ބަނޑުހައި ހޫނުވެ އެތް ތަކެއް ކާނެ އެއްޗެއް ހޯދުމަށް ޖަންގަލިން ނުކުމެ ޗަކައިން ހަދާފައި ހުރި ގެއަކަށް ހަމަލާދީ އެ ގޭގައި ނިދާފައި ތިބި ކުޑަ ދެކުދިން މަރާލައިފިއެވެ.

އެތްތައް އިންޑިއާގެ ޖަރުޚަންދު އަވަށް ގޮސްފައިވަނީ 45 ކިލޯމީޓަރު ސަރަހައްދެއްގައި ހިނގާއިފައެވެ. އެ ސަރަހައްދުގެ ޑިވިޝަން ފިރެސްޓް އޮފިސަރު ބުނެފައިވަނީ އެ އެއްތަށް ޖަންގަލިން ނުކުތީ މެންދަމު ތިނެއް ޖެހިއިރުއެވެ.

އިންޑިއާގެ ޖަކާންޑްގައި ހިންގި މިހާދިސާގައި މަރުވެފައިވަނީ 5 އަހަރުގެ ފިރިހެންކުއްޖަކާއި 12 އަހަރުގެ އަންހެން ކުއްޖެކެވެ. މިހާދިސާގައި އެ ދެކުދިންގެ މާމައަށް ވަނީ އަނިޔާ ވެފައެވެ.

މި ހާދިސާގައި އަނިޔާވި އުމުރުން 50 އަހަރުގެ އެ ކުދިންގެ މާމައަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިންގުމުގެ ކުރިން 18 އެތެއް ހަ ދުވަސް ވަންދެން އެސަހަރައްދުން ފެނުނު ކަމަށް ރިޕޯޓްތަަށް ބުނެއެވެ. މިހާރު މިހާދިސާ އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.

ސަރުކާރުން ވަނީ މިހާދިސާގައި އަނިޔާލިބުނު އެންމެންނަށް ކޮންމެ މީހަކަށް 25،000 ރުޕީސް ދީފައެވެ. ސަރުކާރުން ވަނީ ކޮންމެ މީހަކަށް 400.000 ރުޕީސްގެ އެހީއެއް ދިނުމަށް ނިންމައިފައެވެ.

މިދިޔަ މަހުވެސް އިންޑިއާގައި ބުދު ދީނުގެ ރަސްމިއްޔާތެއް ބާއްވަން ވެގެން ބޭނުން ކުރި އެތެއް ރުޅި ގަދަވެ ފާދިރީއަކަށް ހަމަލާދީ ވަނީ މަރާލާފައެވެ.

އުމުރުން 25 އަހަރުގެ އެ ފާދިރީ މަރުވެފައިވަނީ ރޭ ބުދު ދީނުގެ ރަސްމިއްޔާތެއް ބާއްވަން ބޭނުން ކުރި ތިން އެތުގެ ތެރެއިން އެތެއް ދިން ހަމަލާއެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަނަާ

    މުސްލިން ކުދިންތަ؟ އެހެންވިއްޔާ އެއްތަކަށް ހަލާކު.

  2. ކިޔާ

    ދެން ބަނޑުހައިވެފަ ތިބީމަ އެތެއްކަމަކު ރުޅިވެސް ގަދަވާނެ.6 ދުވަސްވަންދެން އެހިސާބުން އެތްތައް ފެނުނުއިރުއިރުވެސް ކާއެއްޗެއް ދިންނަމަދޯ.އަހަރެމެނަށް އެނގޭނެ އިންސާނުންވެސް ބަނޑުހައިވީމަ ރުޅިގަދަވާ މިންވަރު.މިސާލަކަށްފުދޭނެ ރޯދަމަހުގަ ކިރިޔާ ކަމެއްވެލިޔަސް ރޯދަވީއްލާ ގަޑީގަ މޭޒުމައްޗަށް އަތުރާފަހުންނަ ތަށިތަކާއި މޭޒުވެސް އެބައެއްލާލާ.މީހަމަ ބައެއް ފިރިހެންވެރިންގެ ހާލަތު ހުންނަ ހިސާބު.

  3. ނުރަބޯ

    އެތްތައް މުޒާހިރާކުރީދޯ.