އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާއަށް ހަމަލާތައް ދޭން ފެށީ ޣައްޒާއިން އިސްރާއީލަށް އަލިފާން ރޯކޮށްފައި ހުރި ފުއްޕާހަންތަކެއް ދޫކުރުމުން ކަމަށެވެ. އެއީ އިސްރާއީލުން އިއްޔެ އަނެއްކާވެސް ގުދުސްގައި ފަލަސްތީން ރައްޔިތުންގެ ގަޔަށް ބަޑި ޖަހައި ބައެއް މީހުން ޝަހީދުކޮށް އެތައް ބަޔަކު ޒަހަމް ކޮށްލުމުން އިސްރާއީލަށް ރައްދު ދިނުމުގެ ގޮތުން ޣައްޒާގެ މުޖާހިދުން ކުރިކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުން ޣައްޒާއަށް ބުދަ ވިލޭރޭ ހަމަލާތައް ދިން ނަމަވެސް މިހަމަލާތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާނެ ކަމެއް ނޭނގެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ "ނިރުބަވެރިންނާއި ދެކޮޅަށް ހުރިހާ ބާރެއް ބޭނުން ކުރަން އޮތީ ތައްޔާރަށް." ކަމަށެވެ.

އިސްރާއީލުން ބޮމުގެ ހަމަލާތައް ދިނީ ޣައްޒާގެ ހާން ޔޫނިސް ސަރަހައްދަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަމަލާތަކުގެ ސަބަބުން ޣައްޒާއިން މީހަކު ޝަހީދުވިކަމެއް ނުވަތަ ނޫންކަމެއް އަދި މީޑިއާއަށް ކަށަވަރެއް ނުވެއެވެ.

ހަމާސް ޖަމާއަތުން ބުނީ އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން ހަމާސް ޖަމާއަތް ފަހަތައް ނުޖެއްސޭނެ ކަމަށާއި ފަލަސްތީންގެ ދިފާއުގައި ކުރިއަށް ގެންދާ ޖިހާދުގައި ދެމިތިބޭނެ ކަމަށެވެ.

އިސްރާއީލާއި ދެކޮޅަށް އިއްޔެ ގުދުސްގައި ބޭއްވި އެއްވުމެއްގެ ތެރެއިން ފަލަސްތީންގެ 17 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އިސްރާއީލް ސިފައިން ބަޑި ޖެހުމުގެ ސަބަބުން ތިން މީހަކު ޝަހީދުވެ އިތުރު 33 މީހަކު ވަނީ ޒަހަމްވެފައެވެ.

އިސްރާއީލުން މިދިޔަ މަހު ޣައްޒާއަށް 11 ދުވަސް ވަންދެން ވަރުގަދަ ހަމަލާތަކެއް ދީފައި ވެއެވެ. އެހަމަލާތަކުގައި ޣައްޒާގެ 256 މީހަކު ޝަހީދުވިއެވެ. އޭގެތެރޭގައި 66 ކުޑަކުދިން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ރަބަރޭ

  ﷲ އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ތިޔަ އިސްރާއީލު ނި މިގެން ހިނގައިދާނެ

  100
  1
  • اکف

   އާމީން

   22
 2. ޖސޖޖސ

  ކޮބާ އދ ރައީސް އަދި ދުނިޔޭގެ ރައީސް އަބްދުﷲ ށާހިދު. މިކަމަށް ހައްލެއް ގެނެވޭނެތަ.

  68
  2
 3. މެން

  ނުރުބަ ވެރިންނަކީ ކޮބާ

  35
  2
 4. މަރީ

  ހާދަހާވާ ނުބައި ބައެކޭ އިސްރާއީލް މީހުން ނަކީ..

  63
  2
 5. ވިސްނާ

  ހަމާސް ވިޔަސް ފަލަސްތީނުގެ ސަރުކާރުން ވިޔަސް ފުރަތަމަ އެބަޖެހޭ ހަތިޔާރު ހޯދަން އިޒް އިލް ފަދަ ބާރުގަދަ ހަތިޔާރު ހުރިބަޔަކަށް ފު އްޕާ ހަމަކުން ކޮންކަމެ އް ވާނީ ދެން އިޒްރިލް އިން ފޮނުވާލާ މިސަ އިލަކުން މުޅި ތަން ސު އްނާފަތި އެކޮ އްލަނީ.

  • އިބްރަތް

   ހަމާސް ޖަމާއަތައް ހަނތިޔާރު ފޯރުކޮށްދޭން ކެރޭނީ އީރާނައް އެކަނި..ދެންތިބި ހުރިހާ މުސްލިމް ގައުމުތައް ތިބެނީ ރާކަނިމަސްކެވިފައި...ރޮކެޓް ޓެކްނޮލޮޖީ އަކީ ސީދާ އީރާނުން ދިން އެއްޗެއް ހަމާސް އަށް

 6. ޏނނ

  އޭރުވެސް މަހިތަށް އެރި އަލަށް ހޮވޮނު ބޮޑުވަޒީރު ވަކި ލަފާނުވާނޭ

  14
 7. ޔތ

  އެމީހުންއޮތީބުނެފަ ދެންތިމަންނަމެންނާ ދިމާކޮއްފިނަމަ ތިމަންނަމެމެންގެ ނުނަފާކަން ދައްކާލާނަމޭ ދެންވެސް އޮތީ ﷲ އައްދުޢާކުރުން މިނޯންގޮތެއް ނެއް އެކަކުމިހާރުއެޝަހީދުކޮއްލީ

 8. ބަބޫ

  ހަމާސް ތިޔަތަނުން ދޭބަލަ. އޭރަށް ނިމުނީ. ދިޔާމަ ދެން ފަލަސްތީނަށް ބޮންއަޅައިފިއްޔާ މުޅި ދުނިޔެ ނިކުންނާނެ އެމިހުނާ ދެކޮޅަށް. ފަލަސްތީނު މީހުން އައްޑަނައަކަށް ހަދައިގެން ހަމާސް އުޅެނީ. ގަބޫލުކުރަން ބޭނުންނުވާ ހަގީގަތަކީ މީ.

 9. ލައިބުރަރީ

  ތީގެތެރެއިން އަންނާނީ ހައްތާވެސް ހައްދު ފަހަނަ
  އެޅި ޔަހޫދީ އިން. ތިޔައެއްޗެހިތައް މަތަވާނީ
  ﷲ ކޯފާއެއް ފޮނުއްވައި ހިއްޕެވުމުން.