އިންޑިއާ އިން ރާއްޖެ އަށް ފޮނުވާ ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުންގެ ފުރަތަމަ ބެޗު ރާއްޖެ އައިސްފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއާގެ ރެކްރޫޓްމަންޓް އޭޖެންސީއެއް ކަމުގައިވާ ނޯކާ ރޫޓްސް އާއި ގުޅިގެން ހެލްތު ކެއަރ އަދި ސްކިލްޑް ޕާސަނަލްސް ހޯދުމަށް އެއްބަސްވުމެއް އެކުލަވާލައިފައިވެއެވެ. މިއީ ކެރަލާއަށް ނިސްބަތްވާ، ވަޒީފާ ހޯދާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ކަމުގައި އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

ރާއްޖޭގައި ހުރި އިންޑިއާގެ ހައި ކޮމިޝަނުން ކެރެލާގައި ތިބި އެހެން ގައުމުތަކުގެ މީހުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ރާއްޖެއާ ގުޅުުން ވަރުގަދަކޮށް އެއްބަސްވުމެއްގައި ސޮއި ކުރި އިރު ފުރަތަމަ ބުރުގައި އައި އަރަބި އަދި ގުރުއާން ޓީޗަރުންނަށް ވަނީ ވަޒީފާގެ ކަންތައްތައް ހަމަޖެހިފައެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޓީޗަރުން މިހާރު ތިބީ ރާއްޖޭގައެވެ.

އޭގެ އިތުރުން ނޯކާ ރޫޓްސް މެދުވެރިއަކަށް ވެގެން ރާއްޖެއަށް 100 މެޑިކަލް އޮފިސަރުންނާއި، 150 ނަރުހުން އަދި 100 ހާއްސަ ޑޮކްޓަރުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި އެއްބަސްވުމާ ގުޅިގެން އިންޑިއާ ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނަރު، ރޯހިތް ރަތީޝް ވިދާޅުވީ މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށެވެ. އަދި މިއީ މޯދީގެ ސިޔާސަތުތަކާ އެއްގޮތަށް ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތައް ލިބުނު ކުރިއެރުމެއް ކަމުގައި ރޯހިތު ފާހަގަ ކުރެެއްވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެން ފަހުން ދެ އަހަރާއި ގާތަށް އައިސްފައިވާއިރު، ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެފައި، ގުޅުން ބަދަހިވެފައިވާކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް މުވައްޒަފުން ހޯދުމުގައި ވެސް ނޯކާ ރޫޓްސްއިން މަސައްކަތް ކުރަމުންދަނީ ފަރުވާ ބަހައްޓައިގެން، ގަވާއިދާއި އެއްގޮތަށް، ރައްކާތެރިކަމާއި އެކުގައި ކަމަށްވެއެވެ. ނޯކާ ރޫޓްސްއިން ވަޒީފާއަށް މީހުން ނެގުމުގައި އެކަމަށް އެންމެ ގާބިލު މީހުން ހޯދަން މަސައްކަތް ކުރާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އެގައުމުގެ އަމާޒަކީ ވަޒީފާ ނުލިބިފައި ތިބި މީހުންގެ އަދަދު ވީހާވެސް މަދުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޒުހޫ

    ބުނާނެ އެއްޗެއްވެސް ނޭނގުނު. މިރާއްޖޭގަ އެތަށް ބޮޑެތި ގުރުބާނީ ތަކެއްވެ ބޮޑެތި ސަނަދުތައް ހިފައިގެން އެއް ދޮރުން އަނެއް ދޮރަށް ހިނގަ ހިނގާ ކިތައް ދަރިން އެބައުޅޭތޯ ވަޒީފާއެއް ނުލިބި. މީގެ ސަބަބުން ކިޔަވަން ނެގި ލޯނުތައް ނުދެއކި އުޅެނީ ކިތަށް ދަރިންތޯ. އެކަމަކު މި އަޑުއިވެނީ އިންޑިޔާ މީހުނަށް ކައިފަ ވައެއްލާހާ ފަސޭހައިން މިރާއްޖޭގަ ވަޒީފާ ލިބޭވާހަކަ. ހުރި ހިތާމައެއްގެ ބޮޑުކަމާ އެވެ.

    80
    1
    • ޢަހުމަދުވަގާރު

      ފެންވަރެއް ނުހުރޭ

  2. ޙެޔޮނުވަނެ ތިހެންހަދަން

    ކަންތަކާޖެހުނީ ދެން ތިގެންނަ މީހުންގެ މުޅި އާއިލާ ރާއްޖެ ގެނެސް ދައުލަތުގެ ބަލަދު އަރާ ބަޔަކަށް ހަދާ ދިވެހިންގެ ފައިސާއިން ހަރަދުކޮށް ބަލަހައްޓާނެ.

    65
    2
  3. ނަބާ

    ރާއްޖޭން ބޭރުން ޤުރްއާނާއި ، އަރަބި ކިޔަވަދޭން ޓީޗަރުން ގެނައުމުގެ ބޭނުމަކީ ކޮބާ؟؟ ރާއްޖޭގައި ނެތީތޯ ޝަރުޠު ހަމަވާ ޓީޗަރުން؟؟؟ މީ ދިވެހި ދަރިންނަށް ކުރާމަލާމާތެއް ! ދިވެހިންނަކީ އެއްވެސް އެއްޗެއް ނޭނގޭ ބައެއްގެ ގޮތުގައި ލޭބަލް ކުރަން ، މި ސަރުކާރުން ކުރާ ކަމެއް 😡

    47
  4. ސަމާލުވޭ

    އޭރަށް ނޫންތޯ ޅަ ސިކުޑިތަށް އެމީހުން ބޭނުންވާ މަގަށް ހާނުވާލެވޭނީ. ވަރަށް ސަމާލުވާން ޖެހޭކަމެއް.

    36
  5. ލޫޓުވާ

    ދިވެހި ކިޔަވާދޭން އިންޑިޔާ ފާދިރީން ގެންނާނެއަދި. ހަންފެތުރުން

    20
  6. މޮޔަ ސަރުކާރު

    މާތް ކަލާކޯ! ދިވެހިން އަޅުވެތިވެ ނިމިއްޖެ. އިންޑިޔާގަ ވަޒީފާ ނުލިބި ތިބި މީހުންގެ އަދަދު މަދު ކުރުމަށްޓަކައި ،މި ސަރުކާރާ އިންޑިޔާ ސަރުކާރާ އެއްބަސްވެގެން، އިންޑިޔާ ރައްޔިތުންނަށް ހާއްސަކޮށްގެން ވަޒީފާ މި ރާއްޖޭގައި... ކީކޭ ދެން ބުނާނީ

    10
  7. ނަންނު

    ވަރަށް ވެސް ހިތާމަ ހުރި ކަމެއް

    20
  8. އޭނާ

    ދިވެހި ރާއްޖޭގާ މިހާރުވެސް ބޮޑެތި ބޮޑެތި ޢާލިމުން އެބަ ތިއްބެވި.
    ދެން އިންޑިޔާއިން ޢިލްމުގެ ފިލާވަޅުތައް ނަގައިދޭން ބޭބޭކަލުން މިތަނަށް ގެންނަނީ ކޮން ނަޒަަރަކުންތޯ؟
    އަނެއްކާ އަރަބި ބަސް ދިވެހިންގެ ޝުޢޫރާ ކުލަވަރާ ތަރުޖަމައިގާ ޢަރަބި ބަސް އުނގެނިގެން ހުރި ދިވެހި ދަރިޔަކަށް ނޫނިއްޔަކާ އެންމެ ފަސޭހަ ގޮތެއްގާ އުނގަންނައެއް ނުދެވޭނެ.

  9. ގައުމީދޫ

    އައްސަރިބަހާއި ސާބަސް. ކަމެއް ކުރެވުނު ކަމަށްވާނީ އަންނަ ހަފުތާގައި ދިވެހިބަސް ކިޔަވައިދޭން އިންޑިޔާއިން ޓީޗަރުން ކޮޅެއް ގެނެވުނިއްޔާ. މީ އިންޑިޔާ މީހުންގެ ވަޒީފާގެ ބާޒާރު. މިބާޒާރުގައި އިންޑިޔާ މީހުންނަށް ވަޒީފާ ހަމަޖައްސައިދީފައި ބާކީ ހުރިއްޔާ ދިވެހިންނަށް ލިބޭނެ.

  10. Anonymous

    މިވެރިކަން މީ މިގައުމު ހަލާކުކޮއް ސުންނާފަތި ކުރާނެ ވެރިކަމެއް ، ދިވެހިން ދެން ތިބެންވީ ބަނޑައް ކުޅު ޖަހައިގެން ، އަދިވެސް ވޯޓް ދޭތި މޑޕ އައް...

  11. ހަޑިމިލޭރު

    ކޮބައިތަރަސޫލާ ދުޢާދެންނެވި ވެރިއެއް ކަމަށް ދިވެހިން ގުނބޯހެއްދި ޝައިޚުން. ދިވެހިންނަށް ވަޒީފާގެ ޔަގީންދެމުން ވޯޓުއޮޅުވާލުމަށް އިންޑިޔާއިންފަންޑްކޮށްދިނީ އެމީހުންގެ ރާއްޖެގެނދަންކަން އެއިރުވެސް އެނގޭ. އަދިގެންނާނެ އެކިއެކި ބަލިބަލި ޖެހިގެން ވަޒީފާގެއްލފަތިބޭ ސިއްޚީ ދާއިރާއަށް ބޭނުންވާ މީހުންވެސް. ޔާﷲމިމުނާފިގުންނާއީ މިމީހުންނަށް ވާގިވެރިވާ މީހުނގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާނދޭވެ. އާމީން

  12. ޝަބްނަމް

    ބޮޑުވަޒީރު މޯދީގެ އަމާޒު ވަރަށް ސާފު. ކޮބާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަމާޒަކީ؟ މިޤައުމުގަ ޥަޒީފާ ނެތި މަގުމަތި ވެފައި ތިބިމީހުންނަށް ކިހިނެއްތޯ ހަދަން ގަސްދު ކުރަށްވަނީ؟ މިގައުމުގަވެސް ދަވްލަތުންނާއި އަމިއްލަ ގޮތުން ބޮޑެތި ޚަރަދު ތަށް ކޮށްގެން ސަނަދު ތަކެއް ނަގައިގެން ވަޒީފާއެއް ނެތި އެތަށް ޒުވާނުންނެއް އެބަތިބި. އަމާޒެއް އޮންނަންޖެހޭނެދޯ.