އިންޑިއާގެ އަންޖަރުގައި ކުޑަ އަންހެން ކުއްޖަކު ހޭނައްތާލުމަށް ފަހު ރޭޕްކޮށްފިއެވެ.

އުމުރުން އެންމެ 13 އަހަރުގެ އެ އަންހެން ކުއްޖާ ރޭޕްކުރީ އޭނާގެ އެކުވެރި ފިރިހެން ކުއްޖެއްކަމަށް އެ ގައުމުގެ ފުލުހުން ބުނެއެވެ.

ބޭސްފިހާރައެއްގައި މަސައްކަތް ކުރާ އުމުރުން 16 އަހަރުގެ އެ ފިރިހެން ކުއްޖާ އޭނާގެ އެކުވެރި އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ ހޭނައްތާ އިންޖެކްޝަން އެއް ޖެހުމަށް ފަހުގައި ކަމަށް ޑަކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނެއެވެ.

އިންޖެކްޝަން ޖެހުމުން އަންހެން ކުއްޖާ ހޭނެތިފައިވާއިރު، ހޭނައްތާލުމަށް ފަހު އެތަށް ގަޑިިއިރެއް ވަންދެން އެ ފިރިހެން ކުއްޖާ ވަނީ އަންހެން ކުއްޖާ ރޭޕްކޮށްފައެވެ. އަދި ރޭޕް ކުރުމަށް ފަހު ހޭ އެރުމުން އެއަންހެން ކުއްޖާ އެކަނި މަގުމަށްޗަށް ދޫކޮށްލާފައިވާ ކަމުގައިވެސް ފުލުހުން ބުނެއެވެ.

އަންހެން ކުއްޖާ ރޭޕްކުރިކަން ކަށަވަރުވީ އިންޖެކްޝަންގެ ސަބަބުން އުނަގަނޑުގައި ރިއްސާތީ ޑަކްޓަރުންގެ ލަފާ ހޯދުމުން ކަމުގައި އަންހެން ކުއްޖާގެ އާއިލާއިން ބުނެއެވެ. މި މައްސަލަ އިތުރަށް ތަހުޤީހުކުރަމުން ދާއިރު އެ މައްސަލައިގައި ޝާމިލްވާ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖާ ވަނީ ހައްޔަރު ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑރ

    މޯދީބެ އަދިވެސް ދުވާނެ، އެހެން މީހުން ކަންތަކާ.

  2. ޜިޒާ

    ހިންދުސްތާނީ ބޯން ރޭޕިސްޓް

  3. ކަރާ

    ރޭޕުސްތާން...

  4. ކިޔު5

    އިންޑިޔާގެ ރޭޕް ހާލަތާމެދު ބުނާނެ އެއްޗެއް ނޭނގުނު!!! މަ ހަމަ އަންތަރީސް!