ސްކޮޓްލޭންޑުގެ ފުލުހުންގެ ރަސްމީ ޔުނީފޯމުގެ ބައެއްގެ ގޮތުގައި މުސްލިމް އަންހެނުން އައުރަ ނިވާ ކުރަން އަޅާ ހިޖާބު ހިމަނައިފާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ޔޫރަޕުގެ އެހެން ގައުމުތަކުގައި ހިޖާބު އެޅުން މަނާ ކުރަމުންދާ ދުވަސްވަރެއްގައި ސްކޮޓްލޭންޑުގެ ފުލުހުންގެ ޔުނީފޯމުގެ ބައެއްގެ ގޮތުގައި ހިޖާބް ބަލައިގަތުން ވެގެން ދިޔައީ ގިނަ މުސްލިމުން އެކަމަކާއި އުފާ ފާޅު ކުރި ކަމަކަށެވެ.

ސްކޮޓްލޭންޑުގެ ފުލުހުން ބުނާ ގޮތުގައި ހިޖާބު ޔުނީފޯމުގެ ބައެއްގެ ގޮތުގައި ހިމެނީ މުސްލިމް އަނެހެނުން ވެސް ފުލުހުންގެ ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަދި މި ނިންމުމުގެ ސަބަބުން މީގެ ކުރިން ފުލުހަކަށް ވުމަކީ އެދެވޭ ކަމެއް ކަމަށް ނުވިސްނާ އަންހެނުންގެ ވިސްނުން ބަދަލުވެގެންދާނެ ކަމަށް ސްކޮޓްލޭންޑުގެ ފުލުހުން ބުނެއެވެ.

ހިޖާބް ރަސްމީކޮށް ޔުނީފޯމުގައި ހިމެނުމުގެ ކުރިން ވެސް ފުލުހުންގެ ތެރޭގައި އަންހެނުން ހިޖާބް އަޅައިގެން އުޅުނެވެ. އެހެން ނަމަވެސް ކުރިން އެކަން ކުރަން ޖެހުނީ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ކިބައިން ހާއްސަ ހުއްދައެއް ހޯދައިގެންނެވެ.

"މި ނިންމުން އިއުލާނު ކުރަން އަހަރެން ވަރަށް އުފާވޭ، މުސްލިމުންގެ ފަރާތުން މިކަމަށް ލިބުނު ތަރުހީބަށް މަރުހަބާ ކިޔަން. އަދި މުޅި މުޖްތަމައުއިންއިންނާއި ފުލުހުންގެ ފަރާތުންނާއި އެހެނިހެން މުވައްޒަފުންގެ ފަރާތުންވެސް." ޗީފް ކޮންސްޓެބަލް ފިލް ގޯމްސްލީ އެ ނިންމުމާއި ބެހޭ ގޮތުން ވިދާޅުވި އެވެ.

މި ނިންމުމަށް ސްކޮޓިޝް ޕޮލިސް މުސްލިމް އެސޯސިއޭޝަން (އެސްޕީއެމްއޭ) އިން ވެސް ވަނީ މަރުހަބާ ކިޔާފައެވެ. އެސްޕީއެމްއޭ އަކީ ސްކޮޓްލޭންޑުގައި ދިރިއުޅޭ މުސްލިމުންނާއި އެގައުމުގެ ފުލުހުންނާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރާ ޖަމުއިއްޔާ އެކެވެ.

ADS BY SHEESHA

 

5 ކޮމެންޓް

  1. އޭނާ އަޅައަޅާފަ ނެގިޔަސް ނޭގޭނެ

  2. ކޮންމެ އެއްޗެއް ލިޔުނަސް އޯކޭ ތަ؟

  3. އަބޫބަކުރު ނައިފަރު ބަކުރުބޭ

    ބޭއަދަބީބަބުން ލިޔުންތައްސާއިރުކުރެވެނީއެވެ

  4. އަބޫބަކުރު ނައިފަރު ބަކުރުބޭ

    ކޮބާ ޗަކޮއިމެންބަލަ މިމުސްލިމުގައުމަންވުރެންމާރަގަޅު މިތާ ޗަމެންއުޅޭނެގޮތަކަންޗެޅެންވީ