މިހާރު ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 އަށް އިތުރު ފަރުވާއެއް އިންގިރޭސިވިލާތުން ހޯދައިފިއެވެ.

އިނގިރޭސިވިލާތުގެ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި އަގު ބޮޑު އެ ފަރުވާއަކީ ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންނަށް ބަލިން ފަސޭހަވުމަށް އެންމެ ރަނގަޅު ފަރުވާއެވެ.

އެގޮތުން ކޮންމެ ތިން ބަލި މީހުންގެ ތެރެއިން އެކަކުގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް އެގޮތަށް ބެލޭނީ ބަލިން ރައްކާތެރިވުމަށް އެއްވެސް ކަހަލަ އިތުރު ބޭހެއް ފަދަ އެއްޗެއް ހަށިގަނޑަށް ފޮނުވާފައި ނުވާ މީހުން ކަމަށް ވަނީ ވިދާޅުވެފައެވެ.

ދާދި ފަހުން ހޯދި މި ފަރުވާގެ އަގަކީ 1000 ޕައުންޑާއި 2000 ޕައުންޑާއި ދޭތެރޭގައި އުޅޭ ފަރުވާއެވެ.

މޮނޮކްލޯނަލް އެންޓިބޮޑީ ފަރުވާއަކީ "ރެގެނޮރޮން" ބޭނުން ކޮށްގެން އުފައްދާފައިވާ ފަރުވާއެކެވެ. މި ފަރުވާގެ ސަބަބުން ވައިރަސް އިތުރަށް ހަށިގަނޑު ތެރޭގައި ފެތުރުން ހުއްޓުވައިދޭ ކަމަށް ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގައި މި ފަރުވާ ޓެސްޓް ކޮށްފައިވާއިރު، މި ދިރާސާގައި ގާތްގަނޑަކަށް 10،000 ބަލި މީހަކު ވަނީ ބައިވެރިވެފައެވެ. އޭގެ ސަބަބުން މަރުވާ މީހުންގެ އިންސައްތަ ދަށްކޮށްދީ، ހޮސްޕިޓަލުގައި ބަލި ޖެހޭ މީހުންނަށް ފަރުވާ ދެވޭ ދުވަސްތައް ވެސް މަދު ކޮށްދޭކަން ވަނީ ހާމަވެގެން ގޮސްފައެވެ.

މި ފަރުވާ ޓެސްޓް ކޮށްފައިވާ އުމުރުން 37 އަހަރުގެ ކިމްބާލޭ ފާދަސްޓޯން ބުނެފައިވަނީ އޭނާ ކޮވިޑަށް ފައްސިވެގެން ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ ދުވަސްކޮޅެއް ވިތަނުން އެތަނުގައި ޓެސްޓްތައް ހަދަމުންދާތަން ފެނުމުން އޭނާ ވެސް އެ ޓެސްޓުގައި ބައިވެރިވީކަމަށެވެ. އަދި މިހާރު އޭނާގެ ހާލަތު ރަނގަޅު ކަމަށް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ައަހުމަދު

    ކިހާ މޯޅުދޯ 3މިހުންގެތެރެއިން 1 ވިއްޔާ ސަލަމަތް ތިކުރެވެނީ އަނެއް ދެމީހުން މަރު އެކަމަކުވެސް އެއްމެ ރަގަލުފަރުވާޔޯ، އެއީ އިގިރޭސިންވީމަ އެނޫންނަމަ ތިއެއްޗަކަށް ނުވީސް.

    5
    1
  2. ހ

    ތީ ބޭހެއްނޫން ވިޔަފާރި އުކުޅެއް

  3. ތުރިންދާ

    "ކޮންމެ ތިންބަލި މީހަކަށް"

    ދިވެހިން ތިންބަލި ކިއަނީ ޖެހިޖެހިގެން ތިންފަހަރު ބަލި ވުމަށް
    އާއްމު ގޮތެއްގައި މިބަސް ބޭނުންކުރަނީ ކުޅިވަރުގެ މައިދާނުގައި