ސްރީ ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި ކުޑަ އަންހެން ކުއްޖަކު ލައްވާ އެތައް ދުވަހެއް ވަންދެން ހަށި ވިއްކުވި މައްސަލައެއްގައި ހައްޔަރު ކުރި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ އާއި އެކު ސްރީލަންކާގެ ވެރިކަންކުރާ ޕާޓީގެ ނުފޫޒުގަދަ ސިޔާސީ ބޭފުޅުން ހައްޔަރު ކޮށްފައިވާ ކަމަށް ކޮލަމްބޯގެ ފުލުހުން ބުނެފިއެވެ.
މި މައްސަލައިގައި ލަންކާގެ ނުފޫޒުގަދަ ސިޔާސީ ފަރާތްތަކެއް ހައްޔަރުކުރި ކަމަށް ބުނި ކަމުގައި ވިޔަސް އެމީހުންގެ މައުލޫމާތު ހިއްސާ ކޮށްފައެއް ނުވެއެވެ.
ލަންކާ ފުލުހުން ބުނީ ކުޑަކުދިން ލައްވާ ހަށިވިއްކުވަމުން ދިޔަ ދެ ވެބްސައިޓެއް ހޯދިފައިވާ ކަމަށެވެ. އަދި ފޯން ރިކޯޑުތަކުގެ ތެރެއިން 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވަމުން ދާކަން ފަޅާއަރާފައިވެއެވެ. މި މައްސަލައިގައި 32 މީހަކު ހައްޔަރު ކޮށްފައިވާއިރު މިހާތަނަށް ލިބުނު މައުލޫމާތައް ބަލާއިރު އަޝްމަލީ ފިޔަވައި އިތުރު ދިވެއްސަކު މިމައްސަލައިގައި ހައްޔަރު ކޮށްފައެއް ނުވެއެވެ.
18 އަހަރުން ދަށުގެ ކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގައިފިނަމަ އެގައުމުގެ ގާނޫނު ބުނާގޮތުން އެއީ ރޭޕްއެވެ. އެހެން ކަމުން ރޭޕްގެ މައްސަލައަކަށް ބަަލައި އެފަދަ އަމަލެއް ހިންގާ މީހެއްގެ މައްޗަށް ގިނަ ވެގެން 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރެއެވެ.
މިހާތަނަށް މައްސަލައިގައި 32 މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރެއިން 22 މީހަކީ ކުއްޖާއާއި އެކު ޖިންސީ އަމަލު ހިންގާފައިވާ މީހުން ކަމަށް ލަންކާ ފުލުހުން މައުލޫމާތުދެއެވެ.
އިއްޔެގެ ވަގުތެއްގައި އަޝްމަލީ ވަނީ ސްރީލަންކާގެ ކޯޓަކަށް ހާޒިރު ކޮށްފައެވެ. އަދި މި މައްސަލައާއި ގުޅިގެން ޖުލައި މަހުގެ 16 ވަނަ ދުވަހާއި ހިސާބަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ނިންމާފައެވެ. ކޯޓުގައި އަޝްމަލީ ބުނީ އޮންލައިންކޮށް "އޮއިލް" މަސާޖެއް 20،000 ސްރީލަންކާ ރުޕީސް ދައްކާފައި ބުކް ކުރި ކަމަށާއި އޭގެ ފަހުން ކޮލޮމްބޯގައި ހުންނަ މަރީނޯ ބީޗު ހޮޓަލުން ކޮޓަރިއެއް ހިފައިގެން އެ ކުއްޖާއާއެކު ދިޔަކަމަށެވެ.
ނަމަވެސް، އެ މަސާޖު ކަމުނުދިޔަ ކަމަށާއި އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ނުހިންގާ ކަމަށާއި އަދި އެއީ ކުޑަކުއްޖެއްކަން އަޝްމަލީއަށް ނޭންގޭ ކަމަށް އަޝްމަލީއާއި ހަވާލާދީ އޭނާގެ ވަކީލު ބުނެފައިވެއެވެ.
ޖިންސީ އަމަލު ހިންގި ފަރާތްތަކަށް ކުއްޖާ ވިއްކި މައްސަލަ ލަންކާ ފުލުހުން ތަހްގީގު ކުރަމުން ގެންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގެންނެވެ.
ތިކަލޭގެ ލަންކާ ޖަލުގަ ހުކުމް ތަންފީޒުކު ރުވާ
ދިވެހި ރާއްޖޭގައި ނަމަ އަޝްމަލީ ތަހުގީގަށްވެސް ހައްޔަ ރު ނުކުރެވޭނެ. ތިޔައޮތީ ބަނޑިބަވިފަ. ދިވެހިވދައުލަތުން ފިޔަވަޅުއަޅާނަމަ ބޭ ރު ގައުމުތަކުގައި މިފަދަ އަދަބު ލިބޭމީހުން މަދުވާނެ. ރާއްޖޭގައި ކު ރާކުއްތަކަށް އަދަބު ނުލިބި ފަ ރިތަވެ ކަށީގަހިފައިގެންގޮސް ބޭ ރު ޤައުމުތަކުގައިވެސް ކުއްކުރަނީ
މިފަހަރު، މީނާއަށް މަސާޖުކަމުދިޔަތޯ ނުދިޔަތޯ ނިންމާނީ ލަންކާ ކޯޓުން !
މިބައިގަނޑު ކޯޓު ފަޓުލޫނު ލައިގެންތިބެ މިކަހަލަ ހުރިހައި ނުބައި ނުލަފާކަމަކަށް ކޮށްކޮށް ހުންނަނީ ކަށީގައި ހިފައި ހަރުލާފައި. ހެވާއި ނުބައި ވަކިނުވާ ހިސާބަށްގޮސް ޢާފިލްވެފައި.
ރާއްޖޭގައި ހިނަގައިދިޔަ ކަމެއްނަމަ މިކަހަލަ ރޯޔަލް ރޭޕް ކޭސްތަކުގައި "ތުހުމަތު" ކުރެވުނީ އިންސިއަކަށް ކަމެއް ޖިންނިއަކަށް ކަމެއްވެސް "ކަށަވަރު"ވެސް ނުކުރެވޭނެ.
މިފަހަރު ތިއޮތީ ގާނޫނުއަރައި ހަމަކޮށްފައި.!
ލަދުގެ ކަންފުޅެއްވެސް ނެއް މީހެއް. މީ އަނެއްކާ އެކަނިވެރި ބަފައެއްތަ؟