ކޮވިޑް-19 އާއިއެކު ދުނިޔެ ހުއްޓުމަކަށް އައިތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް އަދި ކޮންމެ ދުވަހަކު އެތައް ލައްކަ ބަޔަކު ކޮވިޑަށް ފައްސިވެ، އަދި ކޮވިޑް ޖެހިގެން އެތައް ހާސް ބަޔަކު އަންނަނީ މަރުވަމުންނެވެ. ކޮވިޑް ކޮންޓްރޯލް ކުރަން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ގައުމުތަކުގެ އިގްތިޞާދު އަރައި ނުގަނެވޭނެ އަނދަވަޅަކަށް ވަނީ ވެއްޓިފައެވެ. ގޭބަންދުގައި ތިބެން ޖެހުމުންނާއި އަދިވެސް އިތުރު އެތައް މައްސަލައެއްގެ ސަބަބުން ނަފްސާނީ މައްސަލަތަކަށް އެތައް ބަަޔަކު ވަނީ ހުށަހެޅިފައެވެ.

އެހެންކަމުން ކޮންމެ މީހެއްގެ ވެސް ސުވާލަކީ މިބަލިމަޑުކަމުން އަރައިގަނެވޭނީ ކޮން ދުވަހަކުން ހެއްޔެވެ؟

ކޮވިޑް-19 ކޮންޓްރޯލް ކުރަން ކުރަމުން އަންނަ މަސައްކަތުގައި މިހާތަނަށް ހޯދުމުގެ އެންމެ ބޮޑު ކާމިޔާބަކީ ބައްޔާއި ދެކޮޅަށް މަސައްކަތް ކުރާނެ ގިނަ އަދަދެއްގެ ވެކްސިންތަކެއް އުފެއްދުމެވެ. އަދި މިހާރު ވެސް އިތުރު އެތައް ވެކްސިނެއް އުފެއްދުމުގެ މަގުމަތީގައި އޮތުން އެއީ ވެސް ހިތްހަމަޖެހުމެކެވެ. ނަމަވެސް ދުނިޔޭގޭ އާބާދީގެ ބޮޑު އިންސައްތައަކަށް ވެކްސިން ދިނުމަށް އަދިވެސް ދެތިން އަހަރު ނަގާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

އިންޑިއާގެ ސައިންސްވެރިއެއް ކަމަށްވާ ޑރ.ކާޖަލް ވިދާޅުވީ ކޮވިޑް-19 އަށް އަންނަ ބަދަލުތަކަށް ބަލައިރު އަދިވެސް އިތުރު ރާޅުތަކެއް ކުރިމަތިވެ ކުއްލިއަކަށް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެގެން ހިނގައިދާނެއެވެ. ނަމަވެސް އެފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް މިހާތަނަށް ކޮވިޑާއި ގުޅޭ ގޮތުން ދަސްވެފައިވާ އެއްޗަކަށް ބަލައި ކުރިއާއި އެއްވަރަށް ހާލަތު ގޯސް ނުވަނީ ހާލަތު ކޮންޓްރޯލް ކުރެވިދާނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.

"ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކަކީ އިތުރު އެތައް ގެއްލުންތަކެއް ކުރިމަތިވާ ފިޔަވަޅުތަކެއް. އެހެންކަމުން ގިނަ ފިޔަވަޅުތަކަށް ވަރަށް އަވަހަށް ލުއިތައް ދޭން ޖެހޭ. ނަތީޖާއަކަށް ވެގެން ދާނީ ވައިރަސް ނައްތާލަން ކުރާ މަސައްކަތައް ހުރަސް އެޅުން. އެހެންކަމުން އަނެއްކާވެސް ދެމަހެއްހާ ދުވަސް ފަހުން ކުއްލިއަކަށް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެގެން ހިނގައިދާނެ." އެނާ ވިދާޅުވިއެވެ.

އެމެރިކާގެ ނެޓްވޯކް ސައިންސް އިންސްޓިއުޓް އިން ވަނީ އެމެރިކާގައި ކޮވިޑް ވެކްސިން ދެމުން އަންނަ ސްޕީޑާއި މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދަށް ބަލައި ލަފާކުރުންތަކެއް ހާމަކޮށްފައެވެ. އެއިންސްޓިއުޓުން ބުނާ ގޮތުގައި މިހާރު މަންޒަރު ފެންނަ ގޮތައް ބަލާއިރު ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި އެމެރިކާގައި މާބޮޑެތި ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި އާއްމުންނަށް އުޅެވޭވަރު ވާނެއެވެ.

މިހާރު ވެސް އެމެރިކާ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ކޮވިޑްގެ ބަލިމަޑުކަމަށް ނިމުން އަންނާނީ ކޮން ދުވަހަކުންތޯ ކުރެވޭ ސުވާލަށް ސާފު ޖަވާބެއް ދެވެން ނެތް ނަމަވެސް އަދި އެކި ސައިންސްވެރިންގެ ހިޔާލު މިކަމުގައި ތަފާތުވި ނަމަވެސް ވެކްސިން ގިނަ ބަޔަކަށް ދެވިއްޖެނަމަ ބަލިން އަރައި ގަތުން އެއި ހައެއްކަ މަސް ދުވަހުގެ ތެރޭގައި ވެސް ކުރެވިދާނެ ކަމެކެވެ.

ނަމަވެސް އިއްޔެ އާއި މިއަދު ފެންނަ މަންޒަރުގައި ހުރި ތަފާތަށް ބަލާއިރު މާދަމާ ނިކުންނާނެ ނަތީޖާއެއް ނޭނގެއެވެ.

ދުއާ އަކީ އަވަހަށް ރަނގަޅު ގޮތެއް މިންވަރު ކުރެވުމެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޥެނާ

    الله ތަޢާލާ އެކަމަށް އިރާދަކުރެއްވުމުން..

    46
    1
  2. ްއްްއް

    ރާއްޖޭގަ ނަމަ މިއުޅޭ 10 ވަރަކަށް މީހުން ބިލިއަނަރުންނަށް ވީމަ ނިމޭނެ..

    22
    2
  3. ހޮޅިބެ

    މިހާރު ނިމިއްޖެ

    8
    5
  4. ޔ

    އިންސާނާގެ ނަފްސުތޯހިރުކޮށް ކުރެވިފައިވާފާފަތަކަށް ތައުބާވެއިސްލާހުވީދުވަހަކުން

  5. ޖުއްބާ

    ދިވެހިރާއްޖެއިން ކޮވިޑު ފިލާނީ އިބުރާހިމް ސޯލިހު ވެރިކަމުން ވައްޓާލެވުނު ދުވަހަކުން.

    13
    7
    • ށުއްބާ

      ޢަސްލުތަ؟

  6. އަޙްމަދް

    ކޮވިޑް ނަވާރަ އަކީ ކުޅޭވޭ މުބާރާތެކެވެ.
    މީ ބިރުވެރިކަން އުފެއްދުމުގެ މުބާރެތެވެ.
    ޢެހެންވީމާ މުބާރަތް ނިމުނީމަ ނިމޭނީ.
    މި ބަލާވެރިކަމުގެ މުބަރާތާ ފެށި ބަޔަކު މި މުބާރާތް ނިއްމަން ކަނދައޅަފައިވާ ތާރީޙް އެނގޭނީވެސް ހަމަ އެބަޔަކަށެވެ.

    6
    2
  7. ާައަހުމަދު

    ޓެކް ޓީމް ހިއްފުރޭ ވަރަށް ފައިސާ ލިބުނީމަ ނިމޭނީ.

    6
    1
  8. އަބްދޫ

    ކޮވިޑް ބަލިން ސަލާމަތް ވުމަށް ބޭނުންނަމަ މާލޭގެ ހުރިހާ ގެއެއް ޓެސްޓް ކޮށް ކޮވިޑް ބަލިޖެހިފައިވާ އެންމެން އެކަހެރިކޮށް އެގެތައް ކަރަންޓިނުކޮށް ހެދުމުން ކުރިޔަށް އޮތް 3 މަސްތެރެ ދިވެހިރައްޖެއިން ކޮވިޑް ފިލުވާލެވިދާނެ. ރަނަގަލަށް ،މަސައްކަތް ހިގިނަމަ ކޮވިޑް ފެނުނުތާ 3 މަސްތެރޭ ކޮވިޑް ފިލުވާނލެވުނިސް ފަރުދީ ޒިންމާ އަކުން ކޮވިޑް ނުފިލުވޭނެ.

    5
    1
  9. ނަދޫ

    ދިވެހިރާއްޖޭން ކޮވިޑު ފިލައިގެންދާނީ އެހެންވެރިކަމެއް މިތަނަށްއައި ދުވަހަކުން😢

    7
    1