްފައިވާ 28 އެއްތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 2 އަހަރާއި 60 އަހަރާއި ދެމެދުގެ އެއްތައް" އެއްތައް ބަލަހައްޓަމުން އަންނަ ދިޔަންދަން ބުންޏެވެ.

އިންޑިއާގައި ކޮވިޑް ޖެހިގެން ސިންގާއެއް މަރުވެފައިވާއިރު، މީގެ ކުރިން ވެސް ބައެއް ގައުމުތަކުގައި ޖަނަވާރުތައް ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ. އެފަދަ ވޭދަނަތަކާއި ގުޅިގެން އެގައުމުތަކުގައި ވެސް ޖަނަވާރުން މި ބައްޔަށް ޓެސްޓް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު