އިންޑިއާއިން އެންމެ ފުރަތަމަ ފެނިފައިވާ އިންޑިއާ ވޭރިއެންޓް ނުވަތަ ޑެލްޓާ ވޭރިއެންޓް އަންނަނީ ހަލުވި ކަމާއި އެކު އިންޑިއާ އަދި އިނގިރޭސި ވިލާތުގައި ފެތުރެމުންނެވެ. މި ވޭރިއެންޓުގެ ވޭދަނަތައް އެމެރިކާގައި ވެސް އަންނަނީ އިތުރުވަމުންނެވެ.

އެމެރިކާގައި އަލަށް ފައްސިވާ މީހުންގެ ތެރެއިން 10 އިންސައްތަ މީހުން ފައްސިވަނީ އިންޑިއާ ވޭރިއެންޓަށެވެ. ތަޖުރިބާކާރުން ވިދާޅުވަނީ އިންޑިއާ ވޭރިއެންޓުގެ ސަބަބުން 'ދެ އެމެރިކާ'އެއް އުފެދިދާނެ ކަމަށެވެ. ތަޖުރިބާކާރުން މިހެން ވިދާޅުވެފައި ވަނީ އެމެރިކާގެ ވެކްސިން ފުރިހަމަ ކޮށްފައިވާ ސަރަހައްދުތަކުގައި އިންޑިއާ ވޭރިއެންޓުގެ ނުރައްކާ ކުޑަވެފައި، މެޖޯރިޓީ މީހުން ވެކްސިން ފުރިހަމަ ނުކުރާ ސަރަހައްދުތަކަށް ނުރައްކާ ބޮޑުވެފައި ވާތީއެވެ.

ވެކްސިން ޖަހާފައިވާ މީހުން މަދު ސަރަހައްދުތަކުގައި އިންޑިއާ ވޭރިއެންޓް ފެތުރި، ނުރައްކާތެރި އިތުރު ވޭރިއެންޓެއް އުފެދިދާނެ ކަމުގެ ބިރު ހީވެފައިވެއެވެ.

އިންޑިއާ ވޭރިއެންޓް އެންމެ ފުރަތަމަ ދެނެގަނެވިފައިވަނީ އިންޑިއާއިން މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އޭގެ ސަބަބުން އިންޑިއާގެ ހާލަތު ގޯސްވެ، ކޮންޓްރޯލް ނުވެގެން އިތުރު ގައުމުތަކުގައި ވެސް މި ވޭރިއެންޓް ފެތުރެން ފަށާފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން އެމެރިކާ ހިމެނޭހެން 80 ގައުމަކަށް މި ވޭރިއެންޓުގެ އަސަރު ކޮށްފައިވެއެވެ.

ސްކޮޓްލޭންޑުގައި ކުރެވުނު ދިރާސާއަކުން ދައްކާގޮތުން އިންޑިއާ ވޭރިއެންޓުގެ ސަބަބުން ބޮޑަށް ބަލިވާނެކަމަށް ލަފާކުރެވެއެވެ. އަދި އިނގިރޭސި ވިލާތުން ފެނުނު އަލްފާ ވޭރިއެންޓަށް ވުރެ އިންޑިއާ ވޭރިއެންޓްގެ ނުރައްކާ ބޮޑުވެފައި، އޭގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން މިހާތަނަށް 316 މިލިއަން މީހުން ވެކްސިން ޖަހާފައިވާއިރު، އޭގެ ތެރެއިން ދެ ޑޯޒް ވެކްސިން ޖަހާފައިވަނީ 148 މިލިއަން މީހުންނެވެ. އެގައުމުގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ އިންސައްތަ އަކީ 45.2 އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގެރި ގުއި

    ބިލިޔަން އާބާދީ އެއް އޮތް ޗައިނާ، "ޑިމޮކްރަސީ" އާ ނުލާ ކޮންޓްރޯލް ކުރީ ކިހާ ގަދަ!

    28
    3
  2. އައްޑޫ މީހާ

    ތިޔަ އިންޑިއާގެ ނަން ކިޔާލިޔަސް އެތަނެއް ހަލާކުވާނެ ދުނިޔޭގެ އެންމެ ނުލަފާ މީހުން ކުރާ ހުރިހާ ޝިރުކެއް ކުރާ ބަޔަކު އުޅޭތަނެއް ކޮށްފަ ނުކުރާނެ މުޑުދާރު ކަމެއް އޮންނަނީކީ ނުން އެކަމަކު ކީއްކުރާނީ ދިވެހިރާއްޖެވެސް މިއޮތީ އެމީހުންނަށް ވިކި ހުސްވެފަ

    20
    3