އެމެރިކާގެ ފްލޮރިޑާ އަންހެނެއްގެ އެކައުންޓަށް އެއް ބިލިއަން ޑޮލަރު މީހަކު އޮޅިގެން ޖަމާކުރުމުން އެ ފައިސާ ވެރިފަރާތް ހޯދުމުގެ މަސައްކަތް އަންހެން މީހާ ފަށައިފިއެވެ.

ފައިސާއާ ނުލައި މިޒަމާނުގައި އެއްގޮތަކަށްވެސް ނޫޅެވޭނޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ކުރުމަށް ފައިސާ ބޭނުންވެއެވެ. ކެއުން ބުއިމަށް ބޭނުންވާ ތަކެތި ގަތުމަށާއި އަންނައުނު ގަތުމަށާއި ބޯހިޔާވަހިކަން ހޯދުމުން ފެށިގެން ތައުލީމު ހާސިލްކުރުމަށްވެސް ފައިސާ ބޭނުންވެއެވެ.

ތިމާގެ އެކައުންޓު ބަލާލުމުން ކުއްލިއަކަށް އެއް ބިލިއަން ޑޮލަރު ޖަމާވެފައިހުރިތަން ފެނުމުން ހައިރާންވާނެކަން ޔަގީނެވެ. ޖޫލިޔާ ޔޮންކޯސްކީ އަށްވެސް ދިމާވީ މިގޮތަށެވެ. އޭނާ އޭޓީއެމް އަށް ދިޔައީ 20 ޑޮލަރު ނަގާށެވެ. ނަމަވެސް އެކައުންޓުގައި ހުރީ ކިހާވަރެއްތޯ ބަލާލިއިރު އޭނާވެސް ހައިރާންވިއެވެ.

ބިލިއަން ޑޮލަރު އެކައުންޓުގައި ހުރުމުގެ ސަބަބުން ޔޮންކޯސްކީ ވެގެންދާނީ އެމެރިކާގެ 615 ވަނަ ބިލިއަނަރަށެވެ.

ގިނަ އަދަދެއްގެ ފައިސާ ޔޮންކޯސްކީގެ އެކައުންޓަށް ޖަމާވެފައިވުމާ ގުޅިގެން އޭނާ ވަނީ ބޭންކަށްވެސް ގޮސްފައެވެ. އަދި މިހާތަނަށްވެސް ފައިސާ ހޯދުމަށް މީހަކު ނުގުޅާކަމަށް އޭނާ ވަނީ ބުނެފައެވެ.

ޔޮންކޯސްކީ ބުނީ އޭނާގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ އޭނާގެ ފައިސާ އަށް ނުވާތީ އޭގައި ނުޖެހޭނޭ ކަމަށެވެ. އަދި ފަހުން އެކަމުގެ ޒިންމާ އުފުލަން އޭނާއަށް ނުކެރޭނޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ ސަބަބުން ޔޮންކޯސްކީ އަކީ އަމާނާތްތެރި ކަމުގެ މިސާލެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު