މިޔަންމާގެ ސިފައިިން އެ ގައުމުގެ އަވަށެއްގައި ތިބި 25 މީހަކު މަރާލާފައިވާ ކަމަށް އެ އަވަށުގެ ރައްޔިތުން ބުނެފިއެވެ.

މިޔަންމާގެ ދިފަޔިން އަވަށް ރޭޑުކޮށް 25 މީހުން މަރާލައި، ހަ މީހަކު ޒަހަމް ކޮށްލައިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ސަރަހައްދުގެ މީހުން މައުލޫމާތު ދީފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހު ސިފައިންގެ ވެހިކަލްތަކުގައި އެ ސަރަހައްދަށް ގޮސްފައިވެެއެވެ. އަދި ޒުވާނުންނާ ދެމެދުު ކުރިމަތިލުމަކަށް ގޮސް ހަމަލާ ބަދަލު ކޮށްފައިވާ ކަމަށް ވެސް އެ ސަރަހައްދުގެ މީހުން ބުނެއެވެ.

މިޔަންމާގައި މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދަނީ އަސްކަރިއްޔާ އިން ކުރި ބަޣާވާތާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތައް ރޫޅާލުމަށް އާންމުން ނުކުމެ އަންނަނީ މުޒާހަރާ ކުރަމުންނެެވެ. އަދި ބައެއް ސަރަހައްދުުތަކުގައި އަސްކަރީ ވެރިންނާ ދެކޮޅަށް އަމިއްލަ ފައުޖުތަކެއް އެކުލަވާލައި، އަމިއްލަޔަށް ހަތިޔާރު އުފައްދައިގެން އެ ފައުތަކުން އަންނަނީ ނުކުމެ ބަސް ނޭހުމުގެ އަމަލުތައް ހިންގާ ހަމަނުޖެހުން އުފައްދަމުންނެވެ.

އާންމުން ނުކުމެ ކުރަމުންދާ މުޒާހަރާތައް ރޫޅާލަން ކަމަށް ބުނެ މިޔަންމާގެ ސިފައިން ވެސް ދަނީ ގްރެނޭޑާއި، ކަރުނަގޭސް ފަދަ ބާރުގެ ބޭނުން ކުރަމުންނެެވެ. އަދި އެފަދަ ހާލަތްތަކުގައި ބަޑިޖަހައި ކުޑަކުދިން ވެސް މަރަމުންދާ ކަމަށް އިންސާނީ ހައްގުތައް ހޯދަން ވަކާލާތު ކުރާ ފަރާތްތަކުން ބުނެއެވެ.

އަސްކަރިއްޔާއިން ހިންގި ބަޣާވާތާއި ގުޅިހެން ހިނގަން ފެށި ހަމަނުޖެހުމުގެ ތެރެއިން މިހާތަނަށް 800 އަށް ވުރެ ގިނަ މީހުން މަރުވެފައިވެެެއެވެ. އަދި އޭގެ ސަބަބުން އެތައް ބަޔަކު އެމީހުންގެ ގެދޮރު ދޫކޮށް ދާން ޖެހިފައިވާކަމަށް އދ. އިން ބުނެއެވެ.