އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން އަފްޣާނިސްތާނުގެ އުތުރުން އޮންނަ ބިމެއްގައި ވަޒަންވެރިވާން ފަށައިފިއެވެ.

ގައުމުން ބޭރުގެ ސިފައިން އަފްޣާނިސްތާނުން ފައިބަމުންދާ މި ދަނޑިވަޅުގައި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން އަފްޣާނިސްތާނަށް ވެރިވެފައިވާ ކަމުގެ އިންޒާރު ރަޝިޔާގެ ފޮރިން މިނިސްޓަރު ސާޖެއީ ލަވްރޯވް ވަނީ ދެއްވައިފިއެވެ.

"އައިއެސްގެ މީހުން އަފްޣާނިސްތާނުގައި ވަޒަންވެރިވަމުން ދާއިރު އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަން ޖެހޭ" މިނިސްޓަރު ވިދާޅުވިއެވެ.

ލަވްރޯވް ވަނީ އަފްޣާނިސްތާނުގެ ސަރުކާރުން ސުލްހަ ގާއިމްކުރަން ނިންމާފައިވާ ޕްރޮޖެކްޓަށް އަމަލުކުރަން ލަސްކުރަމުން ދާކަން ފާހަގަ ކޮށްފައެވެ. އެ ޕްރޮޖެކްޓަށް އަމަލުކުރުން ލަސްވެގެން ދިޔުމުގެ ސަބަބުން ގައުމުގެ ސަލާމަތައް ނުރައްކަލުގެ ހިޔަނި އެޅިގެން ގޮސްދާނެ ކަމަށް ބުނެއެވެ. އަފްޣާނިސްތާނުގެ އުތުރުގައި އައިއެސް ޖަމާއަތުން އެމީހުންގެ ޓެރިޓަރީ ވަރުގަދަ ކުރަމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި މިހާރު އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތައް އޮތް ހާލަތައް ބަލައި، މި ހާލަތުގެ ނާޖާއިޒް ފައިދާ އައިއެސްއިން ނަގަމުން އަންނަ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

އަފްޣާނިސްތާނުގެ އުތުރުގައި އައިއެސް ހަރަކާތްތެރިވުމާއި ގުޅިގެން ދެކުނު އޭޝިއާގެ ގައުމުތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިދިޔަ ހޮނިހިރުު ދުވަހު ތާލިބާނުން ވަނީ 23 ޑިސްޓްރިކްޓް ސެންޓަރު ބަލާފައެވެ. އޭގެ ތެރޭގައި 11 ސަރަހައްދަކީ އުތުރުގެ ސަރަހައްދުތައް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން އަފްޣާނިސްތާނުގެ 400 އެއްހާ ސަރަހައްދުގެ ތެރެއިން 176 ސަރަހައްދު ކޮންޓްރޯލް ކުރަމުން އަންނަނީ ތާލިބާނުންނެވެ. އަފްޣާނިސްތާން ސަރުކާރުގެ ބާރު ހިންގާ ސަރަހައްދުތަކުގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ 78 ސަރަހައްދެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ތިކަހަލަ ހުރިހާ ކުނިބުންޔެއް ޖަމާވާނެ އެމެރިކާ ނެތް ތަންތާނގަ. ނަ ސީބެއް ރާއްޖޭގަ އެމެރިކަން ބޭ ސް އެއް އޮންނަކަން

    7
    2
  2. Anonymous

    އެމެރިކާ އަކީ މިނިވަންކަމުގެ ދަންމަރެވެ.

    8
    1