އިންޑޮނޭޝިއާގައި ވެކްސިން ފުރިހަމަ ކޮށްފައި ތިބި 12 އަށް ވުރެ ގިނަ ޑޮކްޓަރުން ކޮވިޑް-19 މަރުވެފައިވާ ކަމަށް މެޑިކަލް އެސޯސިއޭޝަނުން ބުނެފިއެވެ.

މެޑިކަލް އެސޯސިއޭޝަނުން މިހެން ބުނެފައިވަނީ ދެކުނު އޭޝިއާގައި ކޮވިޑް ވޭދަތަނަށް އިތުރުވެ، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވައިރަހުގެ ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑޮނޭޝިއާގައި ކޮވިޑް ވޭދަނަތައް އިތުުރުވެ، މިއަދާއި ހަމަޔަށް އެގައުމުން 2.05 މިލިއަން މީހުން ކޮވިޑަށް ފައްސިވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. ޖަކާޓާގެ އިތުރުން ވޭދަނަތައް އެންމެ ބޮޑަށް އިތުރުވެފައިވާ ސަރަހައްދުތަކުގެ ހޮސްޕިޓަލުތައް ވަނީ 75 އިންސައްތަ ފުރިފައެވެ.

ކޮރޯނާވައިރަސް އާލަމީވަބާގެ ފަހުން ލަފާކުރެވޭ ގޮތުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 1،000 އެއްހައި މީހުން ކޮވިޑުގައި މަރުވެފައިވެއެވެ. ބަލީގައި މިހާތަނަށް 401 ޑޮކްޓަރަކު ހިމެނޭ ކަމަށާއި، އޭގެ ތެރެއިން 14 ޑޮކްޓަރަކީ ވެކްސިން ފުރިހަމަ ކޮށްފައި ތިބި ބައެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެސޯސިއޭޝަނުން މައުލޫމާތުދީފައިވާ ގޮތުން ބަލީގައި މަރުވެފައިވާ ސިއްހީ ދާއިރާގެ މަސައްކަތް ތެރިންނަކީ ވެކްސިން ފުރިހަމަ ކޮށްފައި ނުވަތަ ނުކޮށް ތިބި ބައެއްކަން ކަށަވަރު ކުރުމަށް ދަނީ ރިކޯޑުތައް ބަލަމުންނެވެ. މި މަހު ވެސް ސެންޓްރަލް ޖާވާއިން ވެކްސިން ފުރިހަމަ ކޮށްފައިވާ ޑޮކްޓަރުން ހިމެނޭހެން 300 ސިއްހީ ހިިދުމަތްތެރިއަކަށް ކޮވިޑް ބަލި ޖެހިފައިވެއެވެ. އޭގެ ތެރެއިން 12 ވަރަކަށް މީހުންގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާ ދީފައިވެއެވެ.

އެގައުމުގައި އިންޑިއާއިން އެންމެ ފުރަތަމަ ދެނެގަނެވުުނު ޑެލްޓާ ވޭރިއެންޓް ވެސް ދަނީ ފެތުރެމުންނެވެ.

މިހާތަނަށް އެގައުމުގައި 37.7 މިލިއަން މީހުންނަށް ވެކްސިން ޖަހާފައިވާއިރު، އޭގެ ތެރެއިން ވެކްސިން ފުރިހަމަ ކޮށްފައިވަނީ 12.8 މިލިއަން މީހުންނެވެ. އެއީ އާބާދީގެ 4.7 އިންސައްތައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަފހ

    އިންޑިއާ ވެކްސިންތޯ ޖެއްސެވީ. ރާއްޖޭއާއި މުޅި ދުނިޔޭގައި ދިރާސާޔެއް ކޮށްފިޔާ އެނގޭނެ ހަޤީގަތަކީ ވެކްސިން ޖެހިމީހުންގެ ތެރޭން އެންމެގިނައިން މަރުވެފައިވަނީ ކޮންވެކްސިނެއް ޖަހާފަ ތިބި ބަޔެއްކަން. އަހަރެން އެހެންވެ ވަޒީފާގެ ބިރު ދެއްކީމަވެސް ސަރުކާރުން ޖަހަން ބުނާހާ ވެކްސިނެއް ނުޖެހީ. އިތުބާރު ނުކުރެވޭތީ. ނަމަވެސް އެހެން ވެކްސިންތައް ޖަހަން ފެށުމުން މަވެސް 2 ޑޮޒް ހަމަކޮށްގެން މިހުރީ.

    3
    2
    • ރާގޮޑިރާޖަ

      ޗައިނާ ވެކްސިން

    • ޢަހޮމަދު

      ސިންގަޕޫރު ވެކްސިން ޕްރޮގޮރާމްތެރޭގަ ޗާއިނާވެކްސިން ނު ހިމަނާ. ކީއްވެތޯބަލާބަލަ

  2. ަބައިގެންދާ

    ތިހެންވެ ތިބުނާ ވެކްސިނެއް ޖަހަން ބިރުގަނޭ ތި ހުން އައުމަށްވުރެ.! މިހާރު ސަރުކާރުން ދައްކާ އެއްވެސް ވާހަކައއެއް ގަބޫލުނުކުރެވޭނެ. ވެކްސިންޖަހަިގެން މީހުންނަށް ދުނިޔޭގަ ލިބޭ އެއްވެސް ގެއްލުމުގެ ވާހަކައެއް މިގަުމުގަ ސިއްހީ ދާއިރާއިން މީޑިއާ މެދުވެރިކޮށް ހާމަނުކޮއް ސިއްރުކުރަނީ ސިއްރު އެޖެންޑާއެއްގެ ދަށުން