އެމެރިކާއިން 2003 ވަނަ އަހަރު އިރާގަށް އަރައި އެ ގައުމުގަައި އޮތް ސަރުކާރު ވައްޓާލައި، މުޅި ގައުމު ސުންނާފަތި ކުރުމުގެ މޭސްތިރިއަކަށް ހުރި ޑޮނަލްޑް ރަމްސްފެލްޑް މަރުވެއްޖެއެވެ. އެއިރު އޭނާއަކީ އެމެެރިކާގެ ޑިފެންސް ސެކެރެޓަރީއެވެ.

އުމުރުން 88 އަހަރުގެ ރަމްސްފެލްޑް މަރުވިއިރު، އޭނާ ދެ ފަހަރެއްގެ މަތިން އެ ގައުމުގެ ޑިފެންސް ސެކެރެޓަރީކަން ކުރިއެވެ. އެއީ ޖޯޖް ޑަބްލިވް ބުޝްގެ ވެެރިކަމުގައި 2001 އިން 2006 އަށް އަދި ގެރާޑް ފޯލްޑްގެ ވެެރިކަމުގައި 1975 އިން 1977 އަށެވެ.

ރަމްސްފެލްޑްގެ ޑިފެންސް ސެކެެރެޓަރީކަމުގަައި އެމެެރިކާ ސިފައިން ވަނީ އިރާގްގެ ޖަލުތަކުގައި އެގަައުމުގެ ރައްޔިތުންނަށް ލާއިންސާނީ އެތައް އަަމަލެއް ހިންގާފައެވެ. އެގޮތުން އިރާގްގެ އަބޫ ގްރައިބު ޖަލުގައި އިރާގް މީހުން އޮރިޔާން ކުރުމަށްފަހު ކަނު ބަދެ އަނިޔާކޮށްފައި ވެއެވެ.

އެމެރިކާގެ ވަފާތެރިން ރަމްސްފެލްޑް ފާހަގަ ކުރަނީ ވަރުގަދަ އަސްކަރީ ވެރިއެއްގެ ގޮތުގައެވެ. ހާއްސަކޮށް އިރާގަށް އެމެރިކާ ސިފައިން އަރައި، ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސައްދާމް ހުސެއިންގެ ވެރިކަން ވައްޓާލެވުނީ އޭނާގެ މޮޅުކަމާއި ރޭވުންތެރިކަމުގެ ސަބަބުން ކަމަށް އެމެރިކާ އާއި ރަމްސްފެލްޑަށް ތާއިދުކުރާ މީހުން ބުނެއެވެ.

ނަމަވެސް ދުނިޔޭގެ ގިނަ ބަޔަކު ރަމްސްފެލްޑް ފާހަގަ ކުރަނީ ބޮޑު އަނިޔާވެރިއެއްގެ ގޮތުގައެވެ. އިރާގުގައި ނުރައްކާތެރި ނިއުކްލިއާ ހަތިޔާރު އެބަހުރިކަމަށް ބުނެ ރޯބުހުތާނު ދޮގު ހަދައިގެން އިރާގަށް އަރައި އިރާގު ސުންނާފަތިކޮށް، ކުށެއްނެތް އެތައް ހާސްބަޔަކު މަރާލުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެކަކީ ރަސްމްފެލްޑްގެ ގޮތުގައި އޭނާގެ ނަން ވަނީ ތާރީހްގައި ލިޔެވިފައެވެ.

ރަމްސްފެލްޑް މަރުވިކަން އާއިލާ އިން ކަށަވަރުކޮށްދިން ނަމަވެސް އޭނާ މަރުވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ރަމްސްފެލްޑް ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަން ވެސް ގިނަ ދުވަސްތަކަކު ކޮށްފައެވެ. އޭނާ ގާތްގަނޑަކަށް 60 އަހަރު ސަރުކާރަށް ހިދުމަތް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ދޮހިކަރު

    ٱلْحَمْدُ لِلَّٰهِ‎. ނަރަކައިގެ އެންމެ ފުން ވަޅުގަނޑުގައި މިކަލޭގެ އަބަދުމެ އަބަދަށް އަނދަ އަނދާ ބަހައްޓަވާނދޭވެ. އާމީން.

    56
    2
    • ޛސސ

      ޢާމީން

  2. މަކަރުވެރިން

    ސައްދާމް ހުސައިން ގެ ފިދާއީ ލަޝްކަރު އޮތްނަމަ
    އެމަރިކާ ގެ ދުވަސްދާނެ...އެމަރިކާ ސިފައިން ގަބުރުސްތާނަކައް އިރާގުގެ 4 ފާރު ސައްދާމް ހެދި
    ..

    24
    3
    • ބުރުގާ

      ދިވެހިނަގެ ސޭކުކަމާ ޣާފިލުކަމާ. ހީހީ ހަލާކުވާވަރުވޭ.

      6
      1
  3. ޙަސަނުލް

    ٱلْحَمْدُﷲ

    25
  4. ޖުމުހޫރީ މައިދާނުން

    ބޮޑެތި މުޖުރިމުން

    16
    1
  5. ރަދީފް

    ''އިރާގް ސުންނާފަތިކޮށްލި ޑޮނަލްޑް ރަމްސްފެލްޑް މަރުވެއްޖެ''. ހެޑްލައިން އޮފަ ދަ އިޔާ.މީތި ސަޅި.ސާބަހޭ ''ވަގުތުއެމްވީ''.

    9
    2
  6. ހުސެން

    ބޮޑު ޓެރަރިސްޓެއް

    9
    2
  7. ރަބަރޭ

    ﷲ އިރާދަފުޅުން މިކަލޭގެ ނަރައިގެ ވަތުބަތާނަ އަށް ލައްވާ ފާންދޭވެ އާމީން

    11
    3
  8. ބުރުގާ

    ސައްދާމު އިރާގު ސުންނާފަތިކުރިވަރައް ވުރެ ބޮޑައް އެހެން އެކަކައްވެސް އިރާގު ސުންނާފައްޗެއް ނުކުރެވޭނެ.

    6
    5
  9. ސުވާލު

    ސުވާލު ކުރެވޭ ވަގުތު އައިސް އެ ޖެހުނީ! އޭނައަށް މިހާރު އިސްލާމްދީނުގެ ތެދުކަން އެނގޭނެ. ޔާ ﷲ އޭނައަށް ލައުނަތް ލައްވާންދޭވެ. އަދި 1000 ގުނައަށް އަޒާބު އިތުރުކުރައްވާން ދޭވެ. آمين

    3
    1
  10. ހުސޭނުބެ

    މަރުހޫމަށް ސުވަރު ގެ ލިބުމަށްއެދި ދުއާކުރަން

    2
    1