އެމެރިކާގައި މަތިންދާ ބޯޓަކުން ފުންމާލި މީހަކު 20 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

އެމެރިކާގެ ކަމާއި ބެހޭ އިދާރާތަކާއި ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ އުމުރުން 20 އަހަރުގެ ލުއިސް ވިކްޓޯރިއާ ޑޮމިންގޭޒް މަތިންދާ ބޯޓުން ފުންމާލިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.

އޭނާ އެކަން ކުރުމުގެ ކުރިން އޭގައި ހުރި މީހެއްގެ ކައިރީ ފުންމާލާނެ ވާހަކަ ބުންޏެވެ. އޭނާގެ ކައިރީ އެގޮތަށް ފުންމާލާނެ ކަމަށް ބުނި ނަމަވެސް، އަސްލު ގޮތަށް ފުންމާލާނެ ކަމަށް އޭނާ ވެސް ގަބޫލެއް ނުކުރެއެވެ.

އެގައުމުގެ ފުލުހުން ބުނެފައިވަނީ ފުރަން ތައްޔާރުވަމުން ދިޔަ ފްލައިޓަކުން ފުންމާލި މީހާ ހުރީ "މެތް" ނަމަކަށް ކިޔާ މަސްތުގެ އެއްޗެއް ގިނަ އަދަދަކަށް ބޭނުން ކޮށްގެން ކަމަށާއި އޭނާ އެކަން ކޮށްފައިވަނީ ލޮސް އެންޖެލެސްގައި ހުރެގެން ކަމަށެވެ.

އޭނާ ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ މަސްތުގެ ހާލަތުގައި ހުރުމުން މަތިންދާ ބޯޓުގެ ތެރޭގައި ތިބި އެންމެން ވާހަކަ ދައްކާ އަޑު އޭނާއަށް އިވޭ ކަމަށާއި އެކަމުގެ ސަބަބުން އޭނާ ހާސްވީ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އޭނާ އެސިޓީއަށް ދިޔަ ދުވަހުން ފަށައިގެން ހިނގައިދިޔަ ހުރިހާ ކަމެއް ހިއްސާ ކޮށްފައިވާ ކަމަށާއި އޭނާ މަސްތުވާން ފަށާފައިވަނީ ފުރުމުގެ ތިން ދުވަސް ކުރިން ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ކޯޓަށް އޭނާ ހާޒިރު ކުރުމުން، 20 އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ.