އިންޒިރާއިލުގެ ތެލްއަވީވް ގައި ހުރި އެމެރިކާގެ އެމްބަސީ އާއެކު، އެޤައުމުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތްންޔާހޫގެ އޮފީސްވެސް ގުދުސްއަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޓިލަސަން ބުނީ، ގުދުސް އަކީ އިޒްރާއިލްގެ ވެރިކަންކުރާ ސިޓީ ކަމުގައި ކަނޑައެޅުމާއެކު، ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހާއި އިޒްރާއިލްގެ ސުޕްރީމް ކޯޓުގެ އިތުރުން އެޤައުމުގެ އެހެނިހެންވެސް މުޙިންމު އިދާރާތައް ގުދުސްއަށް ބަދަލުކުރާނެކަމަށެވެ.

އެމެރިކާގެ ރައީސް ކަމަށް އިންތިޚާބު ވެއްޖެނަމަ އިސްރާއީލްގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަންނާނެ ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަރިހު ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަނީ ބުނެފައެވެ.

އިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުންތައް ހައްލު ކުރުމުގައި އެންމެ މުހިންމު އެއް މައްސަލައަކީ ގުދުސްގެ ކުރިމަގެވެ. ފަލަސްތީނުން ވެސް ބުނަމުން ދަނީ ކުރިމަގުގައި އުފެދޭ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަށް ވެގެން ދާނީ ގުދުސް ކަމަށެވެ.

އިރުމަތީ ގުދުސް އަށް އިސްރާއީލުން ވެރިވެގަތީ 1967 ވަނަ އަހަރު ކުރި އަރަބި-އިސްރާއީލް ހަނގުރާމައިގަ އެވެ. އަދި އިސްރާއީލްގެ ވެރިރަށުގެ ގޮތުގައި ގުދުސް ހަމަޖެއްސިކަން އިއުލާން ކުރީ 1980 ވަނަ އަހަރު އެވެ.

އެމެރިކާ އާއި އދ.ގެ މެންބަރު ގިނަ ގައުމުތަކުން ގުދުސް އަކީ އިސްރާއީލްގެ ވެރިރަށް ކަމަށް ބަލައިގެންފައެއް ނުވެއެވެ. އެމެރިކާގެ ކޮންގްރެސް އިން އޮކްޓޯބަރު 1995 ގައި ވަނީ އިސްރާއީލްގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަތުމަށް ގާނޫނެއް ފާސްކޮށްފައެވެ. އަދި އިސްރާއީލް އެމްބަސީ ތެލް އަވީވުން ގުދުސް އަށް ބަދަލު ކުރަން ހިނގާނެ ޚަރަދު ދިނުމަށް ވެސް ވަނީ އެއްބަސްވެފައެވެ. އެކަމަކު އެމެރިކާގެ އެއްވެސް ރައީސްއެއް އެ ގާނޫނު ތަންފީޒު ކުރައްވައިފައެއް ނުވެއެވެ.

ADS BY SHEESHA

އެމެރިކާގެ ރައީސް ޓްރަމްޕްގެ ނިންމުން ގިނަ އިސްލާމީ ގައުމުތަކުވެސް ދަނީ ކުއްވެރިކުރަމުންނެވެ. އޭގެތެރޭގައި ތުރުކީ, އީރާން, ޖޯޑަން, މިސްރު, ދިވެހިރާއްޖެ އަދި ސައުދީ ވެސް ހިމެނެއެވެ. އަދި ބައެއް ހުޅަގުގެ ގައުމުތަކުން ވެސް މި ނިންމުމައް ދަނީ ފާޑު ކިޔަމުންނެވެ.

Comments are closed.