ކޮވިޑް-19 އާލަމީވަބާގެ ފެށުމަކީ ނުވަތަ އަސްލަކީ ކޮބާކަން ދެނެގަތުމަށް 11،000 ޖަނަވާރެއްގެ ލޭ ޓެސްޓު ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ

ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ގައުމަކަށް ޗައިނާ ވެފައިވާއިރު، ވައިރަހާއި ގުޅުވައިގެން ޗައިނާއަށް ވަނީ ބޮޑަތި ތުހުމަތު ތަކެއް ކޮށްފައެވެ. އެގައުމުގައި ދިރޭ ޖަނަވާރު ކާތީ އޭގެ ސަބަބުން އުފެދުނު ވައިރަހެއް ކަމަށް ބުނެ، ވެޓް މާކެޓްތަކުގައި ދިރޭ ޖަނަވާރު ވިއްކުން މަނާ ކޮށްފައިވެއެވެ. ހަމަ އެފަދައިން ދެން ތުހުމަތު ކޮށްފައިވަނީ ވޫހާންގެ ލެބޯޓަރީ އަަކުން ލީކްވީ ވައިރަހެއް ކަމަށް ބުނެއެވެ.

ކޮރޯނާވައިރަހުގެ އަސްލު ހޯދުމަށް 11،000 ޖަނަވާރެއްގެ ލޭ ޓެސްޓު ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، 31 ސަރަހައްދަކުން 1،914 35 ވައްތަރެއްގެެ 1،914 ޖަނަވާރު ޓެސްޓު ކޮށްފައިވެއެވެ. ސާސް-ކޮވް-2 އާއި ގުޅޭ މައުލޫމާތު ހޯދުމަށް ދިރާސާކުރި ޗައިނާގެ ސައިންސްވެރިން ވަނީ 300 ވައްތަރެއްގެ ޖަނަވާރުގެ 12،000 ޖަނަވާރުގެ ސްވެބް އާއި 50،000 ސާމްޕަލް ނަގައިގެން ތަހުލީލްތަކެއް ކޮށްފައެވެ.

މި ހުރިހާ ޖަނަވާރުތައް ވެސް ޓެސްޓުތަކުން ކޮވިޑަށް ނައްސި ވެފައެވެ.

ޓެސްޓުތައް ކުރުމުގައި ބަލާފައިވަނީ 2017 ވަނަ އަހަރުގެ މޭ މަހުން ފެށިގެން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޗައިނާގެ ވެޓް މާކެޓު ތަކުގައި ވިއްކަން ހުރި ޖަނަވާރުތަކުގެ ވައްތަރު ތަކަށެވެ.

ޑަބްލިއުއެޗްއޯއިން ކުރި ދިރާސާގައި ވޫހާންގެ މާކެޓުތަކުގައި 2019 ވަނަ އަހަރު ވިއްކާފައިވާ ހުރިހާ ވައްތަރެއްގެ ޖަނަވާރު ބަލައި، ތަހުލީލް ކޮށްފައެއްް ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެހެން ގައުމެއްގައި ފެތުރެމުންދިޔަ ވައިރަހެއް އެންމެ ފުތަރަމަ ޗައިނާއިން ދެނެގަނެވުނީ ކަމަށް ވެދާނެތީ އެހެން ގައުމުތަކުން ބައެއް ކަހަލަ މައުލޫމާތު ހިއްސާ ކުރުމަށް ޑަބްލިއުއެޗްއޯއިން އެދިފައިވެއެވެ.