ކޮވިޑް-19 އިން ދިފާއުވުމަށް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީފައި ވަނިކޮށް އިސްރާއީލުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ފާއިތުވި ދެދުވަހު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

އަންގާރަ ދުވަހު އިސްރާއީލުން 123 މީހުން ފައްސިވިއެވެ. އަދި އިއްޔެ 146 މީހުން ފައްސިވިއެވެ. ފާއިތުވި ދެެދުވަހަކީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހަށް ފަހު އިސްރާއީލުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދެދުވަހެވެ. އޭޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން އިސްރާއީލުން ގިނަ ދުވަސް ދުވަހު އެއްވެސް މީހަކު ކޮވިޑަށް ފައްސިއެއް ނުވެއެވެ.

އިސްރާއީލް ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި އެންމެ ފަހުން ކޮވިޑަށް ގިނަ ބަޔަކު ފައްސިވެފައި ވަނީ ސްކޫލްތަކުންނެވެ. ވަކިތަރުތީބެއް ނެތި ނެގި ސުންކުތަކަކުން ބައެއް ދަރިވަރުންގެ އިތުރުން ޓީޗަރުން ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. މީގެތެރޭގައި ވެކްސިން ފުރިހަމަ ކޮށްފައިވާ ނުވަ ޓީޗަރަކު ވެސް ހިމެނެއެވެ.

ކޮވިޑަށް ބަޔަކު ފައްސިވި ސަރަހައްދުތައް މިހާރު ވަނީ "ރީނދޫ" ލެވަލްއަށް އެލާޓް ލެވަލް މަތިކޮށް އިތުރު ކަންކަން ބަލަން ފަށާފައެވެ.

މިދިޔަ ޖަނަވަރީ މަހު އިސްރާއީލުން ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދިހަހާހަށް ވެސް އެރިއެވެ. ނަމަވެސް ގިނަ ބަޔަކަށް ވެކްސިން ދިނުމުންނާއި އަދި ބަލި ކޮންޓްރޯލް ކުރަން ގިނަ ފިޔަވަޅުތަކެއް އެޅުމުން ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެންމެ ކާމިޔާބު މަސައްކަތެއް ކުރި ގައުމުތަކުގައި ތެރޭގައި އިސްރާއީލް މިހާރު އޮތީ ހިމެނިފައެވެ.

އިސްރާއީލުން އަންގާރަ ދުވަހު 49044 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. އޭގެތެރެއިން ކޮވިޑަށް ފައްސިވީ %0.3 މީހުންނެވެ.

އިސްރާއީލް އާބާދީގެ 9.3 މިލިއަން މީހުންގެ ތެރެއިން %55 މީހުން މިހާރު ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ. އިސްރާއީލް މީހުންނަށް ދީފައި ވަނީ ފައިޒާ އާއި ބައޯއެންޓެކް ގުޅިގެން އުފައްދާފައިވާ ވެކްސިނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުދުހުދު

    އަލްހަމްދުﷲ. ކޮވިޑަކީ އިސްރާއީލްގެ ޔަހޫދީން ގެ މައްޗަށް ވަ ބާއެއް ކަމުގައި ލައްވާ އެ ބަލިމަޑުކަމުގައި ޔަހޫދީން ނިކަމެތި ކުރައްވާ ޔަހޫދީންގެ އަނިޔާވެރި ކަމުން ފަލަސްތީނުގެ މުސްލިމުން ސަލާމަތް ކުރައްވާދޭ އާމީން

  2. ނަފުރަތު

    އަލްޙަމްދު ލިﷲ