މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ތަހުގީގް ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަން ފަށާފައިވަނީ ކޮވިޑާ ގުޅިގެން އެކުލަވާލައިފައިވާ ގަވާއިދުތަކާއި މުސްލިމުން ހިލާފުވާ ކަމަށް ބުނެ މަގުމަތީގައި ޕެޓްރޯލް ކުރަން ނުކުމެ އުޅޭ ފުލުހުން ބައެއް މުސްލިމުން މަގުމަތީގައި ކުޑަ ކަކޫ ޖެހުން ފަދަ އަދަބުދޭ ކަމުގެ ޝަކުވާ ކުރާތީއެވެ.

ހަތިޔާރާއެކު ހުރި ކޮލަމްބޯ ފުލުހަކު އާންމުންގެ މީހަކަށް މަގުމަތީގައި ކުޑަކަކޫ ޖަހައިގެން އަތް މައްޗަށް ނަގައިގެން އިނުމަށް އަމުރުކޮށްފައިވާކަމަށް ބުނެ ނޫސްތަކުން އަންނަނީ ރިޕޯޓު ކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން އެ މީހާ އަކީ ހޮޓަލަކަށް ކާއެއްޗެއް ގަންނަން ދިޔަ މީހެކެވެ.

މިފަދަ އަމަލުތަކާއި ގުޅިގެން އާންމު ރައްޔިތުން ބުނަނީ މިފަދަ އަދަބުތައް ދީގެން މީހުންގެ އަގު ވައްޓާލަން ފުލުހުން މަސައްކަތް ކުރާ ކަމަށާއި، އެފަދަ އަދަބު މީހުންނަށް ދިނުމުގެ ބާރެއް ނޯންނާނެ ކަމަށެވެ.

މީސް މީޑިއާގައި ހޫނުވެފައިވާ މި މައްސަލައާ ގުޅިގެން ލަންކާ ސިފައިން ބުނެފައިވަނީ އެފަދަ އަދަބުތައް ދިން ސިފައިންނާއި ފުލުހުންނަށް އެ ސަރަހައްދު ދޫކޮށް ދިޔުމަށް އަންގާފައިވާނެ ކަމަށެވެ. އަދި އަހްލާގީ މިންގަނޑުތަކާ ހިލާފުވީ ކަމަށް ބަލައި އެކަމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައިވެއެވެ.

ކޮވިޑުގެ ހާލަތުގައި މިސްކިތަށް ނުދެވޭ ކަމަށް ބުނެ، މިސްކިތުގައި ތިބި މުސްލިމުންތަކެއް ގަދަކަމުން މިސްކިތުން ނެރެ ކަރަންޓީނު ކޮށްފައިވާކަމަށް ބުނާ މައްސަލައެއް ވެސް ދާދި ފަހުން ފެންމަތިވެފައިވެއެވެ.

ސްރީލަންކާގައި މިދުވަސްވަރު ކޮވިޑް ވޭދަނަތައް އިތުރުވެފައިވާތީ އެގައުމުގައި ވަނީ ކޮވިޑުން ދިފާއުވުމަށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. ހެލްތް މިނިސްޓްރީއިން އާންމު ކޮށްފައިވާ މައުލޫމާތައް ބަލާއިރު ވޭތުވެދިޔަ 13 ދުވަހުގެ ތެރޭގައި އެގައުމުން 34,356 މީހަކު ކޮވިޑަށް ފައްސިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ރާއްޖެވެސް މި ދަނީ މި މިސްރާބުން އިސްލާމޮފޯބިކް މީހުން ރާއްޖޭގައި އުޅޭހެން ހީވޭ

    9
    1
    • ޢަހުމަދުވަގާރު

      ޢެޢީ ކޮންޗެއް ބާ

  2. ޢަހުމަދުވަގާރު

    މުސްލިމުން ހިންގި ޖަރީމާތައް ނުކުރޭތަ ތަހުގީގު

    2
    7
  3. އައިސަ

    ޒަޔަނިސްޓުން ފަލަސްތީނުގައި މުސްލިމުންނަށް ކުރާ އަނިޔާވެސް ބަލާލަ ދެއްޗޭ