ސްރީ ލަންކާގައި ވިޔަފާރިވެރިއެއްގެ މަރުގެ މައްސަލައިގައި އޭނާގެ އަނބިމީހާ އާއި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ލަންކާ ފުލުހުން ބުނި ގޮތުގައި މަރުވެފައި ވަނީ ލަންކާގެ ނެގޮމްބޯގައި މަސައްކަތް ކުރަމުން އަންނަ ބޮޑު ވިޔަފާރިވެރިއެކެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އޭނާގެ އަނބިމީހާ އާއި ވިޔަފާރިވެރިޔާގެ މުވައްޒަފެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތަރުޖަމާނު އަޖިތު ރޮހަނާ ވިދާޅުވީ އެ ވިޔަފާރިވެރިޔާ މަރުވެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު ތިން ވަނަ ދުވަހު ކަމަށެވެ. އެކަމަކު، އެމީހާ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުުރުމާ ގުޅިގެން މައްސަލަ ތަހުގީގެއް ފެށި ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މަރާ ގުޅިގެން ހިންގި ތަހުގީގަށް ފަހު ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަ ކުރެވެމުން އެ ވިޔަފާރިވެރިޔާގެ އަނބިމީހާ އާއި ވިޔަފާރިވެރިޔާގެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފަކު ވަނީ ހައްޔަރުކޮށްފައި،" ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން މި މަހުގެ ނިޔަލަށް ބަންދު ކުރަން ނިންމާފައިވާ ކަަށެވެ. އަދި ވިޔަފާރިވެރިޔާގެ ހަށިގަނޑު ކޮނެގެން ނެގުމަށް ފަހު ބަލަން ޖެހޭ ކަންކަން ބެލުމަށް ނަގަން ޖެހޭ ހުއްދަތައް ނަގަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު