ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް އަބޫދީބީން ނިންމައިފިއެވެ.

އަބޫދާބީން މިހާރު ވަނީ ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ދޭނެ ލުއިތައް އިއުލާންކޮށް، އެލުއިތައް ތަންފީޒު ކުރަމުން ގެންދާނެ މަގުޗާޓު ވެސް ހާމަކޮށްފައެވެ.

އަބޫދާބީގެ އެމަޖެންސީ ކްރައިސިސް އެންޑް ޑިސީސް ކޮމެޓީން ބުނީ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުން ފެށިގެން ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ ކަމަށެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ވެކްސިން ޖެހޭ އާބާދީގެ %93 އަށް ވެކްސިން ދިނުން. އެއަށްފަހު ގިނަ ލުއިތަކެއް ދޭން މިދަނީ ތައްޔާރުވަމުން." އެމަޖެންސީ ކްރައިސިސް އެންޑް ޑިސީސް ކޮމެޓީން ބުންޏެވެ.

ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށްދޭ ލުއިތަކުގެ ތެރޭގައި ޕާކްތަކާއި އާއްމުން އެއްވާ ތަންތަނާއި ޝޮޕިން ސެންޓަރުތަކާއި ރެސްޓޯރެންޓްތަކައި ކެފޭތަކައި ޖިމްތަކާއި ކުޅިވަރު ކުޅޭ ތަންތަން އާއްމުކޮށް ބޭނުން ކުރުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. މީގެ އިތުރުން ރިސޯޓްތަކާއި މިއުޒިއަމްތަކާއި ކަލްޗަރަލް ސެންޓަރުތަކާއި ޔުނިވަސިޓީތައް ވެސް ވެކްސިން ފުރިހަމަ ކުރާ ފަރަތްތަކަށް އާއްމުކޮށް ހުޅުވާލަން ވަނީ ނިންމާފައެވެ.

ކޮވިޑް-19 ވެކްސިން ދިނުމުގެ މަސައްކަތް ގިނަ ގައުމުތަކުގައި ހަލުވިކަމާއިއެކު ކުރަމުން ދާއިރު ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ދޭނެ ލުއިތައް ވެސް މިހާރު އަންނަނީ އިއުލާން ކުރަމުންނެވެ. އެގޮތުން ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް މިހާރު ވަނީ ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ދޭނެ ލުއިތައް އިއުލާން ކުރަން ފަށާފައެވެ.

ކޮވިޑް-19 ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ލުއިތައް ދޭން ގިނަ ގައުމުތަކުން ތައްޔާރުވަމުން ދިޔަ ނަމަވެސް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ވެސް ކޮވިޑް ޖެހުމުގެ ފުރުސަތު އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު