ރަޝިޔާގެ ހުޅަނގުގެ ސަރަޙައްދަކަށް ގިނިހިލައެއް ވެއްޓިއްޖެއެވެ.

އިއްޔެ ހެނދުނުގެ ވަގުތެއްގައި ރަޝިޔާގެ ޓޫލާ އާއި އޮރިޔޮލް ސިޓީގެ ބައެއް ސަރަޙައްދުތަކަށް މި ގިނިހިލަ ވެއްޓުނު މަންޒަރު ފެނިފައިވާއިރު، އެވަގުތު އުޑުމަތިން ހުދުކުލައިގެ ދުންގަނޑެއް ވަނީ ފެނިފައެވެ.

މީސް މީޑިއާގައި މި މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ދައުރުވަމުންދާއިރު، މިއީ ވަރަށް ކުޑަ ގިނިހިލައެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި ގިނިހިލަ ވެއްޓުނު ސަރަޙައްދެއް ސީދާ އަދި އެނގިފައި ނުވާއިރު، ގިނިހިލައިގެ ސަބަބުން މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިގެން ރިޕޯޓްކޮށްފައެއް ނުވެއެވެ.

މި ގިނިހިލައާއި ގުޅިގެން ހޯދި ހޯދުންތަކަށްފަހު، މޮސްކޯ ސްޓޭޓް ޔުނިވާސިޓީގެ ސްޓޭޓް އެސްޓްރޮނޮމިކަލް އިންސްޓިޓިއުޝަން އިން ބުނެފައިވަނީ، މިއީ ޢާންމުކޮށް ދުނިޔެ މަތިން ދަތުރުކުރާފަދަ ގިނިހިލައެއް ނޫންކަމަށާއި، މިފަދަ ގިނިހިލަތައް ދުނިޔޭގެ ވައިގެ ފަށަލަތަކުން އެތެރެއަށް ވަނުމާއި އެކު، ބިމުގައި ނުޖެހެނީސް އަނދައި އަޅިއަށްވެގެންދާ ކަމަށެވެ. ގިނިހިލަ ދަތުރުކުރި ވަގުތު ރަޝިޔާގެ ހުޅަނގުން ފެނުނު ދުންގަނޑަކީ އެކަމުގެ ހެއްކެއް ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ރަޝިޔާއަށް ގިނިހިލަ ވެއްޓުނު ވަގުތު ނަގާފައިވާ މަންޒަރެއް

މި ހާދިސާ އާއި ގުޅިގެން ތަފާތު އެކި ވާހަކަތައް ދެކެވެމުންދާއިރު، ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއީ އޭލިއަނުން ދަތުރުކުރި ޔޫއެފްއޯއެއް ކަމަށެވެ. އަދި އެއީ އޭލިއަނުން މިހާރު ރަޝިޔާގައި ކުރިއަށްދާ ވޯލްޑްކަޕް 2018 ބެލުމަށްޓަކައި ކުރި ދަތުރެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.

މީގެ ކުރިން 2013 ވަނަ އަހަރުވެސް ރަޝިޔާގެ ހުޅަނގުގެ ސަރަޙައްދަކަށް ގިނިހިލައެއް ވެއްޓުނެވެ. އެ ގިނިހިލަ ވެއްޓުނީ އެ ޤައުމުގެ ހުޅަނގުން މެދުތެރޭގައި އޮންނަ ސިޓީއެއްކަމަށްވާ ޝެލިޔަބިންކްސް އަށެވެ. އަލިފާނާއި އެކު ބާރު ދުވެލީގައި ދަތުރުކުރި އެ ގިނިހިލަ ވަނީ ބިމާއި 25 ކިލޯމީޓަރު މަތިން ގޮވާފައެވެ. އެހެން ނަމަވެސް އެ ގޮވުމުގެ ބާރުގަދަ ކަމުންނާއި، އެއިން ބުރައިގެން ދިޔަ ހިލަކޮޅުތަކުން ޖެހި ބައެއް ގެތަކަށް ގެއްލުން ލިބި ބައެއް މީހުނަށް ވަނީ އަނިޔާވެސް ވިއެވެ.

ދުނިޔޭގައި ގިނިހިލައަކުން ޖެހި ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން ކުރިންވެސް ބައެއް ތަޖުރިބާކާރުން ފާޅުކޮށްފައިވެއެވެ. އެގޮތުން ގިނިހިލައެއް ދުނިޔެއާއި ދިމާލަށް މިހާރުވެސް މިސްރާބު ޖަހާފައި ވެދާނެކަމަށާއި، އެހެނަސް އެ ގިނިހިލަ ފެންނާނީ ދެން އިތުރަށް އެކަމުން ސަލާމަތްވާން ފިޔަވަޅެއް އެޅޭވަރަށްވުރެ ވަގުތު ކުޑަތަން ވެފައިވަނިކޮށް ކަމަށް އެފަރާތްތަކުން ބުނެއެވެ. އާދަޔާއި ޚިލާފަށް ބާރަށް ދަތުރުކުރާ ގިނިހިލަތަކުން ދުނިޔެ ސަލާމަތްކުރުމަށް ޚާއްސަ އާލާތެއް ތައްޔާރު ކުރުމުގެ މަސައްކަތް ސައިންސްވެރިން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ސޭީރިއާ

  ތިވާނީ އައިސިސްއަށް ބޮންއެޅީމާ ވީކަމަކަށް

  • އަހުމަދު

   އެހެން ވެއްޖެއާ ކިތަންމެހާވެސް ރަނގަޅު

 2. މާމިގިލީ މީހާ

  މާމިގިލީގެ ހުޅަގު ފަރާތުން ވެސް ތިކަހަލަ ދުންގަޑެއް ފެނުނު.. އެއީވެސް ތިކަހަލަ ހިލައެއް ކަންނޭގެ..

 3. Anonymous

  ތިވާނީ ރަޝިޔާގަ ތަންކޮޅެއް މުސްލިމުން ގިނަވީކަމަށް. މުސްލިމުން އުޅޭ ކޮންމެތަނަކަށް އޮތީ ގެއްލުމާ ހަލާކު

 4. ނަޑެއްލާ

  މި ފެންނަނީ ދުނިޔެ ނިމުމުގެ ކޮލުމަތި.

  • މަނަާ

   ކަލޭ ދެން ސަންދޯކަށް އެރެންވީނު