ބުލެކް ޑެތް" ނަމަކަތް ކިޔާ ބައްޔެއް ހަލުވިކަމާއެކު މަޑަގަސްކަރާގައި ފެތުރެން ފަށައިފިއެވެ.

"ބުލެކް ޑެތް" ނުވަތަ ގޮތް ނޭނގެ މަރުގެ ނަމުން ނަންދީފައިވާ މިބަލި މިހާ ތަނަށް 2000 މީހުން ނަށް ޖެހިފައިވާ އިރު މިބަލީގައި މިހާ ތަނަށް މަޑަގަސްކަރައިން 143 މީހުން މަރުވެފައިވެއެވެ. މިއީ ފާއިތުވެ ދިޔަ 50 އަހަރު ތެރޭވެސް މިބަލި މިހާ ވަރަށް ފެތުރުނު ފުރަތަމަ ފަހަރެވެ.

އެފްރިކާ ބަރުގެ 10 ގައުމަށް މި ބަލި ފެތުރުރިދާނެ ކަމުގެ ބިރުހީވެފައިވާއިރު މި ބަލި ނުރައްކާތެރި ވައިރަސް އެބޯލާ ގޮތައް ޔޫރަޕް އަށްވެސް ފެތުރިދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ދެއެވެ.

ޔުނިވާސިޓީ އޮފް އެންގިލިޔާގެ ޑިސީސް އެކްސްޕާޓް ހަންޓާ ވިދާޅުވީ މިބަލި ޔޫރަޕް އަދި އެމެރިކާ ސަރަހައްދަށް ފެތުރިއްޖެ ނަމަ އެބޯލާ އެއްވަރުގެ ގެއްލުމެއް ލިބޭނެއެވެ.

މި ނުރައްކާތެރި ބަލި ޖެހުމުން ގަދަޔަށް ހުން އައިސް ބޮލުގަައި ރިއްސާ ކެއްސުމާއެކު އަގައިން ލޭ އާދެއެވެ.

20 ވަނަ ގަރުނުގައި ފެތުރުނު އެންމެ ނުރައްކާތެރި ވައިރަސް އެބޯލާ އަކަށް އަދި މިވީހާތަނަށް ކަނޑައެޅިގެން ފަރުވާއެއް ހޯދިފައެއްނެތެވެ. އެއްމެ ފަހުގެ ފެތުރިގަތުމުގައި ތަޖުރިބާކުރުމުގެގޮތުން ބައެއްބޭސް އެބަ ބޭނުންކުރެވެއެވެ. އެބޯލާ އައް ފަރުވާ ނުހޯދި ވަނިކޮއް އަނެކާ އެބޯލާ ކަހަލަ ވައިރެސް އެއް ފެތުރުމަކީ ނުރައްކާތެރި ކަމެކެވެ.

ADS BY SHEESHA

ދެހާސް ވަނަ އަހަރު ޔޫގެންޑާ ގައި 425 މީހުންނަށް އެބޯލާ ޖެހި 224 މީހުން މަރުވިއެވެ. ޑީއާރުކޮންގޯ ގައި 1976ގައި 318 މީހުންނަށް ބަލިޖެހި 280 މީހުން މަރުވިއެވެ.

ADS BY ASTERS

1 ކޮމެންޓް

  1. މާތް ﷲ އެއީ އެންމެ ކުޅަދުންވަންތަ ރަސްކަލާންގެ