ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިން ޖެހުމަށް ދިޔަ އިންޑިއާ މީހެއްގެ ގަޔަށް ޖުމްލަ ތިން ޑޯޒު ޖަހައިފިއެވެ.

ކެރެލާއަށް އުފަން އުމުރުން 65 އަހަރުގެ އެ ފިރިހެން މީހާގެ ގަޔަށް ވެކްސިންގެ ތިން ޑޮޒު ޖެހި މައްސަލަ އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ބަލަން ފަށާފައެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާގެ ގަޔަށް ވެކްސިންގެ ތިން ޑޯޒު ޖަހާފައިވަނީ ދެވަނަ ޑޯޒު ޖަހަން ދިއުމުންނެވެ.

އޭނާ ވެކްސިން ޖަހަން ގޮސްފައިވަނީ ކަރުވައްޓާގެ ސިއްހީ މަރުކަޒަކަށެވެ. އެތަނުން މިނެޓެއްގެ ތެރޭގައި އޭނާގެ ގަޔަށް ދެ ޑޯޒު ޖެހިކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ ޑޯޒުތައް ޖެހިފަހުން، ބަލިވެގެން ހަރިޕެޑް ޓަލުކް ހޮސްޕިޓަލަށް ދިޔަ ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް މިހާރު ހާލު ރަނގަޅު ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާގެ ގަޔަށް މިނެޓެއްގެ ތެރޭގައި ދެ ޑޯޒު ޖަހާފައިވަނީ އޮޅުމަކުން ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އެގޮތުން އެއް ޑޯޒަކީ ލޭދަށް ކުރުމަށް ޖަހަން ޖެހޭ އެއްޗެއް ނަމަވެސް ޖަހާފައިވަނީ ވެކްސިންގެ ޑޯޒެއް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އިންޑިއާގައި މިފަދަ ހާދިސާއެއް ހިނގާފައިވާއިރު، އެކަން ތަހުގީގު ކުރި ނަމަވެސް، މިއަދާއި ހަމައަށް އެގައުމުގެ ކަމާއި ބެހޭ އިދާރާތަކަށް އެއީ ކިހިނެއް ހިނގާފައިވާ ކަމެއްކަން ހާމަ ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރިޔަމް މޫސާ

    ބޮޑުން އީދު ޗުއްޓީއަށް ދާން އަސްލު ލުއިދެނީ އީދު ނިމުނީމަ އަލުން މީހުން ގޭގައި ބަންދު ކުރާނެ. ކޮވިޑަ ކީ މި ސަރު ކާރު ނުވެއްޓެން ވިއްދާ އަސާގަނޑު.

  2. Happy 123

    ތި ބޭކާރު އެއްޗެއްނުން! ޢައިވީ 🤭