ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުއާޓޭ އަކީ މީގެ ކުރިން ވެސް ނުރަނގަޅު ސަބަބުތަކަށްޓަކައި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ބޭފުޅެކެވެ. ފިލިޕީންސްގައި ޑްރަގް ވިއްކުމުގެ ވިޔަފާރި ނައްތާލުމަށް ޑުއާޓޭ މަސައްކަތް ކުރަމުންދާ އިރު އޭނާގެ ނިޔަތް ރަނގަޅުވި ނަމަވެސް ގިނަ ފަރާތްތަކުން ބުނަނީ އޭނާ އެކަން ކުރަނީ ބައިނަލްއަގްވާމީ އުސޫލުތަކާއި ހިލާފަށް ކަމަށެވެ.

މިފަހަރު ވެސް ފިލިޕީންސްގެ ރައީސް ދުނިޔޭގެ ސަމާލުކަމަށް އައިސްފައި މިވަނީ ނުރަނގަޅު ސަބަބަކަށްޓަކައެވެ. ވިއެޓްނާމުގައި ދެއްވި ތަޤުރީރެއްގައި ދާދި ފަހުން ޑުއާޓޭ ވަނީ އޭނާ ޒުވާން އިރު މީހެއްގެ ގަޔަށް ވަޅި ޖަހައި މަރާލި ކަމަށް އިއުތިރާފު ވެފައެވެ.

"އަހަރެން ފުރާވަރުގައި ޖަލުގައި ދުވަސްތައް ހޭދަ ކުރިން. އަހަރެން މަގުމަތީގައި މާރާމާރީ ހިންގިން. އުމުރުން 16 އަހަރުގައި އަހަރެން މީހަކު ވެސް މަރާލިން." ޑުއާޓޭ ބުންޏެވެ. "ހަމަ ހަގީގަތުގައި ވެސް މާރާމާރީ ހިންގައި މީހެއްގެ ގަޔަށް ވަޅިޖެހިން." ޑުއާޓާ ބުންޏެވެ.

މީގެ އިތުރުން ޑުއާޓޭގެ ތަޤުރީރުގައި ވަނީ އދ.ގެ އޮފިޝަލެއް ކަމަށްވާ އެގްނިސް ކަލަމާޑްގެ މޫނުމަތީގައި ޖަހާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. އެގްނިސް އަކީ ޑުއާޓޭ ޑްރަގް ވިޔަފާރިއާ ދެކޮޅަށް ކުރާ މަސައްކަތާއި މެދު ވަރަށް ބޮޑަށް ފާޑު ކިޔާ ފަރާތެކެވެ.

މި ތަޤުރީރަކީ ފިލިޕީންސްގެ ވެރިރަށް މެނީލާގައި އޮންނަ ބައިނަލްއަގްވާމީ ސަމިޓެއްގައި އޭނާ ޑްރަގް އާއި ދެކޮޅަށް ކުރާ ހަނގުރާމައަށް އެހެން ގައުމުތަކުގެ އެއްބާރުލުން ހޯދުމަށް ދިން ސްޕީޗެކެވެ.

މީގެ އިތުރުން މި ދިޔަ އަހަރުގެ ތެރޭގައި ޑުއާޓޭ ވަނީ އޭނާ ފިލިޕީންސްގެ ސިޓީއެއްގެ މޭޔަރުކަން ކުރެއްވި އިރު ވެސް 3 މީހުން މަރާލި ކަމަށް އިއުތިރާފު ވެފައެވެ. އޭނާގެ ވާހަކަތައް އޭނާގެ ސްޕޯކްސްޕާސަން ދޮގު ކުރެއްވި ނަމަވެސް ޑުއާޓޭ ވަނީ އޭނާ އެމީހުން މަރާލި ކަމަށް އޭގެ ފަހުން ވެސް ބުނެފައެވެ.

ADS BY ASTERS

2 ކޮމެންޓް

  1. ޔާމީން ސޯޓް ބާލަން އުޅެއުޅެ ނުބޭލުނީމާ މިހާރު ސޯޓް ބޭލަމުން އެދަނީ ޔާމީން ސޯޓް ބާލަން މަސައްކަތްކުރާ މީހުން. މިއީ ފެންނަމުންދާ ހަގީގީ މަންޒަރަކީ!

  2. ހަމަ ޔާމީން ދޯ. އަމިއްލައަށް ސޯޓު ބޭލެނީ މަމޮޅު ވާން ހަދައިގެން...