ޗައިނާގެ ރައީސް ޝީ ޖިން ޕިންގ ޖައްވުގައި ތިބި އެޤައުމުގެ އެސްޓްރޮނޯޓުންނާއި ވާހަކަ ދައްކަވައި ހާލު ބައްލަވައިފިއެވެ.

ޗައިނާގެ ސްޕޭސް ސްޓޭޝަން ކޯ މޮޑިއުލް ޓިއަންހޭގައި ތިބި ތިން އެސްޓްރެނޯޓުންނާއި ވާހަކަ ދައްކަވައި އެފަރާތްތަކުގެ ހާލު ބައްލަވާފައި ވަނީ މިއަދު ހެނދުނު އެވެ. ޒީ އަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީ(ސީޕީސީ) ގެ ޖެނެރަލް ސެކެޓްރީގެ އިތުރުން ސެންޓްރަލް މިލިޓަރީ ކޮމިޝަން(ސީއެމްސީ) ގެ ޗެއާމަންއެވެ.

ޖޫން 17 ވަނަ ދުވަހު ޝެންޒޯ-12 ސްޕޭޝިޕް އިން ޗައިނާގެ ސްޕޭސް ސްޓޭޝަން ކޯ މޮޑިއުލް ޓިއަންހޭ އަށް ފޮނުވާފައި ވަނީ ތިން އެސްޓްރޮނޯޓުންނެވެ. އެއީ ނީ ހެއި ޝެންގ، ލުއި ބިމިން އަދި ޓޭން ހަންގ ބޯއެވެ.

ކޯ މޮޑިއުލް ޓިއަންހޭ އަށް ފުރަތަމަ ދިޔަ އެސްޓްރޮނޯޓުންނަކީ މި ތިން އެސްޓްރޮނޯޓުންނަށްވާއިރު މި އެސްޓްރޮނޯޓުން ތިންމަހަށް މި ޖައްވީ ޢިދާރާގައި މަޑުކުރާނެ ކަމަށް ޒީ ބުނެ އެވެ. ޒީ ވަނީ މިފަރާތްތަކަށް އަބަދުވެސް އަޅާލާނެ ކަމަށް ވިދާޅުވެފައެވެ.

އެސްޓްރޮނޯޓުންގެ ފަރާތުން ވާހަކަ ދައްކަމުން ކްރޫއިންގެ ކޮމާންޑަރު ނީ ބުނީ ކެއުމުގެ ކަންކަމާއި މަސައްކަތުގެ ކަންކަންވެސް ދަނީ ރަނގަޅަށް ކަމަށެވެ. ނީ ބުނީ މިއީ އޭނާގެ ތިންވަނަ ސްޕޭސް މިޝަން ކަމަށާއި ކުރިޔަށްވުރެ މިފަހަރު ކަންކަން ރަނގަޅު ކަމަށެވެ.

ވީޑިއޯ ކޯލް މެދުވެރިކޮށް ޒީ އާއި ވާހަކަ ދައްކަމުން ލީ ބުނީ މިއީ އޭނާގެ ދެވަނަ ސްޕޭސް މިޝަން ކަމަށެވެ. އަދި މިޝަން އަށް އާދެވުމުން ވަރަށް ފަހުރުވެރިވާކަމަށާއި ބޮލުގައި އެޅިފައި އޮތީ ބޮޑު މަސްއޫލިއްޔަތެއް ކަމަށް އޭނާ ދެކޭ ކަމަށެވެ.

މި ސްޕޭސް މިޝަންގައި ބައިވެރިވި ޓޭސް ބުނީ މިއީ އޭނާގެ ފުރަތަމަ ސްޕޭސް މިޝަން ކަމަށާއި މިފަހަރު މާހައުލަށް ހޭނެން އޭނާ ދަސްކުރަމުންދާ ކަމަށެވެ.

ޗައިނާއިން މި ސްޕޭސް ސްޓޭޝަން ލޯންޗުކުރީ އޭޕްރީލް 29 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތުއްތުނާ

    އިންޑިއާއަށްނުކުރެވުނެންނުންކަނެެއް