މީސްމީޑިއާގައި ތަފާތު އެކި ކަަހަލަ މީހުން ގަބޫލުކުރާ ކަހަލަ ވާހަކަތަކާއި ގަބޫލު ނުކުރާ ވާހަކަތައް އެކި ދުވަސް ވަރުގައި އަންނަނީ ފެތުރެމުންނެވެ. އެގޮތުން މިއީ ވެސް އެފަދަ ގޮތަކަށް މިހާރު ދެކެވެމުން އަންނަ ވާހަކަ އެކެވެ.

އިންޑިއާ ކައިރީގައި އިތުރު ރަށެއް އުފެދޭ ވާހަކަ އަކީ ފަހަކަށް އައިސް ގިނަ ބަޔަކު ދައްކަމުން އަންނަ ވާހަކަ އެކެވެ. އެހެން ނަމަވެސް މި ވާހަކަ އަކީ އެއީ ތެދެއްތޯ ނޫނީ ދޮގެއްތޯ ވެސް ބަލަން އެބަ ޖެހެއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯއިން ފެނިގެން ދަނީ އިންޑިއާގެ ކޮޗިން ކައިރީގައި "ބީންސް" އޮށެއް ގޮތަށް އުފެދިފައިވާ ރަށެކެވެ.

"ޓީއެންއެމް" މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަރަބިއަން ކަނޑުގައި އުފެދިފައިވާ އެ ރަށުގެ ސައިޒަކީ ހުޅަނގު ކޮޗިން އާއި އެއްވަރުގެ ރަށެކެވެ. އެހެން ނަމަވެސް މި ރަށް ހަމަ ލޮލަށް އަދި ނުފެންނަ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. ބައެއް ތަޖުރިބާކާރުން ބުނާ ގޮތުން އެރަށް ވީ އަދި ކަނޑު އަޑީގައެވެ.

މިފަދަ ވާހަކަތަކެއް މީސްމީޑިއާގައި ދައުރުވަމުން އަންނާތީ ކެރެލާ ޔުނިވާސިޓީ އޮފް ފިޝަރީސް އެންޑް އޯޝަން ސްޓަޑީޒް އިން ވަނީ އެކަމުގެ ތަހުގީގެއް ފަށާފައެވެ. އަދި އެފަރާތުން ވަނީ ވީހާ ވެސް ގިނަ ބަޔަކު އެކަމާއި ބެހޭ ގޮތުން މައުލޫމާތު ލިބިއްޖެނަމަ، ހިއްސާ ކުރުމަށް އެދިފައެވެ.

މީސްމީޑިއާގައި މިފަދަ ފޮޓޯއެއް ދައުރުވީ ނަމަވެސް، ގޫގުލް މެޕްސް އިން މީގެ އަސްލެއް އަދި ފެނިފައެއް ނުވާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެހެން ކަމުން މި ފޮޓޯ އަކީ އަސްލެއް ކަމެއް ނުވަތަ ފޭކެއް ކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނުސީދާ

    އެފެންނަނީ މަޑުމަޑުން ދިވެރާއްޖޭގެ ބިންތައް އިންޑިގެ ގޮޑުދޮށަށް ލައްގާ މަންޒަރެވެ

    64
  2. ޢަސ

    ދިވެހިރާއްޖެ އިން ގެއްލުނީ ކޮންރަށެއްތޯ އަވަހަށް ބަލަންޖެހޭ... ނޭނގި ތިއްބާ ގެންގޮސްދާނެ.

    48
    3
  3. ޞުނާ

    މިހާރުވެސް ބ. އަތޮޅުން ކުޑަދޫ، ވެޔޮފުށި ގެއްލިއްޖެ.

    28
    2
    • މޯދީ

      ހެހެހެ.. އަނެއްކާ ހެލިކޮޕްޓަރ ގައި ވައުޖަހާގެންތަ ގެންދިޔައީ..

      21
      1
  4. ޭއަލީ

    ގޫގްލް މެޕްސް އިންވެސް އެބަފެނޭހަމަ އެ ރަށް

    13
  5. ާއަހުމަދު

    ޢެއ އީ ދިވެހި ރާ އްޖެ

  6. ކޮންސިއުލޭޓް

    އަވަހަށް ބަލާލަބަލަ. އައްޑޫ އޮންނަ ތަނުގަ މިހާރުވެސް އެބަ އޮތްތޯ. އެންމެ ކުރިން އިންޑިއާ ކައިރިއަށް ދާނީ އައްޑޫވިއްޔަ.

  7. މޯދީ

    އަނެއް ދިވެހިރާއްޖެ 😃

  8. ފާއިޒާ

    ތިރަށުގެބޮޑުވަޒީރުކަން މުހަންމަދު ނަޝީދަށްދޭންފެނޭ !!

    14
    1
  9. ގެިރި

    ގެރިގުއި ގަޑެއްކަންނޭގެ.

    14
  10. ޭއިބްރާހީމް

    ދައްޖާލު އޮންނަ ރަށް ތިޔަ