އަފްޣާނިސްތާނުގައި ބަންދުކޮށްފައި ތިބި އެމެރިކާ އާއި އެހެން ގައުމުތަކުގެ މީހުން މިނިވަންކުރުމަށް އެގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޕާކިސްތާނުން ދީފިއެވެ.

ޕާކިސްތާނުން މި ބަޔާން ނެރެފައިވަނީ އެމެރިކާގެ މީޑިއާތަކުން އެގައުމުގެ ރައީސް ޖޯ ބައިޑެންގެ އަރިހުން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ މީހުން މިނިވަންކޮށްދޭން އެދި އެ ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާ މީހުން މިނިވަންކުރުމަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޕާކިސްތާނުގެ ސަރުކާރަށް އެ ގައުމުގެ މީހުން ޕްރެޝާ ކޮށްގެން މީގެ ކުރިން އަހަރުތަކުގައި އެކަން ކާމިޔާބުވެފައިވެއެވެ.

ޕާކިސްތާނުން މިހެން ބުނެފައިވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އެގައުމުން ބާލަނިކޮށެވެ. ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގެ އަސްކަރީ ފައުޖުތަކަށް ކުރެވުނު އެއްވެސްކަމެއް ނެތްކަމަށް އަފްޣާނިސްތާނުގެ ރައީސް ވިދާވެފައި ވެސް ވަނިކޮށެވެ. އޭނާ ވިދާޅުވީ 20 އަހަރު ވަންދެން އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުގައި ހަރަކާތްތެރިވާން ފެށީ ހައްދުފަހަނަ އެޅުމާއި ދެކޮޅަށް ގައުމުގައި ސުލްހައާއި ހަމަޖެހުން ގާއިމް ކުރުމަށެެވެ.

ނަމަވެސް، އެމެރިކާގެ އަސްކަރީ ފައުޖުތަކުން އަފްޣާނިސްތާން ދޫކޮށް ދަނީ އެ މަގްސަދުތައް ހާސިލުނުކޮށް ކަމަށާއި އެ ގައުމުގައި ހައްދުފަހަނައަޅާފައިވާ އަމަލުތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަފްޣާނިސްތާނުގެ ހާލަތު ރަނގަޅުކުރުމުގައި ނާކާމިޔާބުވެފައިވާކަން އެ ގައުމުގެ ރައްޔިތުން ގަބޫލުކުރާކަމަށާއި ގައުމު އިސްލާހުކުރުމުގެ ނަމުގައި އެ ގައުމުގައި ހަރަކާތްތެރިވި ބޭރުގެ ވަރުގަދަ ފައުޖުތަކަށް ކުރެވުނީ ކޮންކަމެއްތޯ އަދި ބަދަލުކުރެވުނީ ކޮންކަމެއްތޯ އޭނާ އެއްސެވިއެވެ. އެމެރިކާއަށް ނިސްބަތްކޮށް އޭނާ ވިދާޅުވީ އެގައުމުން ފައުޖުތައް ފައިބައިގެންދަނީ ގައުމަށް އިތުރު ނިކަމެތިކަމެއް ދީފަައި ކަމަށެވެ.