އިންޑިއާ އިން ފެނުނު ކޮވިޑް-19 ވޭރިއަންޓް ނުވަތަ މިހާރު ޑަބްލިއުއެޗްއޯ އިން ޑެލްޓާގެ ނަން ދީފައިވާ ވޭރިއަންޓް ޖެހޭ މީހުންގެ ކިބައިން ފެންނަ އަލާމާތްތައް ތަފާތުވެފައި، ބަލި ޖެހޭ މީހުންގެ ހާލަތު އާދަޔާއި ހިލާފަށް ބޮޑަށް ގޯސްވަމުންދާ ކަމަށް ޗައިނާ އިން ވެސް ބުނެފިއެވެ.

ޑެލްޓާ ވޭރިއަންޓް މިހާތަނަށް 73 ގައުމަކުން ފެނިފައި ވެއެވެ. އެގައުމުތަކުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޗައިނާ އިން ބުނީ ޑެލްޓާ ވޭރިއަންޓްގެ ކޮވިޑް ޖެހޭ މީހުންގެ ބޮލުގައި ރިއްސުން ވަރަށް ގަދައަށް ހުންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި ނޭފަތް ހިރުވުމާއި ކެއްސުން ވެސް ކޮވިޑްގެ އެހެން ވައްތަރުތަކަށްވުރެ ޑެލްޓާ ވޭރިއަންޓްގައި ބޮޑު ކަމަށް ޗައިނާގެ ސައިންސްވެރިން ބުނެއެވެ. މީގެ އިތުރުން މިވޭރިއަންޓްގައި ޒުވާނުން ވެސް ވަރަށް ގަދައަށް ހުން އަންނަކަން ވަނީ ފާހަގަ ކުރެވިފައެވެ.

ކޮވިޑްގެ އެހެން ވައްތަރުތަކެކޭ އެއްގޮތައް ޑެލްޓާ ޖެހުމުން ވެސް ރަހަ ނުލުމާއި، ކެއްސުމާއި، ހުން އައުން ކުރިމަތިވެއެވެ.

ޑެލްޓާއަށް ފައްސިވާ މީހުންގެ ތެރެއިން %12 މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ ކަމަށް ޗައިނާ އިން ބުނެއެވެ. ނަމަވެސް މީގެ ކުރިން ފެނުނު އެހެން ވައްތަރުތަކުގެ ކޮވިޑް ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހެނީ %2 އާއި %3 މީހުންނަށެވެ.

ޑެލްޓާ ވޭރިއަންޓް ފެތުރެމުން އަންނާތީ ގިނަ ގައުމުތަކުގެ ހާލަތު ގޯސްވަމުން އެބަދެއެވެ. އެގޮތުން އިނގިރޭސިވިލާތުގައި ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައި އޮތުމަށްފަހު މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އިނގިރޭސިވިލާތުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެގައުމުގެ ހާލަތު ގޯސްވަމުން ދަނީ ޑެލްޓާ ވޭރިއަންޓްގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބިލީސް

    އަހަރަމެން ތިޔަށް ކިޔާނީ ހަމަ އިންޑިއާ ވޭރިއަންޓް. މޯޑީޖީ ކިތަންމެ ރުޅިދުރުވުޔަސް އޭނަގެ ހުންނަ ކައްޕަޅިކަމުން އިންޑިއާ އެހާލަތަށް ވެއްޓި ލެއްވިހާ ވޭރިއަންޓްތަކެއް އުފެދުނީ. އެކަމަކު ގެރިއަށް އަޅުކަންކުރާ މީހުން ތިބޭނެ ބާރަށް އަތްޖަހަން

    14
  2. އަނދިރި އަނިދިރިން

    އިންޑިޔާ ވޭރި އަންޓް ކިޔަން ބިރުގަތީތަ.... އަހަރެމެން ކިޔާނީ އިންޑިޔާ ވޭރި އަންޓް..

    10
  3. ފޭރިއަންޓް

    އިންޑިއާ މީހުންގެ ހަންފަތުރާ ސްޓައިލް އެތަނުގަ އުފެދުނު ވޭރިއަންޓްގަ ހުރުމަކީ ހައިރާންވާންވީ ކަމެއް ނޫންތާ. ތަރައްގީގެ ޕްރޮޖްކްޓްތައް ހިންގާށޭ ކިޔާފަ ގައުމަކަށް އަސްކަރީ މީހުން އަރާ ގޮތަށް ނުފައިބާ ތިބެ ފެތުރެން އެމީހުންނަށް އެނގޭނީ. ވައިރަސް ނޭރިއަސް ހުރިހާ ދިވެހިންގެ ބޮލުގަ ރިއްސާވަރު އެބަ ކުރޭ އެގައުމުގެ މީހުންގެ އަމަލުތަކާ ހެދި.