2600 ވަނަ އަހަރުގައި ދުނިޔެ އަލިފާން ބޯޅަ އަކަށް ބަދަލުވާނޭ ކަމަށް މަޝްހޫރު ޕްރޮފެސަރ ސްޓެފަން ހޯކިން ވިދާޅުވެއްޖެއެވެ.

ހޯކިން މިހެން ވިދާޅުވެފައި މިވަނީ ދާދި ފަހުން ބެއިޖިންގައި އޮތް ޓެންސެންޓް ވެބް ސަމިޓުގައި ވާހަކަ ދައްކަމުންނެވެ.

އޭނާ ގަބޫލު ކުރާ ގޮތުގައި މިގޮތަށް ކަންތައް ވުމަށް މެދުވެރިވާ ސަބަބަކީ މާ ބޮޑަށް އިންސާނުންގެ އާބާދީ އިތުރުވެ ދުނިޔެ އަށް އިންތިހާ ދަރަޖަ އަށް ގެއްލުންވާފަދަ ވިހަ މާއްދާތައް ބޭނުން ކުރާނެ މިންވަރު އިތުރުވާނެތީއެވެ.

ކުރިއަށް އޮތް 600 އަހަރުގެ ތެރޭގައި ދުނިޔެ އަލިފާން ގުޅަޔަކަށް ބަދަލުވާނޭ ކަމަށް ހޯކިން ވިދާޅުވެފައި ވާއިރު، އޭނާ ވަނީ އިންސާނުން ބޭނުންކުރާ ރޮބޮޓް ތަކަކީވެސް ވަރަށް ގެއްލުން ހުރި އެއްޗެއް ކަމަށް ވިދާޅުވެފައެވެ.

ހޯކިން ވަނީ ކާއިނާތު އުފެދިފައިވާ ގޮތާއި މެދު ވިސްނާ ފިކުރު ކުރަން ނަސޭހަތްތެރިވެފަ އެވެ. އަދި ދުނިޔޭގެ ބޭރުގައިވާ ތަންތަން ހޯދާ ބެލުމަށް ހިތްވަރާ އެކު މަސައްކަތް ކުރުމަށް ވެސް އޭނާ އެދުނެވެ.

ސައިންސްގެ ހޯދުންތައް ދައްކާގޮތުން އިންސާނުން ދުނިޔޭގައި އާބާދުވާން ފަށާފައިވަނީ މީގެ 200 ހާސް އަހަރު ކުރިންނެވެ. އަދި ދުނިޔޭގެ އުމުރު ކަމުގައިވަނީ 4.54 ބިލިއަން އަހަރެވެ.

ADS BY ASTERS

23 ކޮމެންޓް

 1. ބުނަންތަ ވާހަކަ އެއް ކީރިތި ގުރުއާނު ގައި. އެބަ އޮށް ގިޔާމައި ވާނެ ކަން މި ދުނިޔެ އަކީ ނެތި ފަނާވެ ދާނެ ތަނެއް ކަން. އެހެން ވީމަ އެއްވެސް މީހަކަށް ނޭގޭނެ އައިބު ގައި ވާ ކަމެއް ގެ ވާހަ ކަ ދައްކާކައް.

 2. ވަރައްގިނަ ތާރީޚް ދުނިޔޭގެ ނިމުމަށްވެސް ތިމީހުން ދީފި. ވާނެގޮތް އެގޭ އެކަކުވެސް ނުހުންނާނެވެ.

 3. ބަޔަކު ގަބޫލު ކުރިއަސް ނުކުރިއަސް ގިޔާމަތް ވާނެ.

 4. މި ހޯކިން އަކީ ސައިންސްގެ އަލީގައި ކަލަކު ވޮޑިގެން ނުވާ ކަމަށް ބުނި މީހާ. ދެން ޖާހިލަކަށް ވީ ކާކު؟ ނާސާއޭ ކިޔާތަނަކީ ބޮޑެތި ދޮގުހަދާ މީހުންނަށް އޮޅުވާލަން ހަދާފައިން ކޮރަޕްޓެޑް އޮގަނައިޒޭޝަނެއް. ބައެއްގެ ބާރުގަދަކަން ދައްކަން

 5. ސައެންސަކީ ދިވެހީން ދަސްކުރަން ޖެހޭ މުހިންމު މާއްދާއެއް. އެއަށް ހުރަސް އަޅަނީ ޖާހިލުން. އާންމުކޮށް ދީނީ ތާކިހާ އަޅައިގެން މިތިބެނީ ސައެންސާ ދެކޮޅު މީހުންކަން ފާހަގަކުރެވޭ. އެއީ ސައެންސްގެ ހޭލުންތެރިކަން އުފެދުމުން އެމީހުންގެ ބާރުތައް އަތުންދޫވެ ދާނެތީ. އިލްމަކީ ޖާހިލުން ބިރުގަންނަ އެއްޗަކަށް ވަނީ އެހެންވީމަ. މިތާ ކޮމެންޓް ނުޖަހަނީ ވެސް ހީވަނީ ޖާހިލުކަމަށް ހިތްވަރުދޭ ބަޔަކު ނޫސްތަކުގެ ތެރޭގައިވެސް އުޅޭތީ.

  • ދަންނަ ނުދަންނަ

   ތެދުފުޅެއް

  • ހޫން!!މަގޭ މޫނުގަ ހުސް ތުނބުޅި!!!ބަލަ މަށަކީ އަންހެނެކޭ!!!!މީހަކު ކޮމެންޓެއް ކޮއްލާއިރަށް ތިއަޅައިގަންނަ ތުނބުޅިއަކުން އެހެޔޮ އަންހެނެއް ވިޔަސް!!ބޯހަލާކު!!!

 6. ސައެންސަކީ ހެކީގެ މައްޗަށް ބުރަވެ ވާ އިލްމެއް. ދީނަކީ ހެއްކެއް ނެތި ގަބޫލު ކުރާ ކުރުމެއް. ވީއިރު ސައެންސްގެ ހޯދުން ހަގީގަތަކަށްވާނެކަން އެއީ ޔަގީން ކުރެވޭ ކަމެއް. ދީނީ މީހުން ބުނާ ބުނުންތައް ދިމާވަނީ މަދުފަހަރަކު

  • ނުރަބީއަށް ވިސްނިފަ ތިއޮތީ އެކޮޅުކޮޅުން!ހެއްކެއްކަމުގަ ޤުރުޢާނާއި ހަދީޘް ނުފުދޭތޯ!ފުރަތަމަ ސައިންސްގެ ޢިލްމް އައިސްފައޮތީ ޤުރުޢާންއާއި ހަދީޘް ޢިލްމުގެ ދަށުން!ޤުރުޢާނުގަ ބަޔާންވެގެންވާ އެއްވެސް ކަމަކީ ސައިންސް ޢިލްމާއި ދުވަހަކުވެސް ފުށުއަރާނޭކަންކަމެއް ނޫން!އެކަމަކު ސައިންސްގެ އަލީގަ ހޯދާފައިވާ ބައެއް ހޯދުންތަކަކީ ް ޤުރުއާނާއި ފުށުއަރާކަންކަން!މީގެ ހެއްކަކަށް ފުދޭނެ ސައިންސްގެ އަލީގަ ކޮށްފަވާ ބައެއްކަހަލަ ދިރާސާތަކުގެ ވާހަކަ ނޫސްތަކުން ފެނުނީމަ ހުރޭ އެބަ އަހަރެމެންނަށްވެސް ގަބޫލު ނުކުރެވޭ މޮޔަކަންކަން!

  • ޒާކިރުމައިކުގެ

   ވަރަށް ރަނގަޅު ވާހަކަކޮޅެއް!

  • ރުނބުޅިލީ ޖާހިލެއްދޯ ތީ

 7. މިއީ މޮޔަ ގޮވާ މީހެއް

 8. އަހަރެމެން ޤަބޫލުކުރަނީ މާތްﷲ ގެ މަތުވެރި ފޮތުގައިވާ ވާހަކަތަކާއި ރަސޫލާގެ ޙަދީޘް ފުޅުގައި އައިސްފައިވާ ދުނިޔެ ނިމުމާއި ބެހޭ ވާހަކަތަކެވެ. ޤިޔާމަތުގެ ކުދިބޮޑު އަލާމާތްތަކާއި އެންމެ ފަހުގެ ޒަލްޒަލާތައް އަންނާނެގޮތް މާތް ރަސޫލާ ވަނީ ބަޔާންކޮށްދެއްވާފައެވެ. އެއީ އަހަރެމެންގެ ޢަޤީދާއެވެ. ސައިންސްގެ ހޯދުންތަކަށްވެސް އިޙްތިރާމް ނުކުރަނީއެއް ނޫނެވެ.

 9. ތިކަހަލަ ހޮޅި ޕްރޮފިސަރުން ދައްކާ ހޮޅިވާހާކަ
  އަހަރުމެން ޤަބޫލެއް ނުކުރާނަން.
  ތިކަހަލަ މީހުންގެ ގޮތަކީ ތިމާމެން މަގުފުރެދިގެންތބޭ ހާލު އެހެންމީސްތަކުން މަގުފުރެއްދުން.
  ތިފާޑު ހޮޅި ޕޮރޮފިސަރުން މިރާއްޖޭގައިވެސް އެބައޫޅޭ
  ތީ އަހަރެމެން ދައްން ބައެއް ދެން މިކަމާ ހިތް ފަޅައިގެން ދާމީހަކު ހިތް ފަޅައި ގެނ ދާންވީ!؟

 10. ދީނީ ތާކިހާ އެޅި ޖާހިލުންގެ ކޮމެންޓްތައް ނިކަން ކިޔާ ހިތްވޭ

 11. ﷲ އެއްވެސް ބަޔަކަށް ދެރަގޮތެއް ވިއަކަނުދެއްވާނެ. އެކަލާނގެއީ ހުރިހާ ކަމެއް އެންމެ މޮޅަށް ރާއްވަވާ އަދި އެންމެ އޯގާވެވޮޑިގެންވާ ރަޙްމާނުވަންތަ ރަޙީމްވަންތަ އެއްކައުވަންތަ ރަސްކަލާންގެ އެވެ.

 12. ވަރަށް މުހިތްމު މަޢުލޫމާތުކޮޅެއް.

 13. ތިކަން ކަލޭމެންނަށް އެނގުނީ އަދި ކިރިޔާދޯ؟

  • ބަލަ މީ މީގެ ސާދަސަތޭ އަހަރު ކުރީންވެސް އެކަލޭގެފާނު ގެނެސްދެއްވާފައިވާ އިލްމެއް ނޫންތަ.

 14. އަނގަބޮޑު މީހާ

  ދުނިޔޭގެ އުމުރު ކަމުގައިވަނީ 4.54 ބިލިއަން އަހަރެވެ. ކޮންމެ މީހަކު ބުންޏަސް މީ އެއްވެސް މީހަކަށް އެނގޭ ކަމެއް ނޫން. އިންސާނުންގެ ތެރެއިން މާތްﷲ އެންމެ މާތް ކުރެއްވި އިންސާނާއަށް ވެސް އެކަން އެނގިވަޑައިނުގަންނަވާ ކަމަށް އިލްމުވެރިން ވިދާޅުވަނީ. ދެން އަނގައެއް ތަޅާކަށް.

  • މީ ކަލޭ ނޫން ސިކުނޑި ހަމަ އެންމެނަށް އެނގޭކަމެއް! ކަލޭ ބޮލުގަ ތެތްރުމާ އަޅާަގެން ހުއްޓަސް އެންމެން އެހެންނެއް ނޫޅޭނެ!