އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޖިލް ބައިޑެން ގެންގުޅުއްވާ ކުއްތާ، ޗޭމްޕްް މަރުވެއްޖެއެވެ. މި ކުއްތާ މަރުވިކަން އިއުލާން ކޮށްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ކުއްތާ މަރުވީ އިރު އުމުރަކީ 13 އަހަރެެވެ.

މި ހަބަރު އާންމުންނަށް ދެމުން ބައިޑެން އާއި ފަސްޓް ލޭޑީ ވިދާޅުވީ މި ހަބަރަކީ ވަރަށް ވެސް ހިތާމަވެރި ހަބަރެއް ކަމަށެވެ. ބައިޑެންގެ އާއިލާއިން ނެރުނު ބަޔާނުގައި ވަނީ ފާއިތުވި ދެތިން މަސް ދުވަހުގެ ތެރޭގައި ޗޭމްޕްގެ ހާލު ދެރަވި ކަމަށް ވިދާޅުވެފައެވެ. އަދި ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި އެ އާއިލާއަށް ކުރިމަތިވި ހުރިހާ އުފަލަކާއި ހިތާމައެއްގައި ޗެންޕު ބައިވެރިވެފައިވާކަމަށާއި ކުއްތާ މަރުވުމުން އާއިލާއަށް ވަރަށް މުހިންމު އެއްްޗެއް ގެއްލިގެން ދިޔަފަދަ ފަޅުކަމެއް އިހްސާސްވާނެކަމަށް އެ ބަޔާނުގައި ވެއެވެ.

ބައިޑެންގެ އާއިލާއިން ޗޭމްޕް ގެންގުޅުއްވަން ފަށާފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ބަރަކު އޮބާމާގެ ނައިބު ރައީސްގެ މަގާމު ބައިޑަން ހުންނެވި ދުވަސްވަރުގައެވެ.

ޗެމްޕްގެ ވަކިވުމާއި ގުޅިގެން ބައިޑެމް ވިދާޅުވީ 13 އަހަރުވަންދެން ޗޭޕްމް ދެގޮތެއް ނުވާ ކަމަށާއި، އެ 'ލޯޔަލްޓީ' އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ. އޭގެ އިތުރުން ވިދާޅުވީ އެ ކުއްތާދެކެ އިންތިހާއަށް ލޯބިވާ ކަމަށާއި، އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ.

ބައިޑެންގެ އާއިލާ އަކީ ޖަނަވާރު ގެންގުޅުމަށް ލޯބިކުރާ އާއިލާއެކެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރުކަމަށްވާ ވައިޓު ހައުސުގައި ބައިޑަންގެ އާއިލާއިން ދެ ކުއްތާއެއް ގެންގުޅުނެވެ. އެއީ 2008ވަނަ އަހަރު ބައިޑަން ހޯއްދެވި ޖާމަން ޝެޕާޑެއްކަމަށްވާ ޗޭމްޕާއި 2018ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ހޯއްދެވި މޭޖާނަމަކަށް ކިޔާ ޖާމަން ޝެޕާޑެކެވެ. ވައިޓް ހައުސްގައި ހިނގި އެކްސިޑެންޓުގައި ވެސް ބައިޑެން ވަނީ ކުއްތާގެ ދިފާއުގައި ވާހަކަ ދައްކަވައި، އެއީ ވަރަށް ލޯބި ކުއްތާއެއް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އިވަންކާ

  ދެން ބުނޭ ރަޝިޔާ އިން އެޔަށް ވިހަ ދިނީ ޔޭ

  15
 2. ނަން

  ކޮވިޑް ގަ ބާ؟

  6
  1
 3. ......

  މި ހަބަރާ އަހަރެމެން ދިވެހިންނާ އޮތީ ކޮން ގުޅުމެއްބާ....ވަގުތު ގެ ކުދިންވެސް ވެއްޖެ ފުރާފުރިހަމަ މީހުންނަށް ވާން...ޒިންމާދާރުވާން

 4. އިވާން

  ކާފަރަކު ފޮޑިއެއް ޖެހިޔަސް އެކަމެއް މާރީތިވެގެން ލިޔާމީހުން އުޅޭ

  2
  1