އެމެރިކާ އިން ގަބޫލުކުރާ އިންސާނީ ހައްގުތަކުގެ ހަމަތަކާއި، އެމެރިކާ އިން ގަބޫލުކުރާ ޑިމޮކްރަސީގެ އުސޫލުތަކަށް ރަޝިއާ އިން ވެސް ތަބާވެގެން ހުންނަންށާއި، އެނޫން ގޮތަކަށް އަމަލުކުރާނަމަ ފިޔަވަޅު އަޅާނެކަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް އަންގައިފިއެވެ.
ބައިޑެން އިންޒާރަކާއި އެކު ޕޫޓިން އަށް "ނަސޭހަތް" ދިނީ މިހާރު ޖެނީވާގައި ކުރިއަށްދާ ނޭޓޯ އަށް ނިސްބަތްވާ ގައުމުތަކުގެ ވެރިންގެ ސަމިޓްގެ ހަވާސާ އިން ބައިޑެން އާއި ޕޫޓިން ބޭއްވި ބައްދަލުވުމުގައެވެ.
މިއީ ބައިޑެން އެމެރިކާގެ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ޕޫޓިން އާއިއެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.
ބައްދަލުވުން ފެށިގެން ދިޔައިރު ވެސް ފެނިގެން ދިޔައީ ދެގައުމުގެ ވެރިންގެ އާއްމު ބައްދަލުވުންތަކާއި ހިލާފު މަންޒަރެކެވެ. ހާއްސަކޮށް ޕޫޓިން އެއްވެސް ވަރަކަށް ހިނިތުންވެ، އެއްޗެއް ވިދާޅުނުވާކަން މީޑިއާތަކުން ފާހަގަ ކުރިއެވެ.
ބައްދަލުވުމަށް ފަހު ބައިޑެން ބުނީ އެމެރިކާގެ ސިޔާސަތާއި އެމެރިކާ އިން ގަބޫލުކުރާ ހަމަތައް ޕޫޓިން އަރިހު ދަންނަވާ ކަންކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވެވުނު ކަމަށާއި ނަމަވެސް އޭނާ އެދުނު ގޮތައް ޕޫޓިން ކަންތައް ކުރައްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށެވެ.
ގައުމުތަކުގެ ވެރިން ބާއްވަވާ ބައްދަލުވުންތަކަށް ފަހު އާއްމުކޮށް އެކުގައި ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވެވި ނަމަވެސް ޕޫޓިން އާއި ބައިޑެންގެ ބައްދަލުވުމަށް ފަހު އެކުގައި ދެބޭފުޅުންގެ ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވަވައެވެ. ބައިޑެން އާއި ޕޫޓިން ވެސް ނޫސްވެރިންގެ ބައްދަލުވުން ބޭއްވެވީ ވަކިންނެވެ.
ޕޫޓިން ވިދާޅުވީ ބައްދަލުވުމުގައި ބިނާކުރުވަނިވި ވާހަކަތަކެއް ދެކެވުނު ކަމަށެވެ.
އެމެރިކާ އާއި ރަޝިއާގެ ގުޅުން ފަހަކަށް އައިސް ވަނީ ދުވަހަކު ގޯސްނުވާވަރަށް ގޯސްވެފައެވެ. ދެގައުމުގެ ސަފީރުން ވެސް މިހާރު ވަނީ ގައުމުތަކަށް އަނބުރާ ގެންގޮސްފައެވެ. ނަމަވެސް ބައްދަލުވުމަށް ފަހު ޕޫޓިން ވިދާޅުވީ ސަފީރުން އަނބުރާ ވަރަށް އަވަހަށް މަގާމުތަކާއި ހަވާލުވާނެ ކަމަށެވެ.
ރަޝިއާގެ އިދިކޮޅު ލީޑަރު ނަވަލްނީއަށް ވިހައެއްދީ އޭނާ މަރާލަން އުޅުނީ ޕޫޓިން ކަމަށް އެމެރިކާ އިން ބުނެފައި ވާތީ ރަޝިއާ އިން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. 2016 ވަނަ އަހަރު އެމެރިކާގައި އޮތް ރިޔާސީ އިންތިހާބު ޓްރަމްޕްއަށް ކާމިޔާބު ކޮށްދިނުމަށް ރަޝިއާ އިން ނުފޫޒު ފޯރުވިކަމަށް ޑިމޮކްރަޓިކް ޕާޓީން ގަބޫލު ކުރާތީ ވެސް ރަޝިއާ އާއި އެމެރިކާގެ ގުޅުން ވަނީ ގޯސްވެފައެވެ. ބައިޑެން އަކީ ޑިމޮކްރަޓިކް ޕާޓީގެ މެންބަރެކެވެ.
ރަޝިޔާއަށް ތިހެން ބިރުދައްކައިގެން މިހާރަކު އެއްކަމެއްވެސް ނުކުރެވޭނެ އެދުވަސް ހިނގައްޖެ، އެމެރިކާއިން ހިންގާ ޖަރީމާތައް މިހާރުވެސް ރަޝިޔާއަށްވުރެ މާގިނަ، ތިގޮވާނީ ގުދޯ ގުދޯ.
ރަގަނޅު ވާހަކައެއް ނާށީ ރަޝިއާ ފަސްވެސްނުޖެހޭނެ..ރަޝިއާ ރުޅިގަދަކުރަން ވިއްޖިއްޔާ...އެކަމުގެ ބިރުވެރިކަން ދުނިޔެއަށް ފެންނާނެ...ޙުދު އެމަރިކާވެސް ރަޝިއާގެ ހަނތިޔާރުތަކަށް ވަރަށް ބިރުގަނޭ
ނަމަނަމަ އަލިފާނާނުކުޅޭތި ނޭގި ހުއްޓާ ކުއްލިއަކަށް ހުޅުހިފާފާނެ...ރަޝިއާ އަކީ ސީދާ އީރާން ފަދަބައެއް
ކޮންމެވެސް ގޮތަކުން އޭގެ ރައްދު އަޑިންފޮނުވާނެ