އިންސާނުން "ދިރިތިއްބާ ކާލާ" ކަހަލަ ބައްޔެއްގެ ނުރައްކާ ބޮޑުވާން ފަށައިފިއެވެ.

"ލޭޝްމީނިއާ" ގެ ނަމުން ނަން ދެވިފައިވާ މި ބަލި ޖެހެނީ ޕެރެސައިޓެއްގެ ސަބަބުން ކަމަށް ކަމުގެ މާހިރުން ވަނީ ބުނެފައެވެ. ބަލީގެ ނުރައްކާ އެފްރިކާއަށް ބޮޑުވެފައިވާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އުތުރު އެމެރިކާއަށް ވެސް ބަލީގެ ނުރައްކާ އޮވެދާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އެމެރިކާގެ އިންސްޓިޓިއުޓް އޮފް ހެލްތްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ބަލީގެ ނުރައްކާ ދުނިޔޭގެ 80 ގައުމަކަށް ކުރިމަވެފައިވާއިރު، ކޮންމެ އަހަރަކު މި ބަލި ޖެހިގެން 2 މިލިއަނަށްވުރެ ގިނަ މީހުން އަންނަނީ ރިޕޯޓް ކުރަމުންނެވެ. އަދި ބަލި ޖެހޭ މީހުންގެ ތެރެއިން 70،000 މީހުން މި ބަލީގެ ސަބަބުން މަރުވެގެން ދެއެވެ.

މި ބަލި ފަތުރާ ޕެރެސައިޓަކީ ނުރައްކާތެރި ޕެރެސައިޓެއް ކަމަށް ކަމުގެ މާހިރުން ވަނީ ބުނެފައެވެ. އެގޮތުން އިންސާނާގެ މަސްގަނޑުގެ އިތުރުން ގުނަވަންތައް ޕެރެސައިޓް ކާލާ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ލޭޝްމީނިއާ ޖެހިފައިވާ މީހެއްގެ އަތް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގިނަ ގައުމުތަކަށް ބަލި ފެތުރިދާނެ ކަމުގެ ބިރު އުފެދިފައިވާއިރު، އެކަމަށް ހުރިހާ ފަރާތްތަކުން ސަމާލުވުމަށް ކަމުގެ މާހިރުން ވަނީ އިލްތިމާސް ކޮށްފައެވެ.

ބައެއް ބައިނަލްއަގުވާމީ ތަފާސް ހިސާބުތަކަށް ބަލާއިރު، މި ބައްޔަކީ އެމެރިކާގެ ސްޓޭޓް ކަމަށްވާ ޓެކްސަސް އާއި އޮކްލަހޮމާގާއި އާއްމު ބައްޔެކެވެ. މި ސްޓޭޓްތަކުގެ އިތުރުން އެހެން ސްޓޭޓްތަކުގައި ވެސް މި ބަލި ފެތުރިދާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފައެވެ.

މި ބަލި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނައިރު، ބަލިން ރައްކާތެރިވުމަށް ބޭނުން ކުރަމުން އަންނަނީ ލިޕްސޮމަލް އެމްފޮޓެރިސިން ބީ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލްޖިބްރާ

    ދެން ގޮވާ ! މިއީ މިވެނި ޤައުމަކުން ދޫކުރި ވައިރަސް އެކޭ ! މިއީ ﷲގެ ކޯފާ ނޫން ކޮންކަމެއްބާ ؟ ޔާ ﷲ ! އަޅަމެން މިފަދަ ނުބައި ވަބާތަކުން ސަލާމަތް ކުރައްވަ ފާދޭ ! އާމީން !

    18
  2. ޖ

    މާތްﷲއެންގެވި ދޫކޮށް ބޭނުންހައި ގޮތަކައް އުޅުމުގެ ނަތީޖާ މިފެންނަމުންދަނީ

    13
  3. މަ

    ވެކްސިން ޖަހާ ނިމޭއިރު އިތުރު ބައްޔެއް ވާންތިއުޅެނީ.l

  4. މަ

    އިންސާނުން ކިތަންމެ ރަންގަޅަ ަަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައުޅުނަސް ނޫޅުނަސް ވަގުތު ޖެހުމުން މި ޕްލެނެޓް ގޮވާނެ.