އެޑޯލްފް އެލުއިސް ހިޓްލަރު ބުނި ގޮތަށް ޔަހީދޫންނަކީ ނުބައި ބައެއް ކަމަށް ބުނި ބައިނަލްއަގުވާމީ މީޑިއާ، ބީބީސީގެ ނޫސްވެރިޔާގެ ވަޒީފާ ގެއްލިއްޖެއެވެ.

ތަލާ ހަލަވާ ނަމަކަށް ކިޔާ އަންހެން ނޫސްވެރިޔާގެ ވަޒީފާ ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު އޭނާ ކޮށްފައިވާ ޓުވިޓަކާއި ގުޅިގެން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އޭނާގެ ވަޒީފާ ގެއްލުނީ މިހަފްތާގައެވެ.

މައްސަލަ ޖެހުނު ޓްވީޓްގައި ވަނީ ފަލަސްތީނަށް ތާއީދުކޮށް، އިސްރާއީލަކީ ހިޓްލަރު ބުނި ގޮތަށް ނުބައި ބައެއް ކަމަށް ބުނެފައެވެ. އަދި ނާޒީންނަށް އިސްރާއީލް މާ ނުބައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދާދިފަހުން ހިނގި އިސްރާއީލް ފަލަސްތީން ހަމަލާ ބަދަލު ކުރުންތަކުގެ މައުލޫމާތު ދުނިޔެއާއި ހަމައަށް ފޯރުކޮށް ދީފައިވާއިރު، އޭނާ ގެނެސްދިން ރިޕޯޓަކާއި ގުޅިގެން ވެސް ހަމަނުޖުހުންތަކެއް ވަނީ ހިނގާފައެވެ.

އޭނާގެ ވަޒީފާ އިން ވަކިކޮށްފައިވާކަން ބީބީސީގެ ތަރުޖަމާން މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ.

ހިޓްލަރު ވެގެން ގޮސްފައިވަނީ ޔަހޫދީނާއި ވަރަށް ބޮޑަށް ނަފްރަތު ކުރާ މީހަކަށެވެ. އޭނާ ގިނަ އަދަދަކަށް ޔަހޫދީން މަރާލާފައިވާތީއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް އޭނާ ވަނީ ފަސް މިލިއަނަށްވުރެ ގިނަ ޔަހީދޫން މަރާލާފައެވެ.

ހިޓްލަރު މަރުވުމުގެ ކުރިން ބުނެފައިވަނީ އޭނާއަށް ހުރިހާ ޔަހޫދީން މަރާލެވޭނެ ކަމަށާއި އެހެން ނަމަވެސް މަރާ ނުލީ ދުނިޔެއަށް އޭނާ އެމީހުން މަރާލީ ކީއްވެގެންތޯ ދެއްކުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަހުރެމެން ހެއްދެވި ފަރާތުން އެވަނީ މީގެ 1440 އަހަރުގެ ކުރިން ޔަހޫދީންނަކީ ނުބައި ބައެއްކަން އަންގަވާފަ. އެކަމު އަދު މިޤައުމުގެ ވެރިން މިއުޅެނީ މާ ރަގަޅު ބަޔަކަށް ހަދާ ގުޅުން ޤާއިމުކުރަންވެގެން. ފުރަތަމަ ސީދާ ފްލައިޓުން ދެން ފެންނާނީ ނުރަސްމީ ވަފްދުތަކަށްފަހު ސިޔާސީ ގުޅުން ޤާއިމުކޮށް ޓެރަރިސްޓް ޔަހޫދީ ޒައިނިސްޓުންގެ އެމްބަސީއެއް މިޤައުމުގައި ހުއްޅުވާފަ ހުއްޓާ.

    11
    1
  2. ހުސޭނުބޭ

    ދުނިޔޭގެ އާބާދީގައި 5 މިލިއަން ޔަހޫދީން ނުތިބޭ ދުވަސްވަރަކު ކިހިނެއްހޭ ހިޓްލަރު 5 މިލިއަން ޔަހޫދީން މެރީ! ހިޓްލަރު މެރި ހުރިހައި ވައްތަރަކުން. މި މީހުން މަޝްހޫރުކުރަނީ ހިޓްލަރު. ހަމަ އެދުވަސްވަރު ރަޝިޔާގައި ޖޯސެޕް ސްޓާލިންގ އޭ ކިޔާ ޑިކްޓޭޓަރެއް ހުރި. އެމީހާ ވަނީ ހިޓްލަރަށްވުރެ ގިނަ މީހުން މަރާފައި. ކީއްވެ އެމީހާ ވާހަކަ ނުދައްކަނީ. އަދި އެމީހާ ގިނައިން މެރީ ރަޝިޔާގައި ތިބި މުސްލިމުން

    1
    2