އަފްޣާނިސްތާނުގައި ހަރަކާތްތެރިވި އެމެރިކާގެ ސިފައިން އެ ގައުމުން ބާލަމުންދާ މި ދަނޑިވަޅުގައި ތާލިބާނުން އަފްޣާނިސްތާނުގެ މައްޗަށް އަތްގަދަކޮށް އެގައުމުގެ އަސްކަރީ ހަރަކާތްތަކުގައި ބޭނުންކުރާ އާލާތްތަށް ޕާކިސްތާނަށް ގެންގޮސްދާނެ ކަމުގެ ބިރުހީވެއްޖެއެވެ. އަފްޣާނިސްތާނުގެ އަސްކަރީ ފައުޖުތަކުން ފޭރިގަނެ، ޕާކިސްތާނަށް އެގައުމުގައި ބޭނުންކުރަމުންދާ ހަނގުރާމަވެރި ޓޭންކަރުތައް ފޮނުވާލަން އުޅޭކަމުގެ ތުހުމަތުތަކެއް ކުރެވިފައިވެއެވެ.

އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ އިސް އޮފިޝަލަކު ބުނީ އެގައުމުގެ ހަނގުރާމަވެރި ޓޭންކަރުތަކާއި، އަސްކަރީ ހަތިޔާރުތައް ޕާކިސްތާނަށް ގެންގޮސްފައިވަނީ ތާލިބާނުން އެކަމަށް ބާރު އަޅައިގެން ކަމަށެވެ.

ނަމަވެސް، ތާލިބާނުގެ ތަރުޖަމާނު ޒަބިހުﷲ މުޖާހިދު ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ.

އިންޓީރިއާ މިނިސްޓަރު އަބްދުލް ސައްތާރް މިރްޒަކްވަލް ވިދާޅުވީ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ގޮތުން ތާލިބާނުން ބައެއް އަސްކަރީ ޓޭންކަރުތައް ޒަބުލް ޕްރޮވިންސް މެދުވެރިކޮށް ފޮނުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ކީފް ކޮމާންޑަރަށް އެފަދަ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް އަމާޒުކޮށްގެން ޕެޓްރޯލް ކުރަން ފެށުމަށް އަންގާފައިވާ ކަމަށެވެ.

ބައެއް އޮފިޝަލުން މައުލޫމާތު ދީފައިވާގޮތުން އަސްކަރީ އާލާތްތައް ޕާކިސްތާނަށް ގެންދަނީ ޑުރޭންޑް ލައިން މެދުވެރިކޮށެވެ. އަދި ލިބިފައިވާ މައުލޫމާތައް ބަލާއިރު، ތާލިބާނުން އަފްޣާނިސްތާނުގެ އަސްކަރީ އާލާތްތައް ޕާކިސްތާނަށް ފޮނުވާކަން ސާބިތުކޮށްދޭ ހެއްކާއި ވީޑިއޯ ފޫޓޭޖް އެބަހުއްޓެވެ.

އަފްޣާނިސްތާނުގެ ޕަކްޓިއާ ޕްރޮވިންސް ވެފައިވަނީ ވޭތުވެދިޔަ ހަފްތާތަކުގައި ތާލިބާނުންގެ އަމާޒަކަށެވެ. މި ފަހަކަށް އައިސް ޕަކްތާ ޕްރޮވިންސްގައި ހަނގުރާމަތައް ވަނީ އިތުރުވެފައިކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    ތީ އަފްގާނިސްތާނުގާ ހަރަކާތް ތެރިވާ ދެއުޅި އެއްނުވާ އިންޑިއާ ޖާސޫސުން ކުރާ ފިތުނަ. ބަލަ ތާލިބާނުން އެމެރިކާއާއި ހަނގުރާމަ ކުރަން ގެންގުޅުނު ހަތިޔާރު އެމެރިކާ ފޭބީމާ ޕާކިސްތާނަށް ދޭން ޖެހެނީ ކޮންކަމަކާ ބިރުންތޯ ސުވާލު ކޮށްބަލަ. އެމީހުންނަކީ ބާރު އޮތް ބައެއް.

    3
    2
    • اکف

      ޕާކިސްތާންނުން އަފަޢާނިސްތާން އެހިވާތީ ޖިހާދު ގުލުން ވަރުގަދަކުރަމްވެގެން