މިހާރު ގިނަ އަދަދެއްގެ ހިންދޫން އެމީހުންގެ ދީން ދޫކޮށް، އިސްލާމްދީން ގަބޫލު ކުރަމުންދާ ކަމަށާއި އެއީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ބުނެ އިންޑިއާގެ އައްސާމް ސްޓޭޓްގެ ޗީފް މިނިސްޓަރު ހިމަންތާ ބިސްވާ ސަރްމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހިމަންތާ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބީޖޭޕީއަށް ނިސްބަތްވާ ޗީފް މިނިސްޓަރެކެވެ.

ހިމަންތާ ބުނީ ހިންދޫން އިސްލާމްދީނަށް ވަނުން އިތުރުވަމުން ދާއިރު މުސްލިމުން އުފަންވާ އަދަދު ވެސް ހިންދޫން އުފަންވާ އަދަދާއި ބަލާއިރު މާގިނަ ކަމަށެވެ. "އައްސާމް ސްޓޭޓްގެ އާބާދީ އިތުރުވަމުންދާ ނިސްބަތް ހުރީ %1.6 ގައި. ނަމަވެސް ވަކިވަކި ދީންތަކުގެ މީހުންގެ އާބާދީ ނިސްބަތް އިތުރުވަމުންދާ ގޮތައް ބަލާއިރު މުސްލިމުންގެ އާބާދީ އިތުރުވަމުންދާ ނިސްބަތް ހުރީ %29 ގައި. ހިންދޫންގެ އާބާދީ އިތުރުވަމުންދާ ނިސްބަތް ހުރީ %10 ގައި. އެހެންކަމުން މުސްލިމުންގެ އާބާދީ އިތުރުވަމުންދާ ނިސްބަތް މަދުކުރުވަން އެބަޖެހޭ." ހިމަންތާ ބުންޏެވެ.

ހިމަންތާ ބުނީ މުސްލިމުންގެ އާބާދީ މަދުކުރުން އެއީ އޭނާގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. އެއަމާޒަށް ވާސިލްވުމަށް ސިއްހީ ނިޒާމް ހަރުދަނާކޮށް ތައުލީމީ ދާއިރާ ފުޅާކުރާނެ ކަމަށް ވެސް ހިމަންތާ ބުންޏެވެ.

ނަމަވެސް ކޮންމެ މުސްލިމަކު ހޯދަން ޖެހޭނީ ގިނަވެގެން ދެކުދިން ކަމަށް ކަނޑައަޅައި، އާސިޔާސަތެއް ތަންފީޒު ކުރުމުގެ ވިސްނުން އަދި ނުގެންގުޅޭ ކަމަށް ހިމަންތާ ބުންޏެވެ. ހިމަންތާ ބުނީ އެފަދަ ސިޔާސަތެއް ތަންފީޒު ކުރުމުގެ ކުރިން އޭނާ މަސައްކަތް ކުރާނީ އެހެން ގޮތްގޮތުން މުސްލިމުންގެ އާބާދީ ކުޑަކުރެވޭތޯއެވެ.

މުޅި ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވެސް އެންމެ ގިނައިން އިތުރުވަމުން އަންނަނީ މުސްލިމުންނެވެ. މިގަރުނުގެ ތެރޭގައި ދުނިޔޭގައި އެންމެ ގިނަ މީހުން ތަބާވާ ދީނަކީ އިސްލާމްދީން ކަމަށް ވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އައްމަޑޭ

  މިކަލޭގެ މީ ފަހުޒަމާނުގެ އަބޫޖަހުލު ދޯ.

  52
  3
 2. އަލްޖިބްރާ

  ކަލޭތީ ޖާހިލުންގެ ސަރުދާރު! މާތް ﷲ އަންގަވަވާފައިވަނީ ، ތިޔަބައިމީހުން ކިތަންމެ ނުރުހުނަސް މަޙުޝަރާ ޖެހެންދެންވެސް ﷲގެ ދީން އެކަލާގެ ފަތުރުއްވަވާނެ ކަމަށް ! އަދި ހިމާޔަތް ކުރައްވާނެ ކަމަށް ! ތިކަން ކަލެއަށް އެގޭއިރު އެއީ ކީއްވެގެން ވާގޮތެއްތޯ ކަލޭ އެންމެ ފަހަރަކު އިޚްލާސް ތެރިކަމާއިއެކު ވިސްނާލި ނަމަވެސް ކަލެއަށް ތެދުމަގު ދެއްކެވުމަށް ﷲ ކުޅަދުން ވަންތަވެރި !

  60
  1
 3. ޒަބާދުކުޑޭ

  މުސްލިމުން އިތުރުވުން ކަލޭމެނަށް ހުއްޓުވޭނީ މުސްލިމުން މަރާހުސްކުރުމުން. ކަލޭމެންގެ މޮޓޯއަކީވެސް އެއީ.

  51
  1
 4. Anonymous

  ތިކަންވެސް ކަލޭމެން ކަހަލަ މުޑުދާރު މުޝްރިކުންނަަކައް ނުވާނެ.

  49
  2
 5. ❤️❤️

  الحمد الله ، الله اكبر

  58
  2
 6. ޟޟމ

  ބައްލަވާ ޞައްފު ސޫރަތުގެ 8 ވަަނަ އާޔަތުގެ މާނަ ..............

  41
  1
 7. މުޙައްމަދު

  ﷲ އަކްބަރް !

  54
  1
 8. ރެފްރީ

  އިރާދަކުރެއްވިއްޔާ މާގިނަދުވަ ހެއްނުވެ މިކަލޭގެވެސް އިސްލާމްދީން ގަބޫލުކުރާނެ
  އިންޝާ ﷲ

  21
 9. އައްޑޫ ޝަކުވާ ބޯޓު

  ޔޫރަޕްގައުވެސް އުސްލާމްދީނަށް ވަންނަމީހުން ދަނީ ވަރަށް ބާރަށް އިތުރުވަމުން.
  ﷲއަކްބަރް

  28
  1
 10. އުސްމާނީން

  ދީނަކީ އިސްލާމް ދީނެވެ. އިންޑިއާ ރައްޔިތުންނަށް ހެޔޮމަގު ދައްކަވާ އެތާގެ ސަރުކާރުން މުސްލިމުން ނައްތާލަން ކުރާ މަސައްކަތް ކާމިޔާބު ވިޔަ ނުދެއްވާންދޭވް.

  21
 11. ހަވާސާ އިބޫ

  الحمد الله ، الله اكبر ޔާﷲ އިންޑިޔާގެ މެޖޯރީޓީއަކީ މުސްލިމުންކަމުގައި ލައްވައި ހިންދޫންގެ ކިބައި އިންޑިޔާ ސަލާމަތްކުރައްވާންދޭވެ. އާމީން

  24
 12. ޒިމްޒިމް

  الحمد الله ، الله اكبر