ހެއިޓީގެ ރައީސް ޖޮވެނައިލް މޮއިސް އަވަހާރަކޮށްލި މީހުން އޭނާގެ ގެކޮޅު ކައިރީ ހަތިޔާރާއިއެކު ހަރަކާތްތެރިވި މަންޒަރު ފެންނަ ވީޑިއޯއެއް ބައިނަލްއަޤުވާމީ މީޑިއާތަކުން އާއްމުކޮށްފިއެވެ.

ކެރީބިއަން ކަނޑުގައި އޮންނަ އެމެރިކާ ބައްރުގެ ގައުމެއް ކަމަށްވާ ހެއިޓީގެ ރައީސް އަވަހާރަކޮށްލީ ކޮންބައެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ. އެމެރިކާގެ "ނިއުޔޯކް ޕޯސްޓް" އިން ބުނާ ގޮތުގައި ވީޑިއޯ އިން އަޑުއިވޭ ގޮތުގައި "ޑީއީއީ އޮޕަރޭޝަނެއް. އެންމެން ތިރިވޭ" އޭ ގޮވާ ލައުންޑްސްޕީކަރަކުން އިންޒާރު ދެމުން ގެންދެއެވެ.

އެއިންޒާރު ދިނީ އިނގިރޭސިން ކަމަށާއި، ވާހަކަދެއްކި މީހާގެ ރާގު ހުރީ އެމެރިކާ މީހެއްގެ ރާގުގައި ކަމަށް ވެސް މީޑިއާތަކުން ބުނެއެވެ.

ހެއިޓީ މީހުން އިނގިރޭސި ބަހުން ވާހަކަދެއްކުން އެއީ އެހައި އާއްމު ކަމެއް ނޫނެވެ. އެގައުމުގެ ގިނަ މީހުން އާއްމުކޮށް ވާހަކަދައްކަނީ ސްޕެނިޝް ބަހުންނާއި، ހެއިޓީގެ އަމިއްލަ ބަހުންނެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ބަޑި ހިފައިގެން ތިބި ގިނަ އަދަދެއްގެ މީހުން ރައީސްގެ ގެކޮޅު ކައިރިއަށް ޖަމާވެގެން ތިބީ ވަރަށް ގިނަ ވެހިކަލްތަކެއްގައެވެ. އެމީހުން އެގެކޮޅު ކައިރީ ތިބި ވަގުތު 30 ވަރަކަށް ފަހަރު ބަޑި ޖެހި އަޑު ވީޑިއޯ އިން އިވެއެވެ. އެއީ ބުދަ ވިލޭރޭ މެންދަމު 01:00 ކަންހާއިރުއެވެ. ބަޑީގެ އަޑު ފިޔަވައި ދެން އިވުނީ ކުއްތާއެއް ރޯ އަޑު ކަމަށް "ރޮއިޓާސް" އިން ބުނެއެވެ.

ވީޑިއޯގައި ލައުޑްސްޕީކަރުން ވާހަކަދައްކާ މީހާގެ ރާގު ހުރިގޮތައް ބަލާއިރު ހެއިޓީގެ ރައީސް ޖޮވެނައިލް މޮއިސް އަވަހާރަކޮށްލާފައި ވަނީ އޭނާ އަވަހާރަކޮށްލަން އެމެރިކާ އިން ގެންދިޔަ ބަޔަކު ކަމަށް ވެދާނެ ކަމަށް ހެއިޓީގެ ބައެއް ސިޔާސީ ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިކަމާއި ގުޅޭ ގޮތުން ހެއިޓީގެ ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

https://www.youtube.com/watch?v=G5yYmjL01TY

ކެރީބިއަންގައި އޮންނަ ގައުމެއް ކަމަށްވާ ހެއިޓީއަކީ 11.4 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ. ހެއިޓީއަކީ އެމެރިކާ ބައްރަށް ނިސްބަތްވާ އެންމެ ފަގީރު އެއްގައުމެވެ. ގައުމުގެ އިގްތިސޯދު އެންމެ ބޮޑަށް ބަރޯސާވެފައި ވަނީ ފަތުރުވެރިކަމަށެވެ. ކޮވިޑާއި ގުޅިގެން ފަތުރުވެރިކަން ހުއްޓިފައި ވާތީ އިހްތިސޯދީ ހާލަތު ވަނީ ކުރިއަށްވުރެ ވެސް ދަށަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒާ

    ހެއިޓީއަކީ އެމެރިކާ ރުހޭ މީހަކު ވެރިކަމުގައި ހުންނަންޖެހޭ ގައުމެއް. އެހެންނޫނީ އެމެރިކާ އެގައުމަށް އަރައި ވެރިކަން ބަދަލު ކުރާނެ ކަމުގެ އިންޒާރު މީގެ ކުރިންވެސް އެގައުމަށް ދީފައި އެބަހުރި. ތާރީޚް އެކަމަށް ހެކިދޭ. ވީމާ ތީ އެމެރިކާ އަޑީގައި އޮވެ ހިންގި ކަމަކަށްވުންވެސް އެކަށީގެންވޭ. މީ ކުރިޔަށް އޮތްތާ ދިވެހިންވެސް ދެކޭނެ ދުވަހެއް. އިންޑިއާގެ ބާރު އެހާ ގަދަކުރަނީ ދިވެހިންގެ ބުރަކަށީމަތީ ހިނގާނެ ދުވަސް ކަރިން ފެންނަވަރަށް.

    29
    2