ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހުމުން ވަރަށް ގިނަ އަންހެނުންނަށް މައްސަރުކަންތަކަށް މައްސަލަތައް ކުރިމަތިވާ ކަމަށް ރިޕޯޓެއްގައި ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ވޮޗްޑޯގަކުން އާއްމުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ މައްސަރުކަންތައް ދިމާވުމުގައި މައްސަލަތައް ކުރިމަތިވެގެން 4000 ވަރަކަށް އަންހެނުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"ބައެއް އަންހެނުންނަށް މައްސަރުކަންތައް ދިމާވުމުން އާއްމުކޮށް ލޭ އަންނަ މިންވަރު ވަނީ އިތުރުވެފައި ނުވަތަ މައްސަރުކަންތައް ދިމާވުމުގައި ލަސްތައް ކުރިމަތިވޭ. މިފަދަ ކަންތައް ކުރިމަތިވެފައި ވަނީ 30 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންނަށް." ރިޕޯޓްގައި ބުނެފައިވެއެވެ.

މިރިޕޯޓް އެކުލަވާލާފައި ވަނީ މެޑިސިންސް އެންޑް ހެލްތުކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީންނެވެ. ރިޕޯޓް އެކުލަވާލުމަށް މައުލޫމާތު ދިން އެސްޓްރާޒެނެކާ ވެކްސިން ފުރިހަމަ ކޮށްފައިވާ 2734 އަންހެނުންނާއި ފައިޒާގެ ވެކްސިން ޖަހާފައިވާ 1158 އަންހެނުން އަދި މޮޑާނާގެ ވެކްސިން ޖެހި 66 އަންހެނުންނަށް ވަނީ މިފަދަ މައްސަލަތައް ކުރިމަތިވެފައެވެ.

ވެކްސިން ފުރިހަމަ ކުރިފަހުން ބައެއް އަންހެނުންނަށް މިފަދަ މައްސަލަތައް ދިމާވި ނަމަވެސް މިމައްސަލަތައް ދިގުދެމިގެންދާކަމަށް އަދި ފާހަގަ ކުރެވިފައި ނުވާކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

"އަދި ދިރާސާތަކުން ދައްކާ ގޮތުގައި ވެކްސިން ޖެހުމުގެ ސަބަބުން ބޮޑު ނުރައްކަލެއް ކުރިމަތިވާކަމަަކަށް ފާހަގައެއް ނުކުރެއެވެ. އަންހެނުންނަށް ކުރިމަތިވާ ކަންކަމުގެ ސަބަބުން އެމީހުންނަށް ވެސް އިތުރު ނުރައްކަލެއް ކުރިމަތިވާ ކަމަކަށް ދިރާސާއަކުން ދައްކާފައެއް ނުވެއެވެ." ރިޕޯޓްގައި ބުނެފައިވެއެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ވެކްސިން ފުރިހަމަ ކުރުމުން މައްސަރުކަންތައް ދިމާވާ ކަމަށް ބުނެފައިވާ އަންހެނުންގެ ހާލަތު އަންނަނީ އަދިވެސް ވަރަށް ގާތުން ބަލަމުންނެވެ.

ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހާ އަންހެނުންނަށް މައްސަރުކަންތަކުގައި މައްސަލަ ދިމާވާ ކަމަށް އެމެރިކާގައި ވެސް ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް އެމެރިކާގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި ވެކްސިން ޖެހުމުން އަންހެނުންގެ މައްސަރުކަންތަކަށް އަސަރުކުރޭތޯ ކަނޑައަޅަން އެނގޭނީ އަދި އިތުރު މައުލޫމާތުތައް އެއްކުރެވިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާތުން

    އައި ސަފަރ ފްރޮމް ސިވިއަރ އެންޑޮމެޓްރިއޯސިސް. ސިނޮފާމް ވެކްސިން ޖެހި ދުވަހުން ފެށިގެން 2 ހަފްތާއެއް ހާ ދުވަސް ވަންދެން ވާނުވާ ނޭނގޭ އެބްޑޯމިނަލް ޕެއިން އެއްގަ އުޅުނީ. އައި ވޮންޑަރ ވެދަރ މައި ޕެއިން ކުޑްބީ ރިލޭޓެޑް ޓު ދިސް. ރާއްޖޭގަ ވާނުވާ އެނގޭނީވެސް ކިހިނެތް؟

    7
    2
  2. ަައއނތ

    މަވެސް މިއުޅެނީ ވެްސިން ޖެ ހިފަ ހުން ތިކަމުން ސަލާމަތް ނުވެވިގެން

  3. ޒަރީނާ

    ތި ޖެހިފަހުން މަވެސް މިއުޅެނީ އަރައިނުގަނެގެން، ރަނގަޅު ގޮތެއްވާނެ ކަމަށް ޖެހީ، އެކަމަކު މިހާރު ޕީރިއަޑު ނުވާތާ 4 މަސްމިވީ، އެއްވެސް މައްސަލައެއް ނެތޯ ޑޮކްޓަރުވެސް ބުނީ އެކަމަކު ވަރަށް ބޮޑަށް ދަށްބަނޑުކޮޅުގަ ރިއްސާފަ ޕީރިއަޑްވާން އުޅޭހެންވެސް ހީވޭ، ހެނދުނު ގަޑީގަ އަނބުރައިގަންނަހެންވެސް ވޭ. ކުރީން ހީކުރީ ވެކްސިންއަކުން ނޫނޭ. އެކަމަކު ވެކްސިން ޖެހިފަހުން އެހެންވާން ފެށީވެސް މިހާރު ހިތަށް އަރާ ނުޖެހުނުނަމައޭ. އަސްލު ވަރަށް ސީރިޔަސް ކަންތައްމީ، ކީއްވެތަ އެމީހުން ނުބުނަނީ؟