ކޮވިޑް-19 ގެ އެކި ވައްތަރުތަކުން ރައްކާތެރިވުމުގެ ގޮތުން ސައުދީ އަރަބިއްޔާ އިން ހަތަރު ގައުމަކަށް ދަތުރުކުރުން މެދުކަނޑާލައިފިއެވެ.

ސައުދީން ބުނީ ކޮވިޑްގެ ވައްތަރުތަކުން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަަޅާއެކު ޔުުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) އާއި އަފްޣާނިސްތާނާއި، އިތޯޕިއާ އަދި ވިއެޓްނާމަށް ދަތުރުކުރުން މެދުކަނޑާލައިފައިވާ ކަމަށެެވެ.

މި ތިން ގައުމަށް ދަތުރުކުރުން އިއްޔެ އިން ފެށިގެން މެދުކަނޑާލައިފައިވާ އިރު، ސައުދީގެ ރައްޔިތުންނާއި، އެގައުުމުގައި ދިރިއުުޅޭ ފަރާތްތަކުން އެނބުރި ގައުމަށް އަންނަ ނަމަ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހެއެވެ. ސައުދީގެ އިދާރާތަކުން ހުއްދަ ނުނަގާ މި ތިން ގައުމަށް ޑައިރެކްޓްކޮށް، އަދި އިންޑައިރެކްޓްކޮށް ވިޔަސް ދަތުރުކުރުމަކީ މަނާ ކަމެކެވެ.

ސައުދީން މި ނިންމުން ނިންމާފައިވަނީ ކޮވިޑް ވޭދަތަނައް އިތުރުވެ، އާ ވޭރިއެންޓްތަކާއި ޑެލްޓާ ވޭރިއެންޓްގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާތީއެވެ.

އެންމެ ފުރަތަަމަ އިންޑިއާއިން ފެނުން ޑެލްޓާ ވޭރިއެންޓްއަކީ ދުނިޔެއަށް ހުރި ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ. މިހާތަނަށް އެ ވޭރިއެންޓް 85 ގައުމަކުން ފެނިފައިވެއެވެ.

ޔޫއޭއީއިން ޑެލްޓާ ވޭރިއެންޓް ވަނީ ފެނިފައެވެ. އެކަމާ ގުޅިގެން އެގައުމުން އިންޑިއާއަށް ދަތުރުކުރުން ވަނީ މަޑުޖައްސާލައިފައެވެ.

ކޮވިޑާ ގުޅިގެން ސައުދީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ އިރު، މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭ މީހުންގެ އަދަދުވެސް ވަނީ މަދުކޮށްފައެވެ.