އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރ މެޓް ހެންކޮކް އޭނާގެ މުވައްޒަފަކުގެ ތުންފަތައް ދޮންދޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް އާއްމުވުމުން ހެލްތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދީފިއެވެ.

ކޮވިޑް-19 އިނގިރޭސިވިލާތުގައި ކޮންޓްރޯލް ކުރަން އެންމެ ގިނަ މަސައްކަތް ކުރި އެއްވަޒީރު ކަމަށްވާ ހެންކޮކް މަގާމުން އިސްތިއުފާ ދިނުމުގެ ގޮތުން ބޮޑުވަޒީރު ބޮރިސް ޖޯންސަން އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މަގާމުން އިސްތިއުފާ ދޭން ނިންމީ ޒާތީ ދިރިއުޅުން އެއީ ޒާތީ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

ހެންކޮކް އަކީ 2006 ވަނަ އަހަރުން ފެށިގެން ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އެކައިވެންޏަށް އޭނާ އަށް ދެދަރިން ލިބިފައި ވެއެވެ. އަދި އެޑޮޕްޓްކޮށްފައިވާ އެއްކުއްޖަކު ވެސް އެބަހުއްޓެވެ.

އިސްތިއުފާގެ ސިޓީގައި ހެންކޮކް ބުނެފައި ވަނީ ކުރެވުނު ކަންތަކަށް މާފަށް އެދޭކަމަށެވެ. އޭނާގެ އާއިލާ އާއި ލޯބިވާ މީހުންނަށް މިކަމުގެ ސަބަބުން ހިތާމައެއް ކުރިމަތި ކުރެވުނީތީ ދެރަވާ ކަމަށާއި މިވަގުތު ބޭނުން ވަނީ ދަރިންނާއިއެކު ވަގުތު ހޭދަކުރަން ކަމަށް ހެންކޮކް ބުންޏެވެ.

ހެލްތު މިނިސްޓަރުގެ މަގާމު އުނދަގޫ ވަގުތެއްގައި އަދާކުރުމުގެ ފުރުސަތު ލިބުނީތީ ވަރަށް ފަހުރުވެރިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ކޮވިޑް ކޮންޓްރޯލް ކުރުމާއި ކޮވިޑް ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި އިނގިރޭސިވިލާތުގެ ސިއްހީ ހިދުމަތްތެރިން މެދުކެނޑުމެއްނެތި ކުރަމުން އައި މަސައްކަތައް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ހެންކޮކް އޭނާގެ މުވައްޒަފަކާއިއެކު ހިންގި ބަދުއަހްލާގީ އަމަލުގެ ވީޑިއޯ އާއްމުވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އޭނާއަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މީ މީހާ

    މި ގައުމުގައި ވިއްޔާ ކުރިއެރުން ލިބޭނީ

    16
    1
    • ޢަހޮމަދު

      ޜަގަޅުވާހައެއް ބޮޑުވަގުވެސް ހުންނަވަނީ ގޭގަ.

      3
      7
  2. ނިޒާމް

    އަލީވަހީދު އިނގިރޭސިވިލާތަށްދިޔައީ ތިކަމުގަ

    13
    1
  3. މަސްއޫދު

    ހޯމު މިނިސްޓރ ޢިމްރާނު މި ރީތިސިފަ ދަސްކުރޭ!

  4. ބޮޑު ދުފާ

    ތިގޮތައް މިރާއްޖޭގަވެސް، މަތީ މަގާމްތަކުގަ އުޅޭ މީހުން ތަނުގެ އަންހެން މުއައްޒަފުންނާ ގުޅުންއޮވޭ، އެވެސް އަންހެން މުއައްޒަފުގެ ރުހުމުގަ