އިންޑޮނޭޝިއާގައި ކޮވިޑް-19އާ ދެކޮޅަށް ވެކްސިން ޖަހާ އުމުރުން ދުވަސްވީ މީހުންނަށް ދިރޭ ކުކުޅު ދޭން ފަށައިފިއެވެ. މިކަން ކުރަނީ އެ މަސައްކަތުގައި އުޅޭ އިދާރާތަކުންނެވެ.

މިއީ ސިއަންޖުރް ރެޖެންސީ، ވެކްސްޓް ޖާވާ ޑިސްޓްރިކްސްގައި އުމުރުން 45 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެެކެވެ. މި ޕްރޮގްރާމް ފެށުމާއެކު އެތައް ބަޔަކު ވެކްސިން ޖެހުމަށް ނުކުމެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ބުނެފައި ވަނީ، އުމުރުން ދުވަސްވީ މީހުންގެ ގަޔަށް ކޮވިޑް ވެކްސިން ޖެހުމަށް މީގެ ކުރިން ސަރުކާރުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ.

"މީގެ ކުރިން މީސް މީޑިއާގައި ވަނީ ވެކްސިންއާ ގުޅޭގޮތުން ތަފާތު ދޮގު މައުލޫމާތުތައް އާއްމުކޮށްފައި، ބައެއް އުމުރުން ދުވަސްވީ މީހުން ހީކުރަނީ އެ ވެކްސިންއިން ކޮވިޑްއިން ސަލާމަތް ނުވާނެ ކަމަށް، އެކަމުން އެހެން ސިއްހީ މައްސަލަތައް ދިމާވެ، މަރުވުން ފަދަ ކަންކަން ވެދާނެ ކަމަށް".ފުލުހުން ބުނެފައި ވެއެވެ.

މިއާއެކު ފުލުހުން ވަނީ ވެކްސިން ޖަހާ މީހުންނަށް ދިރޭ ކުކުޅު ލިބޭ ޕްރޮގްރާމް މިދިޔަ މަސް ތެރޭގައި ފަށާފައެވެ. އެގޮތުން މި ޕްރޮގްރާމް ފެށުމުގެ ކުރިން ވެކްސިން ޖަހަން އަންނަ މީހުން މަދުވެފައި ވީނަމަވެސް، މިހާރު ވެކްސިން ޖެހުމަށް ނުކުންނަ މީހުންގެ އަދަދުތައް ގިނަވެފައިވާކަން ފުލުހުން ފާހަގަކޮށްފައި ވެއެވެ.