މިހާރު ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 އިން ރައްކާތެރިވުމަށް ޔޯގާ ހެދުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިގޮތަށް ވިދާޅުވެފައިވަނީ ބައިނަލްއަގުވާމީ ޔޯގާ ދުވަހާއި ގުޅިގެން ދެއްވި މެސެޖުގައެވެ.

އެގޮތުން މޯދީ ވިދާޅުވީ، އިންސާނުންނަށް އެކި ކަހަލަ ގޮންޖެހުންތަކާއި ބަލިތައް ޖެހުމުން އެކަންކަމުން ދުރު ކޮށްދޭ ހަމަ އެކަނި ފަރުވާ އަކީ ޔޯގާ ކަމަށާއި ކޮވިޑް-19- އިން ދިފާއުކޮށްދޭނެ ވެކްސިނެއް ހޯދިފައި ނުވާ މިދަނޑިވަޅުގައި ވެސް ބަލިން ސަލާމަތްވުމުގެ ގޮތުން ބޭނުން ކުރަންވީ ހަތިޔާރަކީ އިންޑިއާގެ 'ޒަމާންވީ އެކުވެރިޔާ' ނުވަތަ ޔޯގާކަމަށެވެ.

"މުޅި ދުނިޔެ ކޮވިޑް-19 އާއި ހަނގުރާމަ ކުރަމުން އަންނައިރުވެސް ޔޯގާ ވެގެން ގޮސްފައިވަނީ ހަމަ އެކަނި އުއްމީދަށް" މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ، ޔޯގާ އަކީ ޑޮކްޓަރުންނާއި ކުރީ ސަފުގައި މަސައްކަތް ކުރާ މީހުން ވެސް އިތުބާރު ކުރާ ބަލިން ދިފާއުވުމަށް މުހިންމު ހަތިޔާރެއް ކަމަށެވެ. އަދި އެފަރާތްތަކުންނާއި ބަލި މީހުން ވެސް ޔޯގާ ހަދާ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މޯދީ މިފަދައިން ވިދާޅުވެފައިވާއިރު، ދާދި ފަހުން އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ޑޮނާލްޑް ޓްރަމްޕް ވަނީ ހައިޑްރޮކްސިކްލޮރޮކުއިން (އެޗްސީކިއު) އަކީ ކޮވިޑް-19 އަށް ފަރުވާއެއް ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ކަމުގެ މާހިރުން ވަނީ އެއީ ބަލިން ރައްކާތެރިކޮށްދޭ ބޭހެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ޔޯގާއަކީ މުޝްރިކުންގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަމެއް. މިކަން މުސްލިމުން ކުރުން ހުއްދަވެގެން ނުވޭ

    27
    3
  2. އަންނި

    އެއީ ތެދެއް.

    11
    3
  3. މަބޭ

    ދެންކީއްކުރަން އުފެއްދިވެކްސިންއެން

    23
  4. اکف

    ހަހަހަ

    11
  5. ޖަޒީރާމަނިކު

    އެހެންވީމާދޯ އިންޑިޔާގައި ކޮވިޑް މާގިނަވެގެން ކޮންޓްރޯލް ނުވެގެން ދުވާލަކު ދެހާސް ތިންހާސް މީހުން މަރުވަމުން އެދަނީ.

    22
  6. އެމް ޑީ ޕީ

    ކަލޯ ގަޔާ! ރީނދޫ ޕާޓީ އެންމެން މިހާރު ގޭގަ ޔޯގާ ހަދަން ތިބޭނެ.

    20
    1
  7. ރަބަރޭ

    ތިޔަ ޔޯގާ ހަދަހަދަ ތިއް ބަ އެތައް ބަޔަކު އެމަރުވަނީ ކަލޭ ހިތުން ކަލޭތީ މާމޮޅު މީހެއްތަ
    ތިޔަ ވެކްސިން ގެނެސް އަހަރުމެން ގަޔަށް ޖަހައިގެން ހަރާންފަދަ ވީ އެއްކަމެއްވެސް ކުރޯނާ ފެތުރިގެން ދިޔައީ ވެކްސިން ދީދީ ތިއް ބަ