އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްްޕް ބޭނުންވީ އެ ގައުމުން ކޮވިޑަށް ފައްސިވެފައިވާ މީހުން ޖަލަށްލުމަށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

"އަހަރުމެންގެ އަމިއްލަ ބިމެއް ނެތީ؟ ކިހިނެއް ވާނީ ގުއާންޓާނަމޯ؟" މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޮތް މަޝްވަރާ ބައްދަލުވުމެއްގައި ޓްރަމްޕް އަހާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ގުއަންޓާނަމޯ ބޭ އަކީ ކިއުބާގައި ހުންނަ ޖަލެކެވެ. އެމެރިކާއިން އެތަން ބޭނުން ކުރަމުން އަންނަނީ ނުރައްކާތެރި ކުށްވެރިން ބަންދުކުރުމަށެވެ.

ޓްރަމްޕް ބުނީ އެމެރިކާއަށް އެތެރެ ކުރާނީ އުފެއްދުންތައް ކަމަށާއި، އެގައުމަށް ވައިރަސް އެތެރެކުރަން ބޭނުން ނުވާ ކަމަށެވެ. ޓްރަމްޕް މިހެން ބުނީ ކޮވިޑުގެ ވޭދަނަތައް އިތުރުވުމުގެ ކުރިންނެވެ.

އެމެރިކާގައި ކޮވިޑް ހާލަތު ނުހަނު ބޮޑަށް ގޯސްވެފައިވީ އިރު، ބަލީގައި އެގައުމުން ހަ ލައްކަ އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރެއިން ހަތަރު ލައްކަ މީހުންނަކީ ޓްރަމްޕުގެ ވެރިކަމުގައި މަރުވެފައިވާ މީހުންނެެވެ.

ޓްރަމްްޕް މީގެ އަހަރެއް ކުރިން ދައްކާފައިހުރި ވާހަކަ ލީކް ވެފައިވަނީ ނޫސްވެރިޔަކު ޓްރަމްޕުގެ އެޑްވައިޒަރާއި ސުވާލުކޮށްގެންނެވެ.

"ޓެސްޓު ކުރަން ހަދައިގެން އަަހަރެންގެ ދުވަސް ގޮސްދާނެ. މި ޓެސްޓު ތަކެއް ކުރަން ޖެހިގެން އިންތިހާބުން އަހަރެންނަށް ކާމިޔާބެއް ނުލިބޭނެ"

ކޮވިޑުގެ ހާލަތުގައި ކަންތައް ކުރާނެ ގޮތެއް ޓްރަމްޕަކަށް ނޭނގުނެވެ. ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝިއަސް ޑިޒީސްގެ ޑިރެކްޓަރ އެންތޮނީ ފައުޗީ މަގާމުން ދުރެއް ނުކުރެއެވެ. އޭގެ ބަދަލުގައި ފައުޗީގެ ޓީމުން އަރުވާ ލަފާތަކަށް ބެލުމެއް ނެތެވެ.

ރިޕޯޓުތައް ބުނާގޮތުން ޑިޕާޓްމެންޓް އޮފް ހެލްތް އެންޑް ހިއުމަން ސާވިސްގެ އެމާޖެންސީ ޔުނިޓުގެ ޗީފް ރޮބާޓް ކަޑްލެކް ވަޒީފާއިން ވަކިކުރަން ނިންމި ކަމަށް ބުނެފައިވެއެވެ.