އީރާންގެ މަދަދާއި އެހީތެރިކަން އެކި ގޮތްގޮތުން ލިބިގެން ސީރިއާ އާއި އިރާގުގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާމަވެރިންނަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާ އިން ވައިގެ މަގުން ހަމަލާތަކެއް ދޭން ފަށާފައިވާކަން އެމެރިކާ ސަރުކާރުން ކަށަވަރު ކޮށްދީފިއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އަމުރަށް ފެށި އޮޕަރޭޝަންގައި އެމެރިކާ އިން ހަނގުރާމަވެރިންގެ އަމާޒުތަކަށް ހަަމަލާ ދެމުން އަންނަނީ އެމެރިކާގެ ފްލައިޓް ކެރިއާއަކުން ހަނގުރާމަތީ ޖެޓްތައް ފޮނުވައިގެން ވައިގެ މަގުންނެވެ. މިހަމަލާތައް ދޭން އެމެރިކާ އިން ނިންމީ އިރާގުގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ހަނގުރާމަވެރިން ދިނުމުންނެވެ.
އެމެރިކާގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާ އިން ވައިގެ މަގުން ހަނގުރާމަވެރިންނަށް އަމާޒުކޮށް މިހާތަނަށް ސީރިއާގެ ދެސަރަހައްދެއްގައި ތިބި ހަނގުރާމަވެރިންނާއި އިރާގުގެ އެއް ސަރަހައްދެއްގައި ތިބި ހަނގުރާމަވެރިންނަށް އަމާޒުކޮށް ހަމަލާތައް ދީފައި ވާނެ ކަމަށެވެ. ހަމަލާތައް އަމާޒުކުރީ ހަނގުރާމަވެރިން ތިބި ސަރަހައްދުތަކަށާއި ހަނގުރާމަވެރިން ހަތިޔާރު ރައްކާކޮށްފައި ހުރި ތަނަކަށް ކަމަށް ވެސް އެމެރިކާއިން ބުނެއެވެ.
އެމެރިކާ އަސްކަރިއްޔާގެ ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމެއް ނުވަތަ ނޫންކަމެއް އެމެރިކާގެ އަސްކަރިއްޔާއަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ މަދުވެގެން ފަސް ހަނގުރާމަވެރިން އެމެރިކާގެ ހަމަލާތަކުގައި މަރުވެ އިތުރު ހަނގުރާމަވެރިންތަކެއް ޒަހަމްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިއީ އެމެރިކާގެ ވެރިކަމާއި ބައިޑެން ހަވާލުވި ފަހުން އަސްކަރިއްޔާ އިން ހަމަލާއެއް ދިނުމަށް އަމުރު ނެރުނު ދެވަނަ ފަހަރެވެ. މީގެ ފަސް މަސް ދުވަސް ކުރިން މިދިޔަ ފެބްރުއަރީ މަހު ވެސް ބައިޑެން ވަނީ ސީރިއާގެ ބައެއް ސަރަހައްދުތަކަށް ބޮން އަޅަން އެމެރިކާގެ އަސްކަރިއްޔާ އަށް އަމުރެއް ކޮށްފައެވެ. އެފަހަރު ވެސް އެމެރިކާ އިން ހަމަލާތައް ދިނީ އީރާންގެ މަދަދު ލިބޭ ހަނގުރާމަވެރިންނަށް ކަމަށް އެމެރިކާ އިން ބުންޏެވެ.
އިރާގާއި ސީރިއާ އަދި ޔަމަންގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް ވެސް ހަތިޔާރާއި އަދި އެހެނިހެން ގޮތްގޮތުން ވެސް އީރާނުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް އީރާނުން އެތުހުމަތުތައް ދޮގުކުރެއެވެ.
ދެން ލާރިތަކެއް ބޭކާރުގޮތުގައި ތަޅާ ބުރުއްސާލާ....
ތިއުޅެނީ އިރާން ބާރުގަދަވާތީ ހިތައް ކެއްނުވެގެން. އިރާން ލައްވާ ހަނގުރާމައެއް ފެށޭތޯ ބަލަން.
ބޮޑު ހަންގުރާމް ފަށަން ކަނޭގެ އެއް އުލެނީ
އިބްރާހިމް ރައީސީ ވެރިކަމާއި ހަވާލުވެންދެން މަޑުކޮއްލާ
..ކުޅިސަމާ ދައްކާލާނެ ހުޅަނގާ އިޒްރޭލް އަދި އެމަރިކާއަށް...އީރާންގެ ރިވޮލިއުޟަނަރީ ގާޑުން ޑައިރެކްޓް ހަމަލާއެއް އިޒްރޭލައް ދޭން ފަސްވެސްނުޖެހޭނެ އިބްރާހިމް ރައީސީ
ނިއުކްލިއާ ޑީލް އުވާލާފަ އިރާން ފުޑާލާ