ކޮވިޑް-19 އިން ރައްކާތެރިވުމަށް އޮކްސްފޯޑް ޔުނިވަސިޓީ އާއި ބޭހުގެ ބޮޑު ކުންފުނި އެސްޓްރަޒަނެކާ އިން ތައްޔާރުކޮށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި)އިން އުފައްދަމުންދާ ކޮވިޝީލްޑް ވެކްސިން ޖެހި މީހެއްގެ ލޮލުގެ ފެނުން ނުވަ އަހަރު ފަހުން އަނބުރާ ލިބިއްޖެ ކަމަށް ބުނެފިއެވެ.

މަހަރަސްތަރައަށް ނިސްބަތްވާ އުމުރުން 70 އަހަރުގެ މަތުރާބައި ބިޑްވޭގެ ލޮލުގެ ފެނުން ލިބުނީ ކޮވިޝިލްޑްގެ ވެކްސިންގެ ސަބަބުން ކަމަށް ބުނެފައިވާތީ ގިނަ ބަޔަކަށް ވަނީ ހައިރާން ކަމެއް ލިބިފައެވެ.

މީގެ 9 އަހަރު ކުރިން އޭނާގެ ލޮލުގެ ފެނުން ގެއްލިފައެވެ. އޭނާ އަށް ޖެހުނު ބައްޔެއްގެ ސަބަބުން ލޮލުގެ ކަޅި ވަނީ ހުދު ކުލައަށް ވެސް ބަދަލުވެފައެވެ. އެއީ އޭނާގެ ލޮލުގެ ފެނުން ގެއްލެން މެދުވެރިވި ސަބަބު ކަމަށް ރިޕޯޓްތަކުން ބުނެފައިވެއެވެ.

އޭނަ އާއި ހަވާލާދީ އިންޑިއާގެ ނޫހެއްކަމަށްވާ ޒީނިއުސް އިންޑިއާއިން ރިޕޯޓްތައް ބުނާ ގޮތުން އޭނާ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އޭގެ ފަހުން 30 ނުވަތަ 40 އިންސައްތަ ލޮލުގެ ފެނުން ކޮންމެވެސް ވަރަކަށް ރަނގަޅުވި ކަމަށް ވެސް ވަނީ ބުނެފައެވެ.

ލޮލުގެ ފެނުން ގެއްލިފައިވާ މީހެއްގެ ލޮލުގެ ފެނުން ވެކްސިން ސަބަބުން ލިބިފައިވާ ކަމަށް ރިޕޯޓް ކުރި ނަމަވެސް، މިހާތަނަށް ސައިންޓިފިކް އެއްވެސް ގޮތަކުން މިކަން ސާބިތުވެފައެއް ނުވެއެވެ. އަދި ސައިންސްވެރިން ވެސް އެކަމަށް ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.

މިފަދަ ހާދިސާ ހިނގާފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި ގިނަ ބަޔަކު ވަނީ ވެކްސިންގެ ސަބަބުން ތަފާތު "ޖާދޫ" ފަދަ ކަންކަން ހިނގަމުން އަންނަ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ަސދަސދ

    އިންކްރެޑިބްލް އިންޑިއާ. އެނީތިންގް އިޒް ޕޮޒިބލް.
    މިއަދު އޮތް އެކަކު ކަލާނގެކަމަށް ދައުވާ ކުރިވާހަކަ، އަދި އެނޫނަސް އަމިއްލަ ދަރިން މެރުމާއި ރޭޕްކުރުމާއި މިއހިރީ ގިނައިން ހިނގާ ކަންކަން.

    7
    2
    • Anonymous

      ބުހުތާން

      4
      1
  2. ހދ

    މަ 2 ޑޯޒް ފުރިހަމަ ކުރީމަ ، މަށަށް ވެސް އޭގެ އަނެއް ދު ވަހު ބަނޑު ހުސްކޮށް ބޮޑުކަމު ދެ ވުނު..