ނައިޖީރިއާ ސްކޫލެއްގައި ކިޔަވަމުން އަންނަ 140 ކުދިން ރަހީނުކޮށްފިއެވެ.

ނައިޖީރިއާ ފުލުހުންނާއި ހަވާލާދީ ބީބީސީ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެކުދިން ރަހީނުކޮށްފައިވަނީ ހަތިޔާރާއި އެކީ ހަރަކާތްތެރިވަމުން އައި މީހެކެވެ. އެނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެއީ ސްކޫލް ކުދިންނާއި ދަރިވަރުންނަށް އަމާޒުކޮށްގެން ބަޔަކު މީހުން ކުރަމުން އަންނަ މަސައްކަތުން ރަހީނު ކޮށްފައިވާ ކުދިންނެވެ.

މި ހާދިސާއާއި ގުޅޭ މާ ބޮޑު މައުލޫމާތެއް އެގައުމުން ހާމަ ކޮށްފައި ނުވީނަމަވެސް، ކުދިން ރަހީނު ކުރުމަށް ސްކޫލަށް ވަން މީހުން އެތަނުގައި ތިބި ސެކިއުރިޓީ މީހުންގެ ގަޔަށް ބަޑި ޖަހާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފައެވެ.

"އެމީހުން ޖުމްލަ 140 ކުދިން ރަހީނު ކުރި، 25 ކުދިންނަށް ފިލަން ދެވުނީ. އަދި އަދަށް ވެސް އެމީހުން އެކުދިން ގެންދިޔައީ ކޮންތަނަކަށް ކަމެއް ނޭނގޭ" ކުދިން ރަހީނު ކޮށްފައިވާ ސްކޫލުގެ ޓީޗަރަކު ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން އެކުދިން ހޯދުމަށް ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް 26 ކުދިން ސަލާމަތް ކޮށްފައިވާއިރު، ބާކީ ތިބި ކުދިން ސަލާމަތް ކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބަރު އަތިޔާރު ގެންގުޅޭ ގްރޫޕުތަކުން އަންނަނީ އެގައުމުގެ އަވަށްތަކަށާއި އާއްމު މީހުންގެ ގޭގެއަށް ވަދެ ބިރު ދައްކައި ފޭރެމުންނެވެ. އަދި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް 1،000 ވުރެ ސްކޫލްތަކުގައި ކިޔަވާ ކުދިން އެގައުމުގައި ވަނީ ރަހީނު ކޮށްފައެވެ.

އިތުރު ތަފްސީލް އަންނަނީ...