އެމެރިކަން އެއާލައިންސްގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް އައިފޯން ދޭން ނިންމާފައިވާކަން އެ އެއާލައިނުން ހާމަކޮށްފިއެވެ.

އެމެރިކަން އެއާލައިންސްގެ ޗީފް އިންފޮމޭޝަން އޮފިސަރ މާޔާ ލީބްމެން ބުނީ ފްރޮންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އައިފޯން ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފޯނު އައިފޯން 12އެސް އަށް ބަދަލުކުރެވޭނެ ކަމަށްވެއެވެ.

އައިފޯން 12އެސް ގެ އިތުރުން ސެވެންތް ޖެނެރޭޝަން އައިޕެޑް ވެސް އެމެރިކަން އެއާލައިންސްގައި މަސައްކަތް ކުރާ ފަރާތްތަކަށް ދޭނެ ކަމަށް އެ އެއާލައިން އިން ބުނެއެވެ.

ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ފޯނާއި އައިޕެޑް ދޭން ނިންމި އެއް ބޭނުމަކީ ފަހު ޓެކްނޮލޮޖީއަށް މަސައްކަތްތެރިން އަހުލުވެރިކުރުވުމަށް ކަމަށް އެ އެއާލައިން އިން ބުނެއެވެ.

އެމެރިކަލް އެއާލައިންސް އިން ބުނީ އައިއޯއެސްގައި އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ އެޕްލިކޭޝަން އެއް އުފެއްދުމަށް މިމަސައްކަތުގެ ސަބަބުން ފަސޭހަވާނެ ކަމަށެވެ.

މި އެއާލައިންގެ ފްލައިޓް ކެޕްޓަނުން، ކެބިން ކްރޫއިން، މެއިންޓެނެސްގައި މަސައްކަތް ކުރާ ފަރާތްތަކަށް އައިފޯން އާއި އައިޕެޑްދޭއިރު މަސައްކަތުގެ މާހައުލުގައި ކުރިޔަށްވުރެ ފަސޭހަތައް ލިބިގެންދާނެ ކަމަށް އެއާލައިން އިން ބުނެއެވެ.

އެޕަލްގެ އުފެއްދުންތައް އެއާލައިން އިންޑަސްޓްރީގައި ބޭނުންކުރާ މިހާރު އަހަރުތަކެއް ވެފައިވާއިރު އެމެރިކަން އެއާލައިންގެ ޕައިލެޓުން ވަނީ 2013 ވަނަ އަހަރު އިލެކްޓްރޯނިކް ފްލައިޓް ބޭގް ބޭނުންކުރަން ފަށައިފައެވެ. އަދި މިފަހުން އެ އެއާލައިން އިން ވަނީ ވަގުތުން މޫސުން ބެލޭނޭ އެޕްލިކޭޝަނެއްވެސް އުފައްދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު